ކުރީގެ މިނިސްޓަރު އަމީރު: އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ހާޒިރުވާން އޭސީސީން ވަނީ އަންގާފައި.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
09 އޮކްޓޯބަރ 2025 - 22:50
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
އަމީރު "އެކްސް" ގައި ވިދާޅުވީ، އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އެންގީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ކަމަށެވެ.
ދިފާއުގައި އަމީރު މިރޭ ވިދާޅުވީ 2019 އިން 2023 އަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.
"ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ. ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާ މެދު އެބައޮތް،" ގދ. ގައްދު އަށް އުފަން އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ އޭނާ އޭސީސީ އަށް ހާޒިކުރާތީ އެ ކޮމިޝަންގެ ރައީސް ޝާމިލް އާދަމާއި މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި، އޭސީސީގެ ރައީސާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ގެންދަވަނީ "ބޭއިންސާފުން މީހުން ފްރޭމް ކުރަން" މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ މަސައްކަތް ހުއްޓާލަން ގޮވައިލެއްވި އެވެ.
އޭނާ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އާއި ފުލުހުންގެ އިދާރާ އަށް ގެންގޮސް "ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ" ކަމަށެވެ.
މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު އޭސީސީގެ ތަހުގީގަކަށް އާދިއްތަ ދުވަހު ހާޒިރުކުރާއިރު، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވެސް އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް އެ އިދާރާ އަށް ހާޒިރުވާން އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.
ފައްޔާޒު އޭސީސީ އަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައި ވަނީ އޭނާ އަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގައި ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.
މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ސައުދުﷲ މިރޭ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން އަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ. އަދި އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީ އަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
އެހެންވެ، ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވާ ކަމަށާއި އެކަމަކު ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ އަގަށް ފެތޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ދިން ކަަމަށް ވިދާޅުވި އެވެ.
"އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ވެސް އަދި ޕްރޮޖެކްޓު ވެސް ދީފައި ނުވޭ. މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައި ވަނީ ފައިދާ. ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް،" ސައުދުﷲ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
10 October 2025
ސަރުކާރުންވެސް ޑްރާމާ ނުކުޅެ، ރައްޔިތުންގެ މުދަލާ ފައިސާއަށް އިހުމާލުވީ ފަރާތްތަކާމެދު، ކައުންސިލް އިންތިޚާބުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް މި އުއްމީދު ކުރަނީ، އެހެން ނޫނީ................
ކައުންސެލަރު....
10 October 2025
ކޮބާހޭ ވެންޓިލޭޓަރުވަގު، ކޮބާހޭ ކާޕެޓްވަގު، ކޮބާހޭ ގަލޮޅުދަނޑު ބިދޭސީންވައްދާފުރިވަގު....
ޢަރުތަ
10 October 2025
ވެންޓިލޭޓަރުގެ "ވަގުން" ގެ މައްޗަށް ކޯޓުން އެޔޮތީ ހުކުން ކޮށްފަ، ރައްޔިތުން ކުރިން ހީކުރި ގޮތަަކަށް ނޫން އެކަން ހިނގާފަ އޮތީ، ނޭގޭ ވާހަކަ ނުދައްކަމާ.
ފަރިއްކޮ
10 October 2025
އަސްލު ފެނަކަ ސައީދުގޮޅިއާ ޖެހިގެން ހުރި ދެ ގޮޅި އެހެރީ ހުސް ކޮށް ކަމަކު ދޯ.
ޖައްސާ
10 October 2025
އޭސީސީގެ ތަހުގީގަކަށް ހާޒިރުކޮށްގެން އެއްވެސް ޖެހިލުމެއް ވާކަށް ނުޖެހޭ. ތަހުގީގު ނުކޮށް ކަމެއްގެ ހަގީގަތް ނުވެސް އެނގޭނެ. ހައްގު ގޮތުގައި ޖަވާބުދާރީ ނުވެސް ވެވޭނެ. ވައްކަން ކުރިކަމަށް ގައިމުވެސް ރަށުތެރޭ ކިޔާ. އެހެންވީމަ ކުރިތޯ ނޫންތޯ އެނގޭނީ ޖަވާބުދާރީ ވީމަ. ރައްޔިތުން އެދެނީ ކަންކަން ބަލަން. އޭސީސީއަށް އިތުބާރު އުފެދޭނީ ކަންކަން ބެލީމަ. މިހާރު އޭސީސީ އެ ހިނގަނީ ރަނގަޅަށް
ނާޑުވާ
10 October 2025
މި ސަރުކާރުން ދޮގުހެދުމާ ވައްކަން ކުރުން އިންތިހާއަށް އިތުރު ކޮށްފައިވާކަމަށް ރަށުތެރޭ ނުކިޔާތަ. ކެމްޕޭންގަ އަދި ވެރިކަން ލިބުނުފަހުން ހެދުނު ދޮގުތަކުގެ އަދަދެއް ނޭނގޭކަމަށް ވެ ކިޔާ. ގޯއްޗަށް އަދި ފްލެޓަށް ފޯމްވެސް ނުލާބަޔަކަށް ތަންތަން ހަވާލުކުރަމުން ދާ ވާހަކަވެސް ރަށުތެރޭގަ ކިޔާ. އޭގެ އެއްވަގު ފަޒުލް އަށް އަދިވެސް މުސާރަދޭވާހަކަވެސް ކިޔާ. ނިމާލް ފެނަކައިގަ ހުރެ ކަޅުބާޒާރުން ޑޮލަރު ގަންނާށޭ ކިޔާ ވީ ބޮޑު ޚިޔާނާތެއް މި ވެރިކަމުގަ ނުބެލިގެން އުޅެނީ އޭނަ ސަރުކާރުގެ މަޤާމެއްގަ ހުރީމަ ކަމަށް ވެސް ހަމަ ރަށުތެރޭ ކިޔަނީ.
