ސްރީ ލަންކަން އެއާވޭސްގެ މަތިންދާބޯޓެއް ގަން އިންޓަނޭޝަލް އެއާޕޯޓަށް ޖައްސާފައި. މާދަމާ އިން ފެށިގެން ބިދޭސީންނަށް ގަން އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވުމާއި ފުރައިގެން ދިއުމުގެ އިންތިޒާމު ހަމަޖެހޭނެ. ފޮޓޯ މިހާރު
28 ފެބުރުއަރީ 2017 - 14:42
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މާދަމާ އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޯކް ވިސާ އޮންނަ ބިދޭސީން ރާއްޖެ އެތެރެވުމާއި ބޭރަށް ފުރައިގެން ދިޔުމުގެ އިންތިޒާމް މާދަމާ އިން ފެށިގެން ގަން އެއާޕޯންޓުގައި ވާނީ ހަމަޖެހިފ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ، އެންމެ ދެކުނުގެ ތިން އަތޮޅުގައި މަސައްކަތް ކުރާ ބިދޭސީން މާލެ ނައިސް ރާޢްޖެ އެތެރެވުމާއި ރާއްޖޭން ފުރައިގެން ދިއުމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އެހެން އެއާޕޯޓަކުން ބިދޭސީންނަށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމް ހަމަޖެހުނު ކަމުގައި ވިޔަސް، ގަން އެއާޕޯޓުން ރާއްޖެ އަށް އެތެރެވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގަމުން ފުރޭނީ ވެސް މުއްދަތު ހަމަނުވާ ވިސާ އާއި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ގޮތަށް ހަމަޖެހުނު ކަމުގައި ވިޔަސް، އަލަށް ރާއްޖެ އެތެރެވާ ބިދޭސީ މަސައްކަތު މީހުންނަށް ރާއްޖެ އަށް އެތެރެ ވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ހަސަން ހަލީލް ވިދާޅުވި އެވެ.
މިހާތަނަށް ހަމަޖެހިފައި އޮތް ގޮތުން ބިދޭސީ މަސައްކަތު މީހުންނަށް ރާއްޖެ އެތެރެވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ފުރައިގެން ދެވޭނީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
01 March 2017
މިހުރިހާ ''ދަތިކުރުމުގެ ބޭނުމަކީ މޯލްޑިވިއަންގެ ވިޔަފާރި އަށް އަސަރު ކުރުން ހުއްޓުވުން'' ކަމުގައިވާ ނަމަ ތިޔަ މުޤައްދަސް މާލެ އޭ ކިޔާ ރަށްގަނޑަށް ''ވޯކް ވީސާގައި އަންނާން ޖެހޭ ހުރިހާ ބިދޭސީން މީގެ ފަހުން އަންނާން ޖެހޭނީ އައްޑޫ ގަމަށް'' ކަމުގައި ހަމަޖައްސާންވީނު. . . . އޭރުން އެއްވެސް ބުރަ މަސައްކަތެއް ނުކޮށް މޯލްޑިވިއަންގައި ދުވާލަކު އެތައްސަތޭކަ ފަސިންގަރުން އުފުލާ ލެވޭނެ. . . އަދި ގަމާއި ތިޔަ މުޤައްދަސް ރަށް ގަޑާއި ދޭތެރޭ A320 ގެ ބޯޓް ކޮންމެ ދުވަހަކު 2 ބުރުޖަހަން ފުރުސަތު ލިބި ވިޔަފާރި 6 ގުނަ ކޮށްލެވިދާނެ. . . ތިހެން މީހުންނަށް ޖެއްސުން ކުރުމުގެ ބަދަލުގައި މިފަދަ ގޮތްގޮތް ހަދައިގެންވެސް މަސައްކަތެއް ނުކޮށް ކުންފުނީގެ ވަޒީފާގައި ތިބެވިދާނެ
ކަމަނާ
01 March 2017
ޢައްޑޫއަށް ތރައްގީ ލިބޭނީ، ދައްޑޫ ރައްޔިތުން ހޭލުންތެެރިވެގެން. ޢެއަރޕޯރޓް ފެސިލިޓީ އެހަށް ރަނގަޅު ކޮށްބަލަ
