އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާ ބޮރިސް ޖޯންސަން. --ފޮޓޯ:އޭއެފްޕީ
23 ޖުލައި 2019 - 16:59
ލަންޑަން (ޖުލައި 23) - ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތުމާ އެކު އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރުގެ މަގާމު ބޮރިސް ޖޯންސަން ކަށަވަރު ކުރައްވައިފި އެވެ.
ޕާޓީގެ ލީޑަރަކު ހޮވުމަށް މެންބަރުންގެ މެދުގައި ނެގި ވޯޓުން ޖޯންސަން އަށް ވަނީ 92،153 ވޯޓު ލިބިވަޑައިގެންފަ އެވެ. ލަންޑަނުގެ ކުރީގެ މޭޔަރު ބޮޑު ވަޒީރުކަމުގެ ހުވާ ކުރައްވާނީ މާދަމާ އެވެ. ޖޯންސަންއާ ވާދަކުރެއްވި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 46،656 ވޯޓެވެ.
ކާމިޔާބީ އަށް ފަހު މެދުތެރޭ ލަންޑަނުގައި ވާހަކަ ދައްކަވަމުން 55 އަހަރުގެ ޖޯންސަން ވިދާޅުވީ އިނގިރޭސި ވިލާތަކީ ހަކަތަ ހުރި ގައުމަކަށް ހައްދަވާނެ ކަމަށެވެ. އަދި އިނގިރޭސިން ޔޫރަޕިއަން ޔޫނިއަނުން ވަކިވުމުން ހަގީގަތަކަށް ހައްދަވައި އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އީޔޫއިން އިނގިރޭސި ވިލާތް ވަކިވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 31 ގަ އެވެ.
ޕާޓީގެ ލީޑަރަކު ހޮވުމަށް ވޯޓުލުމުގެ ހައްގު ކޮންޒަވެޓިވް ޕާޓީގެ ގާތްގަނޑަކަށް 160،000 މެންބަރުންނަށް ލިބިފައިވެ އެވެ. ވޯޓުގައި ވަނީ 87.4 ޕަސެންޓް މީހުން ބައިވެރިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް1
23 July 2019
ކޮންޒަވެޓިވް ޕާޓީގެ ގާތްގަނޑަކަށް 160،000 މެންބަރުން ތިބޭއިރު އެއީ އެތައް މިލިޔަން ބަޔަކު އުޅޭ ގައުމެއް. ރާއްޖޭގައި 5 ލައްކަ ހަމަ ނުވެގެން އުޅޭ އިރު ބައެއް ޕާޓީތަކުގައި 50-60 ހާސް މެމްބަރުން!
ހޭބަލިވާ
23 July 2019
އެންޑީޕީއަށް ވުރެ މެމްބަރުން މަދެވެ. ވޯޓް ލުމުގެ ހައްޤު ލިބެނީ ވެސް އެއްމެ 160،000 މީހުނަށެވެ. ހޮވުމަށް ބޭނުންވީ 92ހާސް ވޯޓް އެވެ.ވީމާ ދިވެހި ރާއްޖެ މި އުޅެނީ ސިޔާސީ ކަންކަމުގައި މާ ހޭބަލި ވެގެން ނެވެ
އިސްތަށި
23 July 2019
މިގޮތަށް އިސްތަށިގަނޑު ހުންނަ މީހުންނަށް ގައުމުގެ ވެރިކަން ލިބޭނެ ކަމަށް ގަބޫލުކުރެވޭ މަވެސް މިބަލަނީ މީނާއައި ޓްރަމްޕް އާއި ދެމީހުންގެ އިސްތަށިގަޑާއި އެއްގޮތް ކުރެވޭތޯ
އަބްދުއްالله
23 July 2019
އެ މާތް މަނިކުފާނަކީ އެމެރިކާގެ ރައީސުލް ޖުމްހޫރިއްޔާ ޑޮނަލްޑް، ޓްރަމްޕް މި މާތް މަނިކުފާނުގެ ވަރަށް އަރިސް މަނިކުފާނެއް.
ކިއްލިބާޝާ
23 July 2019
މަރުހަބާ ބޮރިސް.