ޢަރުތަ
10 October 2025
އަބަދުވެސް އޭސީސީ ހިނގަނީ ރަނގަޅަށް، އޭސީސީ ގޯސްކޮށް އެއްވެސް އިރަކު ނުހިނގަ.
ނަރުގިސަ
11 October 2025
ތިކަންއެގުނޭ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މައްސަލަ "އުފެދުނު" ގޮތުން
ދިއްދޫމީހާ
10 October 2025
އޭސީސީން އަނެއްކާ މީނާއާ ސުވާލްނުކުރާތި ކަނޑުމެދުގައި އަޅަންބުނި ކަނެލި ޖަގަހަތަކާ ބެހޭގޮތުން..
ޢަރުތަ
10 October 2025
ވިއްކާލި ކަނޑު މިފަހަރު އަމީރު ލައްވާ ހޯދާނެ ތޯއްޗެ، ދެން މަހީހީ
ޑރ ވާންޗޯ
10 October 2025
މައްސަލައެއްނެތިއްޔާ އޭސީސީއަށް އަންނަން ބުނާއިރަށް ދެފައިކޮޅުން ވަރުގޮސް އެޑްމިޓްވާންޖެހޭވަރު ތިވަނީ ކީއްވެތަ؟.
ފާމުލަދޭރި ކިލެގެފާނު
10 October 2025
ތުހުމަތެއް ކުރެވުމަކީ ނުވަތަ މަޢުލޫމާތެއް ހޯދުމަށް މުއައްސަސާއަކަށް ހާޒިރު ކުރުމަކީ ތިޔަހާ ހީކަރުވަން ޖެހޭ ކަމެއްނޫން. އަމާނާތްތެރި ކަމާ ތެދުވެރިކަމާއެކު ހުރިހާ ކަމެއް ކުތައްވާފައި ވާނަމަ އަވަހަށް ވަޑައިގެން އެކަން ސާބިތުކޮށް ދެއްވާ. މިސްކިތު ހުޅުޖެހި މީހާއަށް ވެވަޑައިނުގަންނަވާ. އެންމެ ފުރަތަމަ ވެސް ތިޔަ ގޯސް ކުރެއްވީ މުއައްސަސާ. އެހެން ނުހައްދަވާ. ޖަވާބުދާރީ ވެވަޑައިގެންނަވާ
ޢަރުތަ
11 October 2025
މުއައްސަސާތައް ގޯސް އަބަދުވެސް ވަކި މިހާރަކުނޫން، ފަހުންވެސް ގޯސްވާނެ.
ޢިދްރީސް
09 October 2025
ރަނގަޅު
ބަލްޝަމް
09 October 2025
މީދޯ ރައީސް އާއި ނައިބް ރައީސް އަކީ ދެން އަންނާން ތިބި. ފަޔާޒު އާއި އާމިރު. ސަރުކާރުން ރާވާގެން އިބޫއަށް ފުރުސަތެއް ދޭން ބޭނުން ނުވަނީ.
ނަންނު
09 October 2025
މިވެރިން ހާދަ ބިރެކޭ މިގަންނަނީ. ،،، ކުރިކަން އެންމެންނަށްވެސް އެނގޭ. އަދި ކިރިޔާ ފިޔަވަޅެއް މިންެޅެނީ
ޢަރުތަ
11 October 2025
އެއްވެސް ފިޔަވަޅެއް އެޅޭނެހެނެއް ހިއެއްނުވޭ، ކައުންސިލް އިންތިޚާބަށް ކުޅޭ ޑްރާމާއާ ވައްތަރީ، ރިޔާސީ އިންތިޚާބުތެރޭ ވީ ބައިވަރު ވައުދުތަކުގެ %10 ވެސް ނުފުއްދިގެން އުޅެނިކޮށް، ކައުންސިލް އިންތިޚާބަށް އަނެއްކާވެސް އަރާ ކޮންމެ ރަށެއްގަ ވައުދުތައް ވަމުން ދަނީ އަމަށަކު ވަރަކަށް ނޫން، އެކަން ރައްޔިތުން ދެނަހުރި، ވާގޮތެއް ބަލަމާ.