މިދިޔަ ނޮވެމްބަރު މަހު ބޭއްވި "ޖަޒީރާ ހޮޅުއަށި"ގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
12 ޖުލައި 2019 - 14:52
އާއްމުންގެ ހިޔާލު ހޯދަން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން "ޖަޒީރާ ހޮޅުއަށި" މިރޭ ގދ. ތިނަދޫގައި ބާއްވަން ހަމަޖައްސައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ މަސްވެރިކަމާ ގުޅޭގޮތުންނެވެ. އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މަސްކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދައިދިނުމަކީ މި ސަރުކާރުގެ މުހިއްމު އެއް އަމާޒު ކަމަށެވެ. އެކަން ހާސިލްކުރަން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިއީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ބާއްވާ ތިން ވަނަ ބައްދަލުވުމެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މިދިޔަ ނޮވެމްބަރު އަދި މިދިޔަ ޖެނުއަރީ މަހު ވެސް އެކި މައުލޫތަކަށް ހިޔާލު ހޯދާފައި ވެ އެވެ.
ތިނަދޫގައި ބާއްވާ ބައްދަލުވުން ފަށާނީ މިރޭ 8:30 ގަ އެވެ.
ސަރުކާރުން ބުނެފައިވަނީ މައްސަލަތަކަށް ހައްލު ގެންނާނީ އާއްމުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް މީގެ ކުރިން ވަނީ "މަސްވެރިޔާ ކާޑު" ނަމުގައި ކާޑެއް ތައާރަފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފިގު
13 July 2019
ހޮޅުއައްޓަކީ ބޭކާރު އަނގަތެޅުމާއި ގޮސިޕް ފެތުރުމާއި ކަންނެތް ވެލަން ދާތައްނެއް..
ބޮޑުމީހާ
12 July 2019
މިގެނެވުނު ޖަޒީރާ ވެރިކަމަކުން ވީކަމެއް ހަރާން. ހޮޅުއަށްޓެކޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވާކަމެއް ހަރާން. ޓެކްސީއަގު ކުޑަ ކުރެވުނީނޫން، 8 މަސް ނިމުނުއިރު ފްލެޓް ހަބަރެއްވީކީ ނޫޫން، ކޮރަޕްޝަނުގެ މައްސަލައެއް ބެލުނީކީ ނޫން، މޮޅެތި ވާހަކަދެއްކުން ކަމަކީ
ރެޓޭ
12 July 2019
ދަރުބާރު ގޭގައި ސަރުކާރުގެ ހަނީމޫނު ދުވަސްވަރު ބޭއްވި ހޮޅުއަށީގެ ނަތީޖާއަކީ ކޮބައިތޯ؟ އެފަހަރު ވާހަކަ ދެކެވުނު މާލޭގެ ފުރާޅުތަކުންނާ އޭސީތަކުން ފައިބާފެން ހުއްޓުވާނެ ގޮތަކާ ގުޅޭގޮތުން، ސުވާލަކީ 7 މަސް ދުވަސް ފާއިތުވެގެންދާއިރު މިއިން އެއްވެސްކަމެއް ހުއްޓުވަން ދައުލަތުގެ އިދާރާއަކުން މިއަދާ ހަމައަށްވެސް އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ؟
ޝަވީދު
13 July 2019
ހޮޅުއަށީގައި ދައްކާވާހަކަތަކަކީ އެއްވެސް އިރެއްގައި މާކައް ތާކުންތާކުޖެހޭ ނުވަތަ ސީރިއަސް ވާހަކަތަކެއް ނޫނެެވެ.. އެއީ ރާއްޖޭގައި ހޮޅުއަށިތަކުގެ ހަގީގީ އާދަކާދަވެސް ހެކިދޭކަމެކެވެ. އެތަނައް ޖަމާވާނީވެސް ލާޗާރު ބިޗާރުންނެވެ.. ހަރުދަނާކަމެއް އަދި ޒިންމާދާރުކަމެއް ދުރުވިސްނުމެއް ނުހުންނަ ވަގުތު އިސްރާފުކުރާ ބައިގަނޑެވެ. އެއީ އެއްގޮތަކައްވެސް އިންޓެލެކްޓުއަލް މާހައުލެއް ނޫނެވެ. އަދި ތެދުވެރިކަމުގެ މާހައުލެއްވެސް ނޫނެވެ. އެއީ ހަމަ ވަގުތު އިސްރާފު.
