ދުނިޔެ

ނީލް އާމްސްޓްރޯންގްގެ ފިޔަވަޅުތައް ހަނދުގައި އަބަދަށް ހުރެދާނެތަ؟

މީގެ 50 އަހަރު ކުރިން ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން ހަނދަށް ޒިޔާރަތްކޮށް، އެނބުރި ދުނިޔެއަށް އައީ ގާތްގަނޑަކަށް 100 ވަރަކަށް އެތި ހަނދަށް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހަނދަށް ޖައްސަށް ބޭނުންކުރި އުޅަނދުގެ ބަޔަކާއި އެމެރިކާގެ ދިދައިގެ އިތުރުން، ކުނިބުނި ވެސް ހިމެނެ އެވެ.

ދުނިޔެ ނޫން އެހެން ތަނަކަށް އިންސާނުން ކުރި ފުރަތަމަ ޒިޔާރަތްތަކުގެ ނިޝާނެއްގެ ގޮތުން އެ ފިޔަވަޅުތަކާއި ގެންދިޔަ އެހެނިހެން އެއްޗެހި އަދިވެސް ހުރީ އެގޮތުގައި، ހަނދުގަ އެވެ. އެކަމަކު ސަރުކާރުތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ޖައްވީ ވާދަވެރިކަމުގައި ކުރިއެރުންތައް ހޯދަމުން އަންނަ ޒަމާނެއްގައި، އެ ނިޝާންތައް އެހެން ހުރެދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

"ނީލް އާމްސްޓްރޯންގެ ފިޔަވަޅު މަތިން އެއްޗެއް ދުއްވާލުން ހުއްޓުވޭނެ ގޮތެއް އެބަ އޮތްތަ؟" ޖޯޖްޓައުން ޔުނިވަސިޓީގައި ޖައްވީ ކަންކަމާ ބެހޭ ގާނޫނީ ދާއިރާގެ ތަޖުރިބާކާރު، ސްޓީވް މިރްމިނާ ސުވާލުކުރެއްވި އެވެ.

"ނޫން. އެކަހަލަ އެއްވެސް އެއްޗެއް ނެތް. އެއްވެސް ގާނޫނެއް ނެތް. އެމެރިކާގައި ވެސް އޭގެ ގާނޫނެއް ނެތް. ނުވަތަ އެ ނިޝާންތައް ހިމާޔަތްކުރަން ޖެހޭނެއޭ ބުނެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ވެސް ނެތް."

އެހެން ގޮތަކަށް ބުނާ ނަމަ އިންސާނީ ތަރިކައެއްގެ ގޮތުގައި އެތައް ބަޔަކު ގަބޫލުކުރާ އެ ނިޝާންތައް ހަނދުން ފޮހެލުމުގެ ގާބިލްކަން ހުރި ބަޔަކަށް ހުރަސް އެޅޭނެ އެއްވެސް ގޮތެއް ނެތީ އެވެ.

"އިންސާނުން ހަނދުގައި ހޭދަކުރި ގޮތުގެ ހަގީގީ ވާހަކަ އާއި އޭގެ ތާރީޚަކީ ހަނދުގައި މިހާރު ވެސް އެ އެއްޗެހި ހުރި ތަންތަނާއި، ހުރި ގޮތް،" ޖައްވީ ކަންކަމާ ބެހޭ ގާނޫނީ ވަކީލް މިޝޭލް ހެންލޮން ވިދާޅުވި އެވެ.

އޭނާ ގެންދަވަނީ ފޯ އޯލް މޫންކައިންޑްގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިގެން، ހަނދަށް އިންސާނުން ޒިޔާރަތްކުރި ސަރަހައްދުތައް ހިމާޔަތްކުރަން ބައިނަލްއަގުވާމީ މުއާހަދާއެއްގެ މަސައްކަތް ކުރައްވަމުންނެވެ.

އެ ނިޝާންތައް ހިމާޔަތްކުރެވިދާނެތަ؟

އާމްސްޓްރޯންގެ ފިޔަވަޅު ފޮހެލަން ކޮންމެހެން ހަނދަށް އިންސާނުން ފޮނުވާކަށް ވެސް ނުޖެހެ އެވެ.

"ރޮބަޓެއް ފޮނުވާލާ،" މިރްމިނާ ވިދާޅުވި އެވެ.

"ދުނިޔޭގައި ތިބެގެން އެ ރޮބަޓް ހަރަކާތްކުރުވައި، އެ ފިޔަވަޅު މަތިން ދުއްވާލެވިދާނެ."

