ލަގްޒަމްބާގްގައި ކުރިއަށްދިޔަ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) ގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:ފިނޭންސް މިނިސްޓްރީ
16 ޖުލައި 2019 - 13:08
ސަރުކާރުން ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 50.65 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) ގެ ލޯނެއްދީފި އެވެ.
ސަރުކާރުގެ ފަރާތުން މި ލޯނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އީއައިބީގެ ފަރާތުން ވައިސް ޕްރެޒިޑެންޑް އެންޑްރިއު މެކްޑަވެލް ވަނީ ސޮއިކުރައްވައިފަ އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 45 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގައި އީއައިބީއާ އެކު ސޮއިކުރި އެވެ. އެއީ 18 އަހަރުން އަދާކުރާ ގޮތަށް 3.3 ޕަސެންޓު އިންޓްރެސްޓް ރޭޓުގަ އެވެ.
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) ގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން މި ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު މިނިސްޓަރު އަމީރު ވަނީ މި ބައްދަލުވުމުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން "ޑިޖިޓަލް ކަނެކްޓިވިޓީ" ސެމިނާއެއްގައި ބައިވެރިވެ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ޖިޑިޓަލް ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ހިއްސާކުރެއްވި އެވެ.
ލަގްޒަމްބާގުގައި އޮތް މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިއަހަރުގެ ބައްދަލުވުމުގެ ތީމަކީ ކޯޕަރޭޝަން އެންޑް ކަނެކްޓިވިޓީ އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވި މި ބައްދަލުވުމުގައި ގަވަރުނަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަމިއްލަ ކުންފުނިތަކާއި ގައުމުތަކުގެ އިސްވެރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު
17 July 2019
ގްރީންޓެކްސައްލިބޭ ލާރިން ކުނީގެމައްސަލައަށް ހައްލެއްހޯދާނަމޭބުނި، ކޮބާގްރީންޓެކްސައް މިލިއަނުން ގެސްޓުން އަތުން ނަގާލާރި ...1.2 މިލިއަންގެސްޓުން އައިސް ކޮންމެގެސްޓެއް ދެ ރޭ ރިޒޯޓެއްގައި ހޭދަކުރިތަސް ރެޔަކަށް ނަގާ 6 ޑޮލަރުގެ ރޭޓުން 15 މިލިއަން ލިބޭނެ! ކީއްކުރަން ލޯނު ގަނަގީ ތިމާވެއްޓަށޭ ކިޔާފައި ތިމާވެއްޓެއްސަރުކާރުން ކުރިމަކެއްނެތް ފެންނާކަށް! ފްލެޓް އަޅަން 50 މިލިއަން ޑޮލަރު ނެގިނަމަ! ހަމަ މާލެ މީހުންގެ ގޭގެ ކުޅި ކުޑަވެދާނެތީވެތަ!
އަލިހަންޑޯ ޓޮލޭޑޯ
17 July 2019
މިއީ ލޯނެއް ނޫންތަ؟ އަހަރެމެން މިއަށްކިޔާނީ ދަރަނީގެ ދަންތުރަ. އީޔޫގެ ދަރަނީގެ މަޅި ކަރުގައި އެޅުވީ. މިއީ ހަމަ އިޤްތިޞާދީ ހަނގުރާމައި މައިދާނުގައި ހިނގަމުންދާކަންކަން. ޗައިނާ، އިންޑިޔާ، އެމެރިކާ، އީޔޫ، ރަޝިޔާ. ތަފާތު ފާޑުފާޑުގެ ބޭންކުތައް އުފައްދައިގެން ލޯނާއި ހިލޭއެހީގެ ނަމުގައި ޤައުމުތައް އަޅުވެތިކުރުން. މިޤައުމު މީގެ އަހަރުތަކެއްފަހުން އޮންނާނީ އެކި ސަރަހައްދުތައް އެކިޤައުމުތަކަށް ވިކިފައި. ނަމުން މިނިވަން، ކަމުން އަޅުވެތި.
ކަކުނިބޯ
17 July 2019
އަވަހަށް އިއާދަކުރަނިވި ހަކަތައިން ހުރިހާމިސްކިތެއް އޭސީކުރައްވާ . މިކަން ކުރެވޭނެ އަދި ފުރާޅުގައިތަންއޮންނާނެސޯލާޕެނަލް ބަހައްޓަން ޝުކުރިއްޔާ
ޕޮކަޑިމޭން
16 July 2019
މީގެން 30 ށް މިލިޔަން ޕީއެސްއެމް މެދުވެރިކޮށް މިމިނިސްޓަރު ބިގަށްދޭނެ. ޒީރޯ ޓޮލޮރސަންސް
ބޮޑުމީހާ
16 July 2019
އިޔާދަކުރަނިވި ހަކަތޭއޭ ކިޔައިގެން ކިތައް ލޯނު ނަގައިފިތަ؟ ކޮބާތަ ހިންގުނު ޕްރޮޖެކްޓެއް؟ ކޮބާ ލިބުނު ކުރިއެރުމަކީ؟ ތި 50 މިލިއަނަށް ކޮންމެވެސް ބަޔަކަށް ދީ ބާ ސޯލާ ޕެނަލް ތަކެއް ގެނެސް ކޮންމެވެސް ގުދަނެއްގެ ބަހައްޓާފަ ހަލާކުވީމަ، ރިޕޯޓް ފޮނުވާފަ ބުނޭ މިހާރު ސޯލާ ޕްރޮޖެކްޓް ނިމުނީއޭ ވަރަށް ސަކްސަސްފުލްއޭ، އަދި އެހެން ރަށެއްގައި ހިންގަން އިތުރު ލޯން ބޭނުމޭ
ނުރައްކަލޭ
16 July 2019
ރިނަވަބްލް އެނަރޖީ ތަރައްގީ ކުރުމަށް ސަރުކާރުން ނަގާ ލޯންސް ތަކުން މަމެންނަށް ޔަގީނޭ އެފައިސާ އިން ރިޓާންގެ ގޮތުގައި އެންމެ ރުފިޔާ އެއްވެސް ދައުލަތުގެ ބަޖެޓަށް ވަދެފައި ނުވާކަން ދެން މީ ފައިސާގެ ގޮތުން އެފްއައިއާރުއާރު %3 އަށް ވުރެން ދަށް އީއައިއާރުއާރު %1 އަށް ވުރެން ދަށް ނޮން ފީސްބްލް ޕްރޮޖެކްޓްސް ތަަކަށް ސަރުކާރުން ރައްޔިތުން މަތިކޮށްގެން ނަގާ ލޯން ތައް މީ ދައުލަތުގެ ބަޖެޓް ފޫދުއްވާލުން ފަދަ ކަމެކޭ މީ ނުރައްކާތެރި ކަމެކޭ ނުރައްކަލޭ ނުރައްކަލޭ
ހާދާލު
16 July 2019
ތީގެން ރައްޔިތަކައް ފައިދާއެއް ކުރާނެ ބ؟؟؟
ރަދީފުއްދީނުލް އަކްބަރު
16 July 2019
މިމީހުން ލޯނުނެގުން ބަރާބަރު. އެހެންމީގުން ލޯނުނަގަންޏާ ސަކަރާތް.