އިންތިޒާރު
12 July 2019
މި އަތޮޅުގައި ވި ވައުދާ އެއްގޮތަށް ޗެމްބަރު ގާއިމުކޮށްދޭނެ ކަމަށް އުއްމީދު ކުރަން. މަސްވެރިންގެ ވަރަށް ބޮޑު ހުވަފެނެއް.
ރިޔާސީ ވައުދު ފުޅު
12 July 2019
ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ އަތޮޅު. އެންމެ ގިނަ ހާދިސާ ފުޅި އަޅައިގެން ފީނުމުގައި ދިމާވަނީ މި އަތޮޅުގަ. ޑީކޯ ޗެމްބަރ އެއް މި ރާއްޖޭގެ އަތޮޅެއްގައި ބަހައްޓާނަމަ އެކަމަށް އެންމެ އެކަށީގެންވާ އަތޮޅު. ރައީސް މި ކަމަށް އަޅުގަނޑުމެން މި ތިބީ އެދި އެދި. ހައްލެއް ބޭނުން.
ލައިންސް
12 July 2019
ޖަޒީރާ ހޮޅުއަށި މިރޭ ތިނަދޫގައި، ރައީސް ބައިވެރިވެވަޑައިގަންނަވާ ނަމަ އެބަޖެހޭ ރައީސް ވެސް އަދި ފިޝަރީޒް މިނިސްޓްރީން ވެސް ގަބޫލުކުރަން ފިޝަރީޒް މިނިސްޓްރީގެ ޕްރެޑިކްޝަންސް ތަކަކީ ދުވަހަކު ވެސް ދިމާވާ އެއްޗެއް ނޫން ކަން މިރާއްޖޭގައި ފުރަތަަމަ ވެސް ރޭގަނޑު ބައްތި ދިއްލައިގެން އައްޑޫ މީހުން އެން ދަމަން ފެށުމުން އެއީ އެން ހާހާ ތަކުން ހުސްވާނެ ކަމެކޭ ބުނުމުން ފިޝަރީޒް މިނިސްޓްރީން ދިނީ އެއަށް ބީރު ކަންފަތެކޭ
ސަމްޓައިމްސް
12 July 2019
ރާއްޖޭގައި މަސްވެރިކަމާއި ބެހޭ މިނިސްޓްރީ އެއް ހުރެ މަސްވެރިކަން ކުރި ނާރަނީ އެއީ އެ މިނިސްޓްރީން މާލެ ސަރަހައްދުގައި މަސްވެރިކަން އިންޑަސްޓްރިއަލް ލެވެލް ގައި ކުރަން ނޫޅޭތީއޭ ކަނޑުއޮތް ގިރީގައި ހިނގާ މަސްވެރިކަން އަދި ހިންމަފުށީގައި މަސްވެރިކަން ހިންގޭ ހުޅުމާލޭގައި ހިންގޭ އެކަމަކު ދަ ރާއްޖެތެރޭގައި އެކަން ނުހިންގޭ މިއިން އެގިގެންދަނީ ބިގް ޕިކްޗަރ ފެންނަނީ މާލެ ސަރަހައްދުން ކަމަށް
ރާއްޖެ
12 July 2019
ރައީސާއި އެކީ ބޭކާރު އަގަތެޅުން މިރޭ ތިނަދޫގައި.
ބަބުރުލް ސަލީމް
12 July 2019
ޖަޒީރާ އޮޅާލާށެވެ. މުޅިން ބޭކާރު ކޮންސެޕްޓަކަށް ވޯޓުދެނީ. ހިތާމާހުރި.
އެކަންކުރަން
12 July 2019
ތިނަދޫގައި ބޮޑު ޚަރަދު ކޮށްގެން މަސްވެރިކަމާއި ބެހޭ ފޯރަމް އެއް ޓެކްނޮލޮޖީ މިހާ ބޮޑަށް ކުރިއަރާފައި އޮތް ޒަމާނުގައި ބާއްވަން ނުޖެހެއޭ ބަދަލުގައި ތިޔާ ފޯރަމް މާލޭގައި ބާއްވާ ސްކައިޕް މެދުވެރިކޮށް ތިޔާ ކަން ކުރި ނަމަ މާ ބޮޑަށް ރަނގަޅުވީސްއޭ މާލެ ސަރަހައްދުން ގުޅިފަޅު ހިއްކާ ފަރުމަސް ތައް ބްރީޑް ކޮށްގެން އެކްސްޕޯރޓް ކުރެވޭ ފެންވަރަށް އެކަން ކުރަން މާލެ ސަރަހައްދުން 20 ހާސް އަކަފޫޓް ގެ 10 ހާސް ބިން ދޭންވީއޭ މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް