ޚަބަރު / ހައްޖު

ހައްޖުވެރިން މާލެ އަށް ފުރަން ފަށައިފި

ހައޖްު ކޯޕަރޭޝަންގެ ހަވާލުގައި އައި ބައެއް ހައްޖުވެރިން ރާއްޖެ ދިއުމަށްޓަކައި ޖިއްދާ އެއާޕޯޓަށް ދިއުމަށް މައްކާގެ ހޮޓަލުން މިއަދު ބަހަށް އަރަނީ. -- ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

17 ސެޕްޓެމްބަރ 2016 - 03:48

1 comments

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މައްކާ އަށް އައި ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ ދިއުމަށްޓަކައި މިރޭ ފުރަން ފަށައިފި އެވެ.

ފުރަތަމަ ފްލައިޓް މިރޭ ފުރި އިރު، އެ ބޯޓުން ދަތުރު ކުރަން ހަމަޖެހިފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް އެ ފްލައިޓަށް އެރޭ ގޮތެއް ނުވި އެވެ. އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ފިރިހެނަކާއި ތިން އަންހެނުންނެވެ.

ފްލައިޓަށް ނޭރުނު ހަތަރު މީހުންނަކީ، ނ. ހޮޅުދޫ މާނެލް، އަބްދުލްހަމީދު މުހައްމަދުގެ އިތުރުން، މ. މުއްދޫ، ނަޝީދާ މުހައްމަދާއި ފާއިޒާ ހަސަނާއި އާއިޝަތު ޝަހީދާ އެވެ. އެ ހަތަރު މީހުން އެއާޕޯޓުން ނެރެގެން އަލުން ހޮޓަލަށް ގެންދިއުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނާއި ދިވެހި އެމްބަސީން މިހާރު އަންނަނީ ކުރަމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް އައި މީހުންގެ ތެރެއިން މާލެ ދިއުމަށް މިރޭ ފުރި މީހުން ފްލައިޓަށް އަރަނީ.

ދިވެހި ހައްޖުވެރިން ގޮވައިގެން ސައޫދީ އެއާލައިންގެ ފްލައިޓް ފުރީ، ބޯޓުގައި ޖާގަ ނެތް ކަމަށް ބުނެ، ބައެއް މީހުންގެ ދަބަސްތައް ވެސް ބަހައްޓައިފަ އެވެ. އަދި ފްލައިޓްގައި ޖާގަ ނެތް ކަމަށް ބުނެ، ބައެއް މީހުން ބޯޓަށް އެރުވުމަށް އެއާލައިނުން ދެކޮޅު ހެދުމަށް ފަހު، ފަހުން އެ މީހުން ބޯޓަށް އެރުވި އެވެ.

މި ރޭ (ހޮނިހިރު ވިލޭރޭ މެންދަމު ސައޫދީ ގަޑިން 1:40 ގައި) ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި 1000 މީހުންގެ ތެރެއިން 252 މީހުންނެވެ. އެ މީހުން ދަތުރު ކުރަނީ ސައޫދީ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ ފްލައިޓް ހުޅުލެ އަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު ރާއްޖޭ ގަޑިން 8:25 ގަ އެވެ.

ހައޖްު ކޯޕަރޭޝަންގެ ހަވާލުގައި އައި ބައެއް ހައްޖުވެރިން ރާއްޖެ ދިއުމަށްޓަކައި ޖިއްދާ އެއާޕޯޓަށް ދިއުމަށް މައްކާގެ ހޮޓަލުން މިއަދު ބަހަށް އަރަނީ. -- ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހަރަމައިން ޖަމާއަތުގެ ހަވާލުގައި އައި މީހުންގެ ތެރެއިން 20 މީހަކާއި ހައްޖު ކޯޕަރޭޝަންގެ 323 މީހަކާއި އެކްރޯގެ 100 މީހަކާއި ޒައީ ގުރޫޕްގެ 197މީހަކު މި މަހުގެ 19 ވަނަ ދުވަހު ރާއްޖެ ދާނެ އެވެ. މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ ދާނީ ހަރަމައިން ޖަމާއަތުގެ 44 މީހަކާއި މިނާ ޖަމާއަތުގެ 200 މީހަކާއި ޒައީ ގުރޫޕުގެ ތިން މީހަކާއި އެކްރޯ ޖަމާއަތުގެ 100 މީހުންނެވެ.

އަދި މި މަހުގެ 21 ވަނަ ދުވަހު، ފުރުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ 304 މީހަކާއި ހަރަމައިންގެ 116 މީހަކާއި ސިސިލްފަރުގެ 200 މީހުން ވެސް ފުރާނެ އެވެ. އޭގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު ހަރަމައިން ޖަމާއަތުގެ 20 މީހަކާއި، 23 ވަނަ ދުވަހު ހައްޖު މިޝަންގެ ފަސް ބޭފުޅުންނާއި 24 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ 118 މީހުން ފުރާނެ އެވެ.

ހައޖްު ކޯޕަރޭޝަންގެ ހަވާލުގައި އައި ބައެއް ހައްޖުވެރިން ރާއްޖެ ދިއުމަށްޓަކައި ޖިއްދާ އެއާޕޯޓަށް ދިއުމަށް މައްކާގެ ހޮޓަލުން މިއަދު ބަހަށް އަރަނީ. -- ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މިއަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މީހުން ބައިވެރިވި އިރު، ރާއްޖޭގެ 2000 މީހުން ވެސް ހިމެނެ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް އައި 1000 މީހުންނާއި އަމިއްލަ ފަސް ކުންފުންޏެއްގެ ހަވާލުގައި އައި 1000 މީހުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، ދިވެހި ހުރިހާ ހައްޖުވެރިން ވެސް މިހާރު ތިބީ މައްކާގަ އެވެ. އާންމު ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ނަމަވެސް، ހާލު ބޮޑު އެކަކު މިހާރު ވެސް އޮތީ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފަ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އައި މީހެކެވެ.

ހައޖްު ކޯޕަރޭޝަންގެ ހަވާލުގައި އައި ބައެއް ހައްޖުވެރިން ރާއްޖެ ދިއުމަށްޓަކައި ޖިއްދާ އެއާޕޯޓަށް ދިއުމަށް މައްކާގެ ހޮޓަލުން މިއަދު ބަހަށް އަރަނީ. -- ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި ފަހަރު ހައްޖަށް އައި ދިވެހިންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ ހަރަމައިން ޖަމާއަތުގެ ހަވާލުގައި އައި މީހަކާއި ސިސިލްފަރު ޖަމާއަތުގެ ހަވާލުގައި އައި މީހެކެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުރާމު

17 September 2016

ބަލަ މިމީހުންނާ އެކީ ހައްޖުވެރިން އުފުލަން އެއްބަސްވުން ހަދާފައެއް ނޫންތަ އޮތީ؟ މިއީ މަގުމަތިން ނަގާ ބަހެއް ނުންވިއްޔާ ވަގުތުން ޓިކެޓު ނަގަން. ސައުދީ އެޔާ ލައިނުން ތިއޮތީ ޖާގަ އެހެން ބަޔަކަށް ދީފަ. ތިކަމަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ހައްޖު ކޯޕަރޭޝަނުން. ކިހާ ބޮޑު ތަކުލީފެއްތޯ އެޔޮށް ހޫނުގަނޑުގަ އަނެއްކާ މައްކާއަށް ގޮސް ޖިއްދާއަށް އަނެއްކާ އައިސް މިއީކީ ޖެހިގެން އޮތް ގޯއްޗެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454