ޖައްވީ ރޭސް މިހާރު ދާ މިސްރާބުން ބަލާ ނަމަ އެންމެ ފުރަތަމަ ހަނދަށް ޒިޔާރަތްކުރި އިންސާނުންގެ ނިޝާންތައް ފޮހެވިގެން ދިއުން އެކަށީގެންވެ އެވެ، މިސާލެއްގެ ގޮތުން ޖަރުމަނުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕީޓީސައިންޓިސްޓް ނެގިދާނެ އެވެ. އެ ކުންފުނިން ވަނީ އެންމެ ފަހުން ހަނދަށް ދިޔަ އެޕޯލޯ 17 ޖެއްސި ސަރަހައްދަށް އުޅަނދެއް ފޮނުވުމުގެ ޕްލޭނެއް އިއުލާންކޮށްފަ އެވެ. މި ގޮތަށް ޖައްވީ ވާދަވެރިކަން ފުރޮޅެމުން ދާތީ ބައެއް މީހުން ގޮވާލަނީ އެންމެ ފުރަތަމަ ހަނދުގައި ފައިތިލަ ޖައްސާލި އިންސާނުންގެ ހަނދާންތަކާ ގުޅިފައިވާ ސަރަހައްދުތައް ހިމާޔަތްކުރަން މަސައްކަތް ފެށުމަށެވެ.

އެސްޓްރޮނޯޓަކު ހަނދުގައި އުޅަނދެއް ދުއްވަނީ: ހަނދުގައި ހިނގި 12 އެސްޓްރޮނޯޓުން ވަނީ ހަނދުގެ އެކި ސަރަހައްދުތަކަށް އެތައް ނިޝާނެއް ދޫކޮށްފައި

އިންސާނީ ތާރީހާއި ތަރިކައާ ގުޅޭ އެތައް ސަރަހައްދެއް ދުނިޔޭގައި ވަނީ ހިމާޔަތްކޮށްފަ އެވެ. އެކަމަށްޓަކައި ގައުމުތަކުގެ އަމިއްލަ ގާނޫނުތަކުގެ އިތުރުން ބައިނަލްއަގުވާމީ މުއާހަދާތައް ވެސް ވަނީ އެކުލަވާލައިފަ އެވެ. އެކަމަކު ޖައްވީ ހަރަކާތްތައް ތަފާތެވެ. އެމެރިކާ އާއި ރޫސީވިލާތުގެ ދެމެދުގައި އުފެދުނު ޖައްވީ ވާދަވެރިކަމުގެ ދުވަސްވަރު އދ. އިން 1967 ގައި އެކުލަވާލި މުއާހަދާ، އައުޓާ ސްޕޭސް ޓްރީޓީ ބުނާ ގޮތުން ޖައްވަކީ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ ތަނެކެވެ. ޖައްވުގައި ހިމެނޭ ތަންތަނަށް ދިއުމުގެ ފުރުސަތު ކޮންމެ ބަޔަކަށް ވެސް ލިބިގެންވެ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ ޖައްވަކީ މުޅި އިންސާނިއްޔަތުގެ މިލްކެކެވެ. އެއްވެސް ގައުމެއްގެ އަމިއްލަ ތަނަކަށް ޖައްވީ އެއްވެސް އުފެދުމެއް ނުހެދޭނެ އެވެ.

އދ.ގެ އައުޓާ ސްޕޭސް ޓްރީޓްގައި އެމެރިކާގެ އޭރުގެ ރައީސް ލިންޑަން ޖޯންސަން ސޮއިކުރައްވަނީ

ހަނދަށް ޖެއްސި އެޕޯލޯގެ ހަ އުޅަނދު ތިރިކުރި ސަރަހައްދުތަކަށް އެހެން ބަޔަކަށް ނުދެވޭނެ ގޮތް ހަދަން، އެ މުއާހަދާ އިން ހުރަސްއަޅަ އެވެ. އެ ހިމާޔަތް ނެތިދަނީ ހަމައެކަނި އެޕޯލޯ އުޅަނދުތައް ޖެއްސި ސަރަހައްދުތަކަށް އެކަންޏެއް ނޫނެވެ. ރަޝިޔާ އިން 1959 ގައި ފޮނުވި ސޮވިއެޓް ލޫނާ 2 ތިރިކުރި ތަނަށް ވެސް އެ ހިމާޔަތެއް ނެތެވެ. މިއީ ދުނިޔެ ނޫން އެހެން ތަނަކަށް ބީއްސާލި އިންސާނީ ފުރަތަމަ އުފެއްދުމެވެ.

