ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އަދި އެމްޑީޕީގެ ބައެއް ސަޕޯޓަރުން އޭސީސީގެ އޮފީސް ބޭރުގައި މަޑުކޮށްލައިގެން: އަމީރު މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
12 އޮކްޓޯބަރ 2025 - 16:02
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލައެއްގައި ސުވާލުކުރުމަށް އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
އަމީރު އޭސީސީއަށް ހާޒިރު ކުރުމާއެކު، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެ އޮފީސް ކުރިމަތީގައި ބައެއް ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖުކޮށްފަ އެވެ.
އަމީރު ވަނީ އޭނާ އޭސީސީއަށް ހާޒިކުރާތީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އާއި މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ 2019 އިން 2023 އަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.
"ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ. ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާ މެދު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، އޭސީސީގެ ރައީސާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ގެންދަނީ "ބޭއިންސާފުން މީހުން ފްރޭމް ކުރަން" މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ މަސައްކަތް ހުއްޓާލަން އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އާއި ފުލުހުންގެ އިދާރާއަށް ގެންގޮސް "ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ" ކަމަށެވެ.
އޭސީސީގެ ތަހުގީގަކަށް އަމީރު ހާޒިރު ކުރިއިރު، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މާދަމާ ހެނދުނު 9:30 އަށް އެ އިދާރާއަށް ހާޒިރުވާން އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިފްލާާ
13 October 2025
ގައްދޫ އަމީރުއަކީ މުޅި ހުވަދުއަށްވެސް ހުރި ހުތުރެއް. ރައޔިތުން އެންމެ ނިކަމެތި ދުވަހު މިގައުމު ހަލާކުގެ ތެރެއަށް ވައްޓާލި މައި އެއް މޫ މިއީ.
ރައްޔިތުންގެ ލާރިން
13 October 2025
ބިރު ނުގަންނާތީދޯ ތި ތެޅި އަރުވަނީ!!! ކަމެއް ނުކުރާމަ ކޮންކަމާ ތެޅިއަރުވަނީ!!
ގޮނުއަނގަ
13 October 2025
ބިރު ނުގަންނާށޭ. ޤާނޫނީކުށެއް ނުކުރާނަމަ އަދަބެއް ނުލިބޭނެ. އެކަމަކު ޕާޓީ ކުދިން އެއިދާރާ ކުރިމައްޗަށް އެއްވެ އެތަނުގެ މުވައްޒަފުންނަށް ބިރު ދެއްކުމަކީ ޤާނޫނީ ކުށެއްކަން ޕާޓީ ކުދިންނަށް އަނގާލާދެއްވާ. އެތަނުގެ މަސްކަތަކީ ޝައްކުވާ ކަންކަމުގައި އެންމެންނާވެސް ސުވާލުކޮށް ތަޙްޤޤު ކުރުން ކަން މިނިސްޓަރުންނަށާ ސިޔާސީ ބޮޑެތި "ކޭމާޓުން"ނަށް އެގޭނެ.
އަބްޑޫޅް +
13 October 2025
ޙޫމް. ދަމާހަލާފަ ހާޒިރު ކުރުވީ ދޯވ؟ މިހާރުވެސް ކަލޭމެން ނުރުހޭ މީހުން އަނދަގޮޑި ޖަހާ، އެންގަލަށް އެރުވުމަށް ފަހު ފުޅިތޮށި ކާންދެމުތަ؟ އެކަހަލަ ދިވެހިވަންތަ އާދަކާދަ ދޫކޮށްލާކަށް ނުވާނެޔޭ.
ޑރ ވާންޗޯ
12 October 2025
ހުދުފޮތިކޮޅެއްހެން ހުންނެވިއްޔާ ތިހާބިރުން ދެފައިކޮޅުންވަރުގޮސް ހަތަރުމީހުން އަތުލަފިކޮށްގެން އުޅޭހާލަތައް ތިދަނީ ކީއްވެތޯ؟.
މއނއމ
12 October 2025
މިނިސްޓަރު އަމީރު ފަރުވާކުޑަކޮށް ސަރުކާރުގެ ކުންފުނިތަކުން މިހާ ގިނަ ބޭކާރު ހަރަދުތައް އެޕްރޫވްކުރުމުގެ ސަބަބުން ރާއްޖެ އަށް އެތައް މިލިއަން ރުފިޔާގެ ގެެއްލުން ވި. މިކަމަށް ކޮންމެވެސްވަރެއްގެ ޒިންމާއެއް ނަގަން ޖެހޭ. ޤައުމެއްގެ ފައިނޭންސް ކޮންޓްރޯލަރެއްގެ ހައިސިއްޔަތުން ހަރަދުތަކާމެދު ސަމާލުވާންޖެހޭވަރަށް ނުވޭ އެހެންވީމަ އެމަގާމުގަ ހުރެ ލިބުނު މުސާރަ ހައްގު ނުވާނެ.
ހަގީގަތ
13 October 2025
އެތަށް މިލިއަނެއްނޫން ބިލިއަން އަސްލު ރަނގަޅަށް ބަލައިފިއްޔާ ކުރި ވަށްކަމާއި ގައުމަށާއި ރައްޔިތުންނަށް ލިބުނުގެއްލުން އޯވާ ޓުރިލިއަނަން އަރާނެ!
ކުރި
12 October 2025
ވެންޓިލޭޓަރ މައްސަލާގަ ތީނަ ސަލާމަތް ވާނެ އެއް ގޮތެއްވެސް ނޯންނާނެ. ކޮރަޕްސަނާ ފަސާދަ ނައްތާލާ ވޭނީ ވަކިކުލަޔަކައް ނުބަލާ އަދުލު އިންސާފު ގެ ކުރިމައްޗަށް ގެންގޮސްގެން. ގައުމު މި ހާލަތަށް ވައްޓާލީ މީހުން ތިއީ
ގިޔަސަރު
12 October 2025
އެއްވެސް މައުލޫމާތެއް ހޯދުމަކީ އޭސީސީން އަންގައިގެން އެކަން ސިޔާސީ ކޮށްގެން ރައްޔިތުންނަށް އެ ދެވެނީ ގެއްލުން. އެމްޑީޕީ މި އުޅޭ ގޮތުން ހީވަނީ ވައްކަން އޮތީ ކޮށްފަހެން
ދަލޭކަ ދައިތަ
12 October 2025
އަމީރު ހާސްނުވޭ. ހަމަ ވިޒިޓްކޮށްލެއްވީމަ ނިމުނީ. އަމީރު ނުނަންގަވައެއްނޫންތޯ ރިހާކުރު ފުޅިއެއް. ރިހާކުރު ވަގުންނަކީ ބޮޑެތި ވަގުން.