ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --މިހާރު ފޮޓޯ
12 ޖުލައި 2019 - 15:49
އަންދާޒާތަކަށް ބަލާއިރު މި އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ ފަސް ލައްކައަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު 533،000 އަށް ވުރެ ގިނަ މީހުން މި ގައުމުގައި އުޅޭނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 30 ޕަސެންޓް ހިއްސާކުރަނީ ބިދޭސީން ކަމަށް ވިދާޅުވި އެވެ.
އެންމެ ފަހުން، 2014 ވަނަ އަހަރު ނެގި ބޯހިމެނުން ދައްކާގޮތުން ބިދޭސީން ހިމަނައިގެން ރާއްޖޭގެ އާބާދީއަކީ 402،071 އެވެ. އެއީ 338،434 ދިވެހީންނާއި 63،637 ބިދޭސީންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުވެގެން ދިއުމަކީ ފުންކޮށް ވިސްނައި އަވަސް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.
"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހން އުފެއްދިގެން ނޫނީ، ރާއްޖެއަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ. މިކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވި އެވެ. "ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނެގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ ރާވާފައި."
ކޮންމެ ގައުމެއްގެ ވެސް އެންމެ ބޮޑު ހަޒާނާއަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި ލިބޭ ތަރައްގީގެ ފައިދާ ހޯދައިދިނުމަށް ބަލަންޖެހެނީ އާބާދީގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ދާއިރާތަކަކީ ކޮބައިކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި ވިހާ މަރުވާ ނިސްބަތް އަޅާކިޔުމުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރުކަން ރައީސް ފާހަގަކުރެއްވި އެވެ. އާބާދީގެ 14 ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވުމުން ރާއްޖޭގައި މިހާރު އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ފަހަށް ރައްކާކުުރުމުގެ ސަގާފަތް އަށަގެންނެވުން މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިހާރުގެ އާބާދީގެ 36 ޕަސެންޓަކީ ޒުވާނުންނެވެ. މަސައްކަތްކުރާ އުމުރުގެ އަދަދަކީ އާބާދީގެ 67 ޕަސެންޓެވެ. އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރު މަސައްކަތު އާބާދީގެ ޕަސެންޓޭޖް ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް އަންދާޒާތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނާނާ
14 July 2019
މިވެސް ވައުދެއްތަ؟
ބާލިދީ
14 July 2019
ދޮންމީހަކު ފަޅުރަށެއްގައި ބެހެއްޓީމަ ފިޔަވަޅުއެޅޭއިރު ޓުއަރިސްޓުންގެ ގޮތުގައި ރާއްޖެ އެތެރެވާ ބަންގާޅީން މާލެތެރޭ އުޅޭ ގޭގޭގެ ވެރިފަރާތް ބޮޑުއަދަދުން ޖުރިމަނާކުރަންޖެހޭ. އެފަދަމީހުން ރިޕޯޓްކުރަން ހޮޓްލައިން ގާއިމުކުރަންޖެހޭ.
ބާލިދީ
13 July 2019
ދިވެހިންނަށްލިބޭ އާމްދަނީ "ގާދޫކޮލުން ބޭރެއްނުވާނެ"، ސަބަބަކީ ގާދޫކޮލަކީ ރާއްޖޭގެ ވަކިރަށެއްގައި އޮންނަ ކުޑަކުޑަ ތަންކޮޅެއް. މިސާލަކަށް ރާއްޖެއަށްލިބޭ އާމްދަނީ މާކުރަތު ނެރުން ބޭރަށްދިއުމޭ ބުނީމަ އެއީ ހަމަޖެހޭ ވާހަކައެއްނޫން.
އަހުމަދު އީސާ
13 July 2019
ބަލަ ފަގީރުން މިގައުމުގަ މަދީތަ
ބޮޑުމީހާ
13 July 2019
ރާއްޖޭގެ އާބާދީ ގުނަނީ ބޭރުމީހުންވެސް ލައިގެންތަ؟ ޔޫއެންއަށް ވެސް ތި މައުލޫމާތުތަ ފޮނުވަނީ. ތިހެން ބަލަންޏާ އަހަރުމެންގެ ރަށުގެ އާބާދީއަކީ މިހާރު 2100. ރަށުގަ އުޅޭނެ 500 ވަރަކަށް ބިދޭސީން
ބަނީ
13 July 2019
އުމުރުން ދުވަސްވާ މީހުންގެ އުމުރު ދާނީ ދިގުވަމުން ކަމަށް ލަފާކުރެވޭ. އެމީހުންނަށްވެސް މިހާރު ހިލޭ ބޭސްފަރުވާއާ ފައިސާގެ އިނާޔަތާ އެއްޗެހި ލިބުނީމަ ކުރީގައި މަރުވުމަށް ދިމާވެދާނެ ސަބަބުތައް އެއޮތީ ކުޑަކުރެވިފައިހެން ހީވޭ. އެންމެ ކުދިކުދި ކަންކަމަށްވެސް މިހާރު ފިކުރެއްނެތި ޑރ އަށް ގޮސް ބޭސްފަރުވާކުރެވި ސިއްހީ ކާނާ ކައިގެން ދިގު އުމުރަކަށް އުޅެވޭނެ. އެކަމު އަޅާލާނެ މީހުންނެތް މިފަދަ ބައެއް މީހުންނަށް ހޯމެއް ހެދުންވެސް މުހިއްމު.