"އެއީ ތާރީޚީ އެއްޗެހިތަކެކޭ، އޭގެ މައްޗަށް ނާރާށޭ އެމެރިކާ އިން ބުނާ ނަމަ އެކަން ވާނީ އެ ފިޔަވަޅުތައް ހިމެނޭ ސަރަހައްދު އަމިއްލަ ތަނަކަށް ހަދަން ގޮވާލުން ކަހަލަ ކަމަކަށް،" ހެންލޮން ވިދާޅުވި އެވެ.

"ޑިޕްލޮމެޓިކް ގޮތުން ބަލާއިރު އެ ނުވާނެ ރަނގަޅު ވާހަކައަކަށް."

އޭނާ ވިދާޅުވި ގޮތުގައި އެކި ގައުމުތަކުން ހަނދަށް ފޮނުވި އެއްޗެހި ވާނީ އެ ގައުމުތަކުގެ މިލްކަކަށެވެ. ނަމަވެސް އެތަންތަން ހިމާޔަތްކުރަން ފިޔަވަޅު އެޅުމަކީ މިހާރުގެ އުސޫލުތައް ހުރި ގޮތުން ފަސޭހަ ކަމެއް ނޫނެވެ. އަދި އދ. ގެ އައުޓާ ސްޕޭސް ޓްރީޓީއަށް އެ ބަދަލުތައް ގެންނަން ނަމަ އެކަމަށް އެތައް އަހަރެއް ނަގާނެ އެވެ. އެހެންކަމުން ނީލް އާމްސްޓްރޯންގާއި އެމެރިކާގެ އެހެން އެސްޓްރޮނޯޓުން ހަނދަށް ދޫކޮށްލި ހަނދާންތައް، މިހާރުގެ ޖައްވީ ކުރިއެރުންތަކަށް ބަލާއިރު، އެގޮތުގައި ދެމިބެހެއްޓޭނެތޯ ވަނީ ސުވާލެއްގެ ތެރޭގަ އެވެ.

9 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 6%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭފު

21 July 2019

އިންސާނުން ހަނދަށް ދިޔަ ވާހަކައަކީ ފުލޯކު.

The name is already taken The name is available. Register?

ތުނިޔަ

20 July 2019

އެމީހުން ހަނދަށްގޮސް ކުރި ތަޖުރިބާތަށް މިނޫހުން ގެނެސްދީބަލަ! މުޅި މިހާރު ނޫސް އެއްކޮށް މިއަދު މިއޮތީ"ހަނދު" ވެފަ ވިއްޔަ!

The name is already taken The name is available. Register?

މިހިރީ ފެންނަން ހުރި ހެކި

20 July 2019

https://medium.com/starts-with-a-bang/heres-your-proof-that-we-landed-on-the-moon-steph-curry-3eaa2ada1209

The name is already taken The name is available. Register?

ޢަލިތުއްތު

20 July 2019

ހަނދަށް ބަޔަކު ދިޔަތަ؟

The name is already taken The name is available. Register?

ޖޯސެޕް

20 July 2019

50 އަހަރުވީ އިރުގައި ހަނދުގައި އެ ފިޔަވަޅުތައް އަދިވެސް ހުރީތަ؟ ހުރިނަމަ އެކަމުގެ ހެއްކެއް މި ލިޔުމުގައި ހިމަނާލިނަމަ ހާދަހާ ފުރިހަމަވީހެވެ.

The name is already taken The name is available. Register?

އަލީރާޖާ

20 July 2019

ޗައިނާ އާއި އިންޑިއާގެ ސެޓަލައިޓު މިހާރު ހަނދުގެ ވަށައިގެން އެބަހުރި. އެމީހުންނަށްވެސް އެމެރިކާގެ އެޕޯލޯ ލޭޑިން ސައިޓު ފެނޭ. https://en.wikipedia.org/wiki/Third-party_evidence_for_Apollo_Moon_landings

The name is already taken The name is available. Register?

މުހައްމަދު ދިވެހި

20 July 2019

ހަނދުގައި ހުންނާނީ ހަމައެނި ހުދު ހިލަ. ފޭކް ޚަބަރު

The name is already taken The name is available. Register?

އަރަބި

20 July 2019

ކަލޭ ގޮސް ބަލާފަދޯ ހުރީ

The name is already taken The name is available. Register?

ގަމާރުމީހާ

21 July 2019

މީގެ ސާދަސަތޭކަ އަހަރު ކުރިން އަރެމެންނަށް ތިކަން އެނގޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454