މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ސޮއިކުރައްވަނީ
04 އޯގަސްޓް 2019 - 20:54
ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތާއި ލ. މާބައިދޫ ބަނދަރަށް ވަންނަ ނެރު ހަދަން 45.8 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 29.4 މިލިޔަން ރުފިޔާ އަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އެއް އަހަރުން މަސައްކަތް ނިންމާ ގޮތަށެވެ. ލ. މާބައިދޫ ނެރު ހެދުމުގެ މަސައްކަތް ހަމަ އެކުންފުންޏާ ހަވާލުކުރީ 16.4 މިލިޔަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ ދެ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޮމަންޑޫ ބަނދަރުގެ މަސައްކަތާއި މާބައިދޫ ނެރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީފް އޮޕަރޭޓިން އޮފިސަރް (ސީއޯއޯ) ޝާހިދު ހުސައިން މޫސާ އެވެ.
މިއަދު ހަވާލުކުރި ދެ މަސައްކަތަށް ވެސް ހަރަދުކުރާނީ ސަރުކާރުގެ ބަޖެޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބް
05 August 2019
ސާހިދުއަކީ ތައޫލީމީ ހިންގުންތެރި ޒުވާނެއް. އަދި، ވަރަށް ތަޖުރިބާކާރެއް،