ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގޮތުން އެކި ގައުމުތަކާ އެކު ކުރިން ބޭއްވި ވޯކްޝޮޕެއް ހުޅުވުމުގެ ރަސްމިއްޔާތު. ސަރަހައްދީ ގައުމުތަކާ މައުލޫމާތު ހިއްސާ ކުރާ އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައި. ފައިލް ފޮޓޯ/މިހާރު
06 އޯގަސްޓް 2019 - 15:04
ހިއުމަން ޓްރެފިކިން އާއި ޑްރަގް ޓްރެެފިކިން ފަދަ ކުށުގެ ވިއުގަތަކުން ހިންގާ ކުށްތައް ހުއްޓުވުމަށް ރާއްޖެ، އިންޑިއާ، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާ ބައިވެރިވާ ސެންޓަރެއް އުފެއްދުމުގެ އެއްބަސްވުމަކަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ އެއްބަސްވުމުގައި ރާއްޖެ ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމަށެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރު"ގެ ނަމުގައި ސެންޓަރެއް އުފައްދަނީ ޑްރަގާ ގުޅޭ ކުށްތައް ހުއްޓުވަން މަސައްކަތްކުރާ އދ.ގެ އެޖެންސީން އިސްނަގައިގެން ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ސެންޓަރެއް ގާއިމް ކުރުމުގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ މެދުގައި ހިންގާ ކުށްތައް ހުއްޓުވުމުގެ މުއާހަދާތައް ތަންފީޒު ކުރުމުގައި ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫ ނާރާނެ ގޮތަކަށް، ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެއްބަސްވުމުގެ ދަށުން އުފައްދާ ސެންޓަރު މެދުވެރިކޮށް ކޮންމެ ގައުމަކުން ވެސް މައުލޫމާތު ހިއްސާކުރާނީ އެ ގައުމުއްގެ ގާނޫނުގައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
"...ގައުމުތަކުގެ މެދުގައި މި ސެންޓަރު މެދުވެރިކޮށް މައުލޫމާތު ބަދަލުކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ، މައުލޫމާތު ހިއްސާކުރާ ގައުމުތަކުގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިންނެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މައުލޫމާތު ބަދަލުކުރުމާއި އެއްބާރުލުން ދިނުމުގެ ސެންޓަރު ގާއިމުކުރުމަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލް ކުރުމަށް ބާރަކަށް ވާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
07 August 2019
އިންޑިއާގެ ނުފޫޒެއް ރާއްޖެއަކަށް ނެތް. ރާއްޖޭގެ ނުފޫޒު އިންޑިއާއަށް އޮތީ މާނަ އޮޅުވައިނުލާ! އޭގެ މިސާލަކަށް އިންޑިއާ ކަނޑުގެ ސަރަހައްދުން ގެނައި ޓަގަށް އެކަނި ބެއްޔަސް ސާފުވޭ! ރާއްޖޭގެ ބާރު އިންޑިއާއަށް ހިންގާލެވޭ ބޭނުން ކޮންމެ ހިނދަކު، އެހެންވެ ގަދައީ ރާއްޖެ ނުފޫޒު އެހެންނޫންތަ؟
ަޢަލީ
07 August 2019
ހިންދޫން ނަކީ ދުވަހަކުވެސް މުސްލިމުންނަށް ހެޔޮ އެދޭނެ ބައެއްނޫން، އެކަން ކަޝްމީރުގައި މިހާރު އެ ހިންގާ ކަންކަމުން ދޭހަވާނެ! ހެޔޮނުވާނެ އިންޑިއާއިން ޖަހާ ކޮންމެބެރަކަށް ނުނަށަބަލަ!
ަޢަލީ
07 August 2019
ބޫޓާން، ނޭޕާލް އަދި ސްރީލަންކާ އަކީ މިސަރަޙައްދުގައި އޮތް ބުދަށް އަޅުކަންކުރާ މެޖޯރިޓީއެއް އޮންނަ ތިން ޤަޢުމު، އިންޑިއާގެ ޕްރޮޕެގެންޑާ އަށް މިތިން ޤައުމުގެ ދާޚިލީ ސިޔާސަތު ވީއްލާލުމުން ހައިރާނެއް ނުވޭ ނަމަވެސް ހައިރާން ވަނީ، އެދަރަޖައަށް ތައުޙީދުގެ އަހުލުވެރިން ކަމަށް ދައުވާކުރާ ދިވެހިރާއްޖެ ވެއްޓެމުން ދާތީ! މިއީ ނުރައްކާކަމެއް! ވަރަށް ނުރައްކާކަމެއް!
އާދަމް ޝަރީފް
07 August 2019
މި ޒަމާނުގައި ގައުމުތައް އަޅުވެތި ކުރަނީ ސިޔާސީ ގޮތަކުންނޫން. ފިކުރީ ސަގާފީ އިގްތިސާދީ ގޮތުން. މިކަންކަމުގައި އިންޑިޔާއާއި ދިވެހިރާއްޖެ އޮތީ ޒަމާނުއްސުރެ ގުޅިފަ. އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދެނީ ހިންދީން. އަޅުގަނޑުމެން މުނިފޫހިފިލުވަނީ އިންޑިޔާގެ ފިލްމާއި ޑްރާމާތަކުން. އަޅުގަނޑުމެންގެ ޒުވާނުންގެ މަގުބޫލު ތަރިންނަކީ ބޮލީވުޑް ތަރިން. ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި އެތެރެކުރަނީ އިންޑިޔާއިން. އަޅުވެތި ކުރުމަށް އިތުރަށް ކުރާނެ ކަމެއް ނެތް.
ދާދޭ
06 August 2019
ރާއްޖޭންތޯ ނޫނީ އިންޑިޔާއިންތޯ ދެނީ؟
އައްޔުބެ
06 August 2019
ތީގައި ތިޔަހުރީ މުޅިންވެސް އިންޑިޔާގެ ނުފޫޒުފޯރާފައި ހުރި ޤައުމުތައް. ބުނާކަށްނެތިން މިޤައުމު އިންޑިޔާގެ އަޅުވެތިކަމަކަށް މަޑުމަޑުން ވަންނަނިއްޔެކޭ. ދެންބުނާނެ ކޮންމެ ގެޔަކު ބަލަނީ ހިންދީ ޑްރާމާއާއި ހިންދީ ލަވައޭ. ރަނގަޅު އެކަންކަން ހުއްޓުވަންޖެހޭ.