ހުސެއިން ޒަރީރް: އޭނާގެ މަރުގެ މައްސަލައިގައި ދައުވާކުރަން ރިޔާސީ ކޮމިޝަނުން ވަނީ ފޮނުވާފައި
31 ޖުލައި 2019 - 11:00
މަރުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރުމަށް ރިޔާސީ ކޮމިޝަނުން ފޮނުވައިފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދައުވާ ކުރަން ފުލުހުންނަށް ފޮނުވާފައި ވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދ. ވާނީ، ބްލޫހެވަން ހުސައިން ޒަރީރު މަރުވި މައްސަލައާ ގުޅިގެން ކަމަށެވެ.
ދައުވާކުރަން ފޮނުވީ އެ މައްސަލަ ބެލުމަށް ފަހު، އެކަމުގައި އިހުމާލުވި މީހުންގެ މައްޗަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ.
ޒަރީރު މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނޮވެމްބަރު 8، 2016 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ އޭގެ ކުރީ ދުވަހު އެވެ. ނަމަވެސް ޒަރީރަށް ފަރުވާ ދިނީ ކޮން ބައްޔަކަށް ކަމެއް ނޭނގެ އެވެ.
Mi Commission in balamungendhaa massala thakuge therein Dh. Vaanee, Blue Heavan, Hussain Zareer Maafushee Jalugai maruvi massala commission in balai ninmumah fahu emassalaagai ihumaaluvaa meehunge mahchah dhauvaa kurumah Maldives Police Service ah fonuvaifi.
— Commission on Disappearances and Deaths (@DdcomMdv) July 31, 2019
ރިޔާސީ ކޮމިޝަން އުފެއްދީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ. ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަފްރާޝީމާއި ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށެވެ. އެކަމަކު، އެ ތިން މައްސަލާގައި އެއްވެސް ބައެއްގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލްބެގެ ދަަރި
01 August 2019
އަޅުގަނޑުގެ ބައްޕަވެސްވަނީ ތިމުއްދަތުގައި ޤަތުލުކޮށްފައި. ކީއްވެތޯ އެމައްސަލަ ހިނގާގޮތުގެ ތަފްސީލް ނޭނގެނީ. އަޑުއެހުމެއް އޮތްކަމެއްވެސް ނެތް ކަމެއްވެސް ނޭނގެ. އަބަދުވެސް އިވެނީ ވަކި ބައެއްގެ މައްސަލަތައް ބަލާ އަޑު. ކޮބާތޯ އިންސާފެއް؟
ސައި
31 July 2019
ރިޔާސީކޮމިސަނުންވެސް ރައްޔިތުންންށް ފެންނާނެހެން މައްސަލަތަށް ބަލާއިރު ލައިވު ކުރީމާރަގަޅުވާނެ
ސޯބު
31 July 2019
މިއީ ކިހިނެއް ބަލައިފަ ނަގައިފައޮތް މުއްދަތެއްބައި. މުއްދަތު އޮތްގޮތުން ހީވަނީ ވަކި މީހެއްގެ ބޮލުގައި އަޅުވަން ކޮށްފަ އޮތް ކަމެއްހެން.
އަދިވެސް
01 August 2019
ހީވަނީތަ؟ ޔަގީންކަމެއް އެއީ. އެ ބުނާ ތާރީޚުގެ ކުރިން ވެރިކަން ކޮށްފަ ތިބީ ހުދުކާފޫރުވީމަ ކުރެވުނު ކުށެއް ނޯންނާނެ. 30 އަހަރުގެ ބާނީ ކުރި ކަންކަމުގެ ވާހަކަވެސް ދެން މިހާރަކު ނުދައްކާ ނުބެލޭނެ. މައްސަލަތައް ބަލާ މީހުންނާ އަތުގުޅުމަކީ މައްސަލަ ބެލުން ހުއްޓުވޭނެ ކަމެއްކަމަށް ސާފުކޮށް ފެންނަން އެއޮތީ.
ކޮރަލް
31 July 2019
ކުއްވެރީންގެ ހައްގުތައް ގިނަވެ ރަނގަޅު މީހުންގެ ހައްގުތައް ގެއްލެނީއެވެ.
ބޮރަލް
31 July 2019
މީހަކު މެރުމުގަ ބައިވެރިވާ ބަޔަކީވެސް ކުށްވެރިން!
މޭން
02 August 2019
ޑިމޮކުރަސީ ބްރޯ...
ޕީޖީ
31 July 2019
ރިޔާސީ ކޮމިޝަން އަކީ ޕީޖީ އޮފީސްތަ މިހާރު؟
ގުޑުގުޑާ
31 July 2019
ތެދުވާހަކައެއް
ބައޯކަލޯ
31 July 2019
މިހާރުން މިހާރަށް ޤާތިލުން ހައްޔަރުކުރަން ޖެހޭއެބަ...؟
އަލީރާޖާ
31 July 2019
އެބަ ރަގަޅުވޭ.
އަންނި898
31 July 2019
ހުސްވާހަކަ ދައްކާ ކޮމިޓީއެއް ރައްޔިތުން ވާވައްދަން. މި ސަރުކާރަކީވެސް ހުއްޓިފަ އޮތް ސަރުކާރެއް. ކުރެވޭ ކަމެއްނެތް. 8 މަސް ވެގެންދާ އިރު ސަރުކާރެއް އޮތް ހެނެއް ހިއެއްނުވޭ. އެޖެންޑާއެއްގެ ވާހަކަ ދައްކާ ވަރަށް ބާރަށް. ދެންބުނާނީ އަދި 5 އަހަރު ބޭނުމޭ މި އެޖެންޑާ ނިންމަން.
ސައީ
31 July 2019
ކަލޭ ހީކުރީ އެއީ އޯވަރ ނައިޓްއަކަށް ހެދި އެޖެންޑާއެއް ކަމަށްތަ؟ ބަލަ އެއީ ފަސް އަހަރު ދުވަހަށް ދިގު ދެމިގެން ދާނެ އުސޫލަކުން ކަންކަންރާވާ ހިންގަން ހަދާފަ އޮތް އެޖެންޑާއެއް.. ނޭގޭ ވާހަކަ ނުދައްކާ މަޑުންތިބޭ.. އެހެން ނޫންނަމަ ވެރިކަން ހަވާލުކުރާނީ އެއް ދުވަހަށް ދޯ..
1828
31 July 2019
ރަނގަޅު
100 ނުވި
01 August 2019
ސައީ އަޅެ ދައްކަބަލަ އެޖެންޑާ 19 އިން ވީ ކަމެއް؟ 100 ދުވަސް ވެސް ހަމަ ނުވި ކުޑަމިނުން!