04 އޯގަސްޓް 2019 - 15:55
ޕާސްޕޯޓް ފަދަ ޑޮކިއުމަންޓްތަކުގެ ސައްހަކަން ދެނެގަތުމަށް އައްޑޫ ގަން އިންޓަނެޝަނަލް އެއާޕޯޓްގައި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ގާއިމުކޮށްފި އެވެ. އެ ލެބް އިފްތިތާހުކޮށް ދެއްވީ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވެސް ބައިވެރިވަޑައިގަތެވެ.
The Document Examination Lab at Gan International Airport was inaugurated by the Mayor of Addu City Mr. Abdulla Sadiq. pic.twitter.com/utJ9V6IP4x
— Maldives Immigration (@ImmigrationMV) August 4, 2019
އިމިގްރޭޝަނުން ބުނީ، ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބްގެ ބޭނުމަކީ ޕާސްޕޯޓް ފަދަ މީހުންގެ ޝަހުސު އަންގައިދޭ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި ލިޔެކިޔުންތައް ތަހުލީލުކޮށް، އެ ތަކެތި ބޭނުން ކުރަނީ ސައްހަ ގޮތުގައިތޯ ޔަގީން ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރުން ކަމަށެވެ.
Implementation of the Document Examination Lab at Gan International Airport will enhance the passenger screening mechanism and will assist to identify the illegitimate travelers. pic.twitter.com/ylSjTiPQIV
— Maldives Immigration (@ImmigrationMV) August 4, 2019
އެގޮތުން، ގަން އެއާޕޯޓުން އެތެރެވާ އަދި ބޭރުވާ މީހުންގެ ތެރެއިން ސައްހަ ނޫން ޕާސްޕޯޓް ބޭނުން ކުރާ މީހުން ފަސޭހައިން ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
“ލޯ އެންފޯސްމެންޓު އެޖެންސީތަކަކީ ވަކިވަކި މުވައްސަސާތަކެއް ކަމުގައިވީނަމަވެސް، އެންމެންވެސް ގެންގުޅެންވީ އެއް ފިކުރެއް، އެއީ ޤައުމީ ފިކުރު. އެގޮތުން މިއަދު ހުޅުވިގެން މިދާ ޑޮކިއުމްނެޓު އެގްޒެމިނޭޝަން ލެބަކީވެސް ހަމައެކަނި އިމިގްރޭޝަންގެ ބޭނުމަށް ހުޅުވޭ ލެބެއް ނޫން. 1/2 pic.twitter.com/ryDb0UnszE
— Maldives Immigration (@ImmigrationMV) August 4, 2019
މި ޑޮކިއުމެންޓް އެގްޒެމިނޭޝަން ލެބަކީ އިމިގްރޭޝަނުން ގާއިމުކުރި މިފަދަ ދެވަނަ ލެބެވެ. ފުރަތަމަ ލެބް 2015 ގައި ގާއިމުކޮށްފައި ވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. މި ލެބުތަކުގައި ބޭނުން ކުރާ އެންމެ މުހިއްމު އާލާތްތައް ކަމަށްވާ "ޑޮކިއުމަންޓް ވެރިފަޔާ" އަކީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަނުން ހަދިޔާ ކޮށްފައިވާ ތަކެތި ކަމަށް ވެސް އިމިގްރޭޝަނުން ބުުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
05 August 2019
ސައްހަ ޕާސްޕޯޓް ބެލޭނެ ލެބެއް ނުހުރޭތަ؟
މާރަނގާ - އައްޑޫ ސިޓީ
04 August 2019
ބޭނުމެއް މަޤުސަދެއް އަދި އޭގެސަބަބުން އައްޑުއަށާއި އައްޑޫގެ ރައްޔިތުނަށް މަންފާއެއް ނުލިބޭ މިފަދަ ކަންކަމާއި ޙަބަރު ތަކުގެ ސަބަބުން ޙަސަދަވެރިކަން ނޫންކަނެއް އާލާނުވާނެ. * * މާލޭސަރުކާރުން ކަމެއްކޮށްނުދޭނެކަން އިގެނީ މޯލްޑިވިއަން ގަމުން ބޭރަށް އެއްވެސް މަންޒިލަކަށް ދަތުރު ކުރުމަށް ނުވިސްނާތީއާއި އީދު ޗުއްޓީފަދަ ޕީކް ދުވަސްވަރުވެސް A-321 ގަމަށް އޮޕަރޭޓް ކުރުމުގެ ބަދަލުގައި ޑިލޭތަކާއި އެކު ޑޭޝްގެ 8 ފްލައިޓް ގަމަށް އުދުހި ޖެއްސުން ކުރާތީ.
ރަދީފް
04 August 2019
ހެހެހެހެހެ.މަރުހަބާ.އައްޑޫގެ ތަރައްގީއަށް ވެސް ރިބަން މިކަނޑާލެވުނީ ވަރަށް ބޮޑު ވަރުގަދަ ޕްރޮޖެކްޓެއްގަ.ސާބަހޭ ސޯބެ.