މާލެ މީހާ
01 March 2017
ގަން އިންޓަނޭޝަނަކް އެއަރޕޯޓްގަ ފްލައިޓްތަކުން ޕަސެންޖަރުން ބާލާނެ މޮޓޯ ވެހިކަލް ސިޑިއެއް ހާ ހިސާބު ވެސް ނެތީތަ؟ އަތުން ކޮއްޕާފަ ދޯ ސިޑި ފްލައިޓާ ކައިރި ކުރަން ޖެހެނީ؟ ލަދުން ބޯހަލާކު
ދޫ ދީ
01 March 2017
އަލަށް އަންނަ މީހުނަށް ކީއްވެތޯ އެތެރެ ނުވެވެނީ މިއޮށްފަދަ ޑިޖިޓަލް ޒަމާނުގަ؟ ތިހެން ދަތި ކުޜާނަމަ ދުވަހަކުވެސް އައްޑު ރައްޔިތުން އެދޭ ތަރަޢްގީ އެއްނާންނާނެ
ފެންޑާ
28 February 2017
އަނެއްކާވެސް މިގައުމުގަ ނުބައިދޮރެއް
ކޮންފިއުޒްޑް ގާއި
28 February 2017
ކިޔާކިޔާވެސް ވީނުވީއެއްނޭނގުނު. /: ބޮޑަށް ހީވަނީ މީ ޓަންގް ޓުވިސްޓަރއެއްހެން.
ހުސެން
28 February 2017
މުޅިން އަލަށް އަންނަ މީހުންނަށްވެސް އެތެރެ ވެވެންޖެހޭނެ ގަން އެއަރޕޯޓުން. އަދިވެސް އަންޒަމާނު ކަރައިގަތަ އުޅެންޖެހެނީ.
ޢަލީ ޚާލިދު / ހިތަދޫ
28 February 2017
ދުނިޔެ އަދި ދިވެހިރާއްޖެ މިއޮތީ 1923 ގެ އަހަރު ތަކުގައި އެތްނޫން.. ޖެހޭނީ ދޫދޭން...ކިތަންމެ ވަރަކަށް ދަތިކުރަން އުޅުނަކަސް ދުނިޔެ މިއަދު ވަނީ ޑިޖިޓަލްވެފައި އަދި އެނަލޮގު ދާދާ ވެގެން އުޅުނަކަސް އެކަންތައްތައް ބަލައި ނުގަނެވޭނެ...
ބަކުރުބެ
28 February 2017
ކޮޅެއް މެދެއް ނޭގުނު. " ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އެހެން އެއާޕޯޓަކުން ބިދޭސީންނަށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމް ހަމަޖެހުނު ކަމުގައި ވިޔަސް، ގަން އެއާޕޯޓުން ރާއްޖެ އަށް އެތެރެވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގަމުން ފުރޭނީ ވެސް މުއްދަތު ހަމަނުވާ ވިސާ އާއި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ." މީ ކޮންފަދަ ވާހަކައެއް
ރަދީފް
28 February 2017
ދޭހަވުމުގެ މައްސަލައެއް އެބައުޅޭ. ''ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އެހެން އެއާޕޯޓަކުން ބިދޭސީންނަށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމް ހަމަޖެހުނު ކަމުގައި ވިޔަސް، ގަން އެއާޕޯޓުން ރާއްޖެ އަށް އެތެރެވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.'' ޝަރަހަ ކުރެވިފަ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ގަން އެއާޕޯޓުން ވެސް ރާއްޖެ އަށް އެތެރެވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް. ސިމްޕްލިފައި ކުރެވިފަ:(ހުޅުލެ އެއަރޕޯޓުން ފުރާގޮތަށް ގަމުންވެސް ފުރޭނީ އަދި އެތެރަވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް.) މިހާރު ދޭހަ ވެއްޖެކަމަށް ހީކުރަން. ވ.ވެދުން
ހަމަ އަހައިލީ
28 February 2017
އެމީހުން އަތުން 25 ޑޮލަރ ނުނަގަން ވެގެން ހެދިގޮތެއް ނޫންބާ!