ނިސްޓަރު އަސްލަމް: އަމީރުލް ހައްޖުގެ ގޮތުގައި އޭނާ ވަނީ ހަމަޖައްސަވާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
31 ޖުލައި 2019 - 12:15
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ކަންކަން އިސްވެ، ބެލެހެއްޓުމަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ނޭޝަނަލް ޕްލޭނިން މިނިސްޓަރު އަސްލަމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ހައްޖަށް ދާން މިހާރު ވަނީ ފުރައިފަ އެވެ. މި ފަހަރު އަމިއްލަ ފަސް ޖަމާއަތަކާއި ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދެ އެވެ. އެގޮތުން ދެހާހެއްހާ މީހުން ރާއްޖެ އިން މި އަހަރު ހައްޖަށް ދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރުލް ޣަރީބް
01 August 2019
އަޅެ ތިގޮތަށް ފޮނުވާއިރު، މުސާރަ ބޮޑު މަޤާމުތަކުގެ ތިބޭ މުއްސަދިންގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ޙައްޖަށް ދެވޭވަރަށް އާމްދަނީ ރައްކާނުކުރެވޭ މުވައްޒަފުން ނުވަތަ މީހުން ފޮނުވާގޮތަށް ހަދާދީބަލަ! ހަމަ މުއްސަދިންނަށް މޮޅުގޮތް އަދިވެސް!
ގަޓް ބްރޯ
31 July 2019
އަޅެ ޖާބިރު އެމްޑީޕީ އިން ނުކެނޑި ހުރިނަމަ ކިހާރަނގަޅު!!
ކިއްލިބާޝާ
31 July 2019
ޖާބިރަށްދޯ އެޗާންސު އޮންނާނީ.