ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގޭގެ އިމާރާތުގެ ތިރީގައި މަޑުކޮށްލައިގެން ތިބި މުވައްޒަފުންތަކެއް: ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ފިނޭންސް މިނިސްޓަރު އަމީރު މިއަދު ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
24 ޖުލައި 2019 - 16:16
ސިވިލް ސާވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައި މިނިސްޓަރު އަމީރު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ކަމަށެވެ. އަދި އެކަން ކުރުމުގެ މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އަންނަ އަހަރު މުޅި ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކޮށް، އެ އަށް ބަދަލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، މުސާރަ ބޮޑުކުރާނެ މިންވަރެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސަރުކާރު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިވިލް ސާވަންޓުން ކަމަށް ވިޔަސް އެ މީހުންގެ މުސާރަ އާއި އެލަވަންސް ކުޑަކަމުގެ ޝަކުވާ އަށް ދުވަހަކު ވެސް މިހާތަނަށް ލުޔެއް ނުލިބެ އެވެ.
ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެގޮތުން، ޓެކްނިކަލް ކޯ އެލަވަންސްގެ ނަމުގައި މުސާރައިގެ އިތުރުން އެހެން އެލަވަންސެއް އޭރު ދިނެވެ. މި އެލަވަންސް ދިނީ ޓެކްނިކަލް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އެހީތެރިންގެ އިތުރުން ސަޕޯޓް ސާވިސް މުވައްޒަފުންނަށެވެ.
އެ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސެންޓް ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ލިބުނެވެ. މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ ގެ އަށް ގެންދާ މުސާރަ އަށް މާ ބޮޑު ތަފާތުތަކެއް އައިސްފައެއް ނުވެ އެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިތުރު ގަޑީގައި ކިތަންމެ ގިނައިން މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ދެވޭނީ ވަކި ވަރަކަށް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުން ބަދަލު ކުރާނެ ވިދާޅުވެފަ އެވެ. އަދި ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްޓީ
08 October 2019
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރާނެ ބޭނުމެއް ނެތް. ދުވާލު 4 ގަޑި އިރު މަސައްކަތުގަ ނޫޅެވޭ ބައެއް. ކޮންމެ އޮފީހަކުން އެތައްބަޔަކަށް ވަޒިފާދީގެންތިބެމެ ކުރާކަމެއްނޯވޭ. އެއްމެކުޑަމިނުން ތިއިން އޮފީހަކަށް ގުޅީމަ ފޯނުގެ އައްގަނޑު ހިއްލާލާނެ މީހަކުވެސް ނުހުރޭ. ކޮންމެވެސް ބްރޭކެއްގަ ގިނައިރު ހޭދަކުރަނީ!
ޔޯ މޭން
26 July 2019
ކޮބާ މިޤައުމުގެ ފުލުހުންނަށް ސީޕީ އަރީފު ބޮޑުކުރި މުސާރަ. އެތިބީ ހެދުނު އެއްޗެއް ހެދިގެން ހަނދާންވެސް ނައްތާލައިގެން.
ހަންސަން
25 July 2019
މުސާރަބޮޑުވާއިރަށް އެއްޗިހީގެ އަގުބޮޑުވާނެ.
ނަންބަރު
25 July 2019
ކަލޯގަޔާ 2 ރުފިޔާ ބޮޑުވިޔަސް މުސާރަ ބޮޑުވި ކަމަށްވާނެ. ނިމުނު ސަރުކާރުންވެސް ފާޑޭއްގެ އޮނިގަނޑެއް ހަދާލައިފަ ބުނީ ކުރިންހުރިވަރަށްވުރެ ކުޑައެއް ނުވާނެކަމަށް. ވީއިރު 7 ރުފިޔާގެ ތަފާތު އައިމީހުންވެސް ތިބި. އަދި އޯޓީ އަށް ލިބެނީ ކިތައްމެ މަސައްކަތެއް ކުރަން ޖެހުނަސް އަސާސީ މުސާރައިގެ 5 ޕަސެންޓް
ޒިޔާޕު
25 July 2019
އިތުުގަޑި ކިތަންމެ އިތުުރުކުރިޔަށް ބަޖެޓްކޯޑުގަ ފައިސާނެތިއްޔާ މުސާރދޭނެ ގޮތެއްބުނެބަލަ
ާއުނިމާ
25 July 2019
ބަލަ އިތުރުގަޑީގެ ވަޢުދު ކޮބައިހޭ
އޭނަ
25 July 2019
ތިހެން ވެއްޖެޔާ ސިވިލް ސާވަންޓުން މަސައްކަތް ކުރާ ގަޑި ވެސް އިތުރު ކުރަން ޖެހޭނެ.
މިގޭ
25 July 2019
ތެތްގޯނި އަޅުވަނީ
ޔައުގޫބު
25 July 2019
މިދިޔަ ސަރުކާރުގައި މުސާރަތައް ބޮޑުވީ ވަކިބަޔަކަށް، އޭގެތެރޭގައި ޓީޗަރުންނާއި، ޑޮލްޓަރުންނާއ، ނަރުހުނާއި، މިނިސްޓްރީތަކުގައި ތިބި ލީގަލް މީހުންނަކަށް މުސާރަ ބޮޑުނެވެ. މިކިހާ އިންސާފުން ބޮޑުކުރިން ކުރިކަމެއް އަދި އަނެއްކާ ރިޓަރޔަޑް ޤާޟީއަކަށް މީޙާރު ގޭގައި ހުއްޓަސް 20000 ރުފިޔާ އެމީހުން ކުރާ މަސައްކަތެއް ނޯވޭ އެމީހުންގެ މަސައްކަތަކީނ ދެކޮޅަށް އުނދޯލި ހިލުން.
ކާވެނި
25 July 2019
އަބަދުވެސް އަންނަ އަހަރު، މިއީ އިބުލީހުގެ މެރިއޭޖްތަ؟