ހައްލަކީ
13 July 2019
އުފާވެރި ޚަބަރެކެވެ. މިހާރު އަހުރެމެންނަށް 'މިލިޔަން' މިލަފުޒު ކިޔޭނެ އެވެ. އަންނަ އަހަރު އަހަރެމެންނަކީ ބައިމިލިޔަން އާބާދީއެއް އޮންނަ ގައުމަކަށް ވާނެއެވެ. އިއްޒަތްތެރި ރައީސެވެ. މާލޭގެ ހުރިހާ މައްސަލައެއްގެ ހައްލަކީ އަދި އެއްމާލެ ހެދުމެވެ. އޭރުން އާބާދީ ބެހިގެންގޮސް މާލެއަށް ވަރަށް ލުއިވާނެ އެވެ. ރަނގަޅުވާނީ ރިސޯޓުތައް ގިނަ ސަރަހައްދެއްގައި ދެވަނަ މާލެއެއް ހެދުމެވެ. އޭރުން ވަޒީފާ، ހޮސްޕިޓަލް، ހަޔަރއެޑިޔުކޭޝަނަށް މާލެ އަންނާކަށް ނުޖެހޭނެ އެވެ.
ނަޝޫހާ
13 July 2019
ޤައުމުގެ ވަލިއްޔުލް އަމުރު އެވެ. ގައުމުގެ އާބާދީ އިތުރުވާ ރޭޓް އިތުރުވެ ދުޅަހެއުކަމާއި އެކު އާބާދީ އިތުރުވުމަކީ ގައުމުގެ އުހައުވެރިކަމެވެ.ގައުމުގއި ބޭރު މީހުން ގިނަވާ ވާހަކަޔާއި ، ޒުވާނުން ވަޒީފާ ނެތްވާހަކަޔާ، މިކަން އެނގިޮވަޑައިގެން ހުންނަވާ މިކަންކަން ރަނގަޅޚުކުރައްވަން އެއްވެސް ކަމެއް ކުރައްވަން އަންގަވައިފިންތޯ އެއްވެސް އިދާރާއަކަށް
ބަހަނާ ނުދައްކާ
13 July 2019
* ރިސޯޓް ވަޒީފާގަ ދިވެހީން އިތުރުވާނެ ރިސޯޓްތަކަށް މިނިމަމް ވޭޖް ގެނެބަ! * ބިދޭސީން އޯވަރ ސްޓޭ ގަވާއިދަށް ހަރުކަށިކޮށް އަމަލުކޮށްބަ! * ފުލުހުންނަށް ބިދޭސީން ބަލަން ހަވާލުކޮށްބަ!
ނަޖުދާ
12 July 2019
މާލެއަށް މަރުކަޒީކުރެވިފައިވާ ބާރުތަށް ދޫކޮށް ރާއްޖެތެރެއަށް ބާރުތަށް ދޫކުރަންވީ. ރާއްޖޭގެ ބޮޑެތި އަތޮޅުތަކައި ރަށްތަށް ތަރައްގީކުރަންވީ! ލ. އަތޮޅުގައި، އައްޑޫ ސިޓީގައި ސަރުކާރުގެ އޮފީސްތަށްވެސް ހަދައިގެން ދައުލަތް ހިންގުމުގެ ކަންކަންވެސް އަތޮޅުތަކުންވެސް ޕްރޮވިންސް ލެވެލްގައި ކުރަން ފަށަންވީ! މާލެއަށް ޙިދުމަތްތަކަށް ބަރޯސާވެފައިވާ އޮތުން ބަދަލުކުރަންވީ! ސިއްޙަތާއި، ތައުލީމު އަތޮޅުތަކުގައި ގާއިމް ކުރަންވީ