20 ޖުލައި 2019 - 13:29
މީގެ 33 އަހަރު ކުރިން ރިލީޒްކުރި، ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމު "ޓޮޕް ގަން" ގެ ސީކްއެލް ދެވަނަ ބައި "ޓޮޕް ގަން: މެވެރިކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޕެރަމައުންޓާއި ސްކައި ޑާންސުން ގެނެސްދޭ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "އޮބްލިވިއަން" ގެނެސް ދިން ޖޯއޯ ކޮންސިންސްކީ އެވެ. "ޓޮޕް ގަން: މެވެރިކް" ގެ ކްރޫޒާއެކު ފެނގެންދާ ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގައި ވެސް ހިމެނުނު ވަލް ކިލްމާ އޭނާ ކުރިން ވެސް ކުޅުނު ޓޮމް "އައިސްމަން" ކަޒަންސްކީގެ ކެރެކްޓާ އިން ފެނިގެން ދާނެ އެވެ.
Maverick is back. #TopGun pic.twitter.com/8ZDeE5h6fs
— Tom Cruise (@TomCruise) July 18, 2019
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މިލެޒް ޓެލާ، ޖެނިފާ ކޮނެލީ، އެޑް ހެރިސް، ޖޯން ހޭމް، ޗާލްސް ޕާނެލް، މެނީ ޖެސިންޓޯ، މޮނިކާ ބާބެރޯ، ޖޭ އެލިސް، ޖޭކް ޕިކިން އަދި ރޭމަންޑް ލީ ހިމެނެ އެވެ. ކުރިން މި އަހަރު ސިނަމާތަކަށް ގެންނަން ނިންމި "ޓޮޕް ގަން: މެވެރިކް" މިހާރު ބެލުންތެރިންނަށް ގެނެސް ދޭން ތާވަލުކޮށްފައި އޮތީ ޖޫން 26، 2020 ގަ އެވެ.
ކްރޫޒް ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސް ދިނީ 1986 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 350 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ޓޮޕް ގަން: މެވެރިކް" އަކީ 140 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy