ބްރިޖުން ދަތުރުކުރާއިރު ޓްރެފިކް ފުލުހަކު މަޑުކޮށްލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
28 ޖުލައި 2019 - 20:44
މިދިޔަ ހަފުތާގައި މަގުމަތީ އެކްސިޑެންޓުގެ 50 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕޮލިހުން އާއްމުކުރި މިިދިޔަ ހަފުތާގެ މައުލޫމާތުތައް ދައްކާގޮތުން އެކްސިޑެންޓުތަކުގައި 15 މީހަކަށް އަނިޔާވެފައިވެ އެވެ. ނަމަވެސް ތަފްސީލްތައް ހިއްސާކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި 220 އުޅަނދެއް ބަލާ ފާސްކުރި އެވެ. އޭގެެތެރެއިން ލައިސަންސް ނެތި 109 މީހަކު އުޅަނދު ދުއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފުތާގައި ސްޓިކާ ޖަހާފައި ވަނީ 256 އުޅަނދެއްގަ އެވެ.
ސްޓިކާ ޖަހާއިރު، ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ބާރަށް ދުއްވައިގެން 55 މީހެއް އަދި ޓްރެފިކްގެ ނިޝާންތަކާ ހިލާފުވެގެން 13 މީހެއް ހުއްޓުވި އެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވިއިރު ސިނގިރޭޓް ބޮއެގެން ތިން މީހަކަށް ނަސޭހަތްދިންއިރު ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ބޭނުންކޮށްގެން އުޅަނދު ދުއްވި 45 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފާސް
29 July 2019
މިއީ މިސަރުކާރުން އަލަށް މުގުރާލި ރިކޯޑެއްތަ؟