ެއެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ އޮގަސްޓް މަހު ބޭއްވި އެއްވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޮކްޓޯބަރ 2025 - 16:05
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ކޮމިޝަނަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
އެ ކޮމިޝަނުން ފޮނުވި އަމުރުގައި އޮތީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ފައްޔާޒު އެ އިދާރާއަށް ހާޒިރުވުމަށެވެ.
ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުން ފައްޔާޒަށް ތުހުމަތުކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައިވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް ކަމަށެވެ.
މި އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
މި އަމުރު ލިބުމުން ފައްޔާޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.
އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިއްޖެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައެއް ނޯންނާނެ.
— Fayyaz Ismail (@faya_i) October 9, 2025
އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރަން. ފާއިތުވި ދެ އަހަރަކީ… pic.twitter.com/FZom2rrSBP
އޭނާ ވިދާޅުވީ އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލުނުކުރައްވާ ކަމަށެވެ.
"ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިނިވަން މުއައްސަސާތައް "ހަގީގަތުގައި ވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން" މިހާރު ސާފުވާ ކަމަށެވެ.
މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖައްސަން އުޅުނަސް އަދި އެންމެން ޖަލަށް ލިއަސް ޑިމޮކްރެޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާ ވެސް ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތްކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިލަމް
10 October 2025
މީ ފައްޔާޒަކީ އެމްޑީޕީ ސަރުކާރަށް ދެވަނަ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު އަސްލު.. ވެރިކަމުގައި ތިބިއިރު މުޅި ދައުލަތް "ލޫޓުވާލީ"
ދޫނިދީ
12 October 2025
ނޫން އިބޫއަށްވުރެ މޮޅަށް ވެރިކަން ކޮށްދޭނެ ކަމާއި، ހަތިޔާރާއެކު ރާޢްޖޭގެ އެތައްމިތާގައި އިންޑިޔާ ސިފައިން އެބަތިބި ކަމާއި ދެން މިތާނގައި ވެރިކަން ކުރަނީ އިންޑިޔާއިން ބުނާގޮތަށް ކަމާއި މިފަދަ ދޮގު ވާހަކަތަކުން ރައްޔިތުން ވެސް ތެދުދޮގު ނުބަލައި މޮޅުގޮތް ހޯދީ؟
ދިއްދޫމީހާ
09 October 2025
ކަލޭމެންނަކީ ހިތުން ހަމަ ބޮޑެތި އަލިފުން އެކަމް މިއަދު އުފަންވާ ކުއްޖާއަވެސް އިންގޭނެ އިބިލީސްވެސް ކަލާމެން ހިނގާމަގަކުން ނުހިނގާނެކަން އެއީ އިބިލީސް ކަލޭމެންނަ ދޭނެ ނަސޭހަތެއް ނޯންނާނެ..
އަފީފާ ލަތީފް
10 October 2025
އިބިލީސް އިޒް އޯލްސޯ ޓޭކިންގ ނޯޓްސް.
އަހުމދީ
09 October 2025
ތީ ޕީއެންސީ މީހެއްގެ ކުންފުންޏެއް
މިސްކިތުހުޅު
09 October 2025
ފައްޔާޒު ގޯހެއް ހަދާފަ ނޯންނާނެކަން ތިހާ ޔަގީންވަންޏާ، ތަހުގީގެއް ކުރިޔަސް ބެދޭނެ މަޅިއެއް ނޯންނާ ކަމުގެ ޔަގީންކަންވެސް އޮންނަންވާނެ. އެ ޔަގީންކަން ނެތީމާ މީހާ ރަތަށް އަރައިގެން އެއްޗެހި ކިޔައިފަ ހުރި ފާޑު މިހާރު ޖަހަނީ. ގޯހެެއް ނުހަދާނަމަ ދެން ކީއްކުރަން ތިހާ ރުޅިގަދަވެގެން ހަޅޭއްލަވަނީ؟
އިލަ
10 October 2025
އެއީ ޠަބީއީ ކަމެއް..
އެހެއްނު
09 October 2025
17 ނޮވެމްބަރ ގަ އިފެކްޓް
ސާފުދިވެހިރައްޖެ
09 October 2025
ކީއްވެބާ ފައްޔާޒު ޕީޕީއެމްއަށް ފައިސާ ދޭންވީ؟
އަލްޖިބްރރާ
09 October 2025
ކީއްވެބާ އެމްއެމްޕީއާރްސީ މައްސަލާގައި ހުރިހާ ޕާރޓީއެއްގެ މީހުން ހިމެނެނީ
ޖަބް
12 October 2025
ބޮލުރޮއްޖާ ވިޔަފާރީގެ ފައިދާ ލިބޭނަމަ ވަކި ޕާރޓީއެއް ނޯންނާނެކަން އެނގޭތަ؟ ބީތާ ...
ުުުުުު
09 October 2025
އަހަރެމެން އޭސީސީއަށް ގެންދިޔަ އަދަދެއް ނޭނގޭ. އެކަމަކު ތިހެން ދެފަޔަށް ހ ނޫޅެން. އަހަރެމެނަށް އެނގޭ ކުރި ކަމެއްވިއްޔާ އޮންނާނީ ރަނގަޅަށްކަން. ގޯހެއް ހެދިފަ އޮތީމަ ތިވަރެއް ތިވަނީ. ދޯ؟
ތެދުދޮގި
09 October 2025
ތީ އެއްވެސް މީހެއް ނޫން ވީމަ ކަމެއް ނުވަނީ ކިތަންމެ ތާކަށް ދެމިޔަސް. ފައްޔާޒަކީ ދެން ވެރިކަމަށް ކުރިމަތިލައިގެން ހުރިމީހާ. އެހެންވީމާ އެހެން އުޅޭނީ.
ޫުުުުުު
09 October 2025
އޭ މަވެސް މީ ތިކަމަށް ކުތިމަތިލައިގެން ހުތިމީހެކޭ. މިރާއްޖޭގަ ފައްޔާޒށް އޮތް ސަޕޯޓެއް މަށަށްވެސް އޮންނާނެ. ފެމިލީގެ ދޮޅަހަށް މީހުންގެ ވޯޓު ފައްޔާޒަށް ލިބޭނީ. މަށަށް ވެސް އެވަރުވާނެ.
ޖޖޖޖޖ
09 October 2025
ފައްޔާޒު ހާދަ ބިރެއް ގަނެއްޖޭ. ތިއުޅެގަތް ގޮތުން މިހާރު ތިކުރި އަމަލަކީ ރަނގަޅު ގޮތުގައި ކުރި އަމަލެއްތޯ ސުވާލު އުފެދިއްޖެ.
ދެނޯ
09 October 2025
ފައްޔާޒު އެއްޗެއް ނުބުނެ ހުރީމަތަ ބިރު ނުގަންނަކަމަށް ވަނީ؟
ހަގީގަތޫ
09 October 2025
އޭސީސީ އަސްލު ފުނޑާލި ބަޔަކީ އިބޫމެން ފައްޔާޒުމެން.
ވެރި
09 October 2025
ކޮންމެ ވެރިކަމެއްގަވެސް އެއިރެއްގަ ހުރި މީހަކު އޭކިޔަނީ ފައްޔާރުމެން ހުރި އިރު ފައްޔާޒު ބުނާ ގޮތައް ވެރިކަންކުރީ