ކޮއްޅަށް ހުރެގެން ކުޑަކަމުދިއުމަކީ ފިރިހެނުންގެ އާންމު ކަމެއް.
09 އޯގަސްޓް 2019 - 08:54
ގިނަ ބަޔަކު ބޭނުން ކުރާ ފާހާނާއެއް ނަމަ އެތަނެއްގެ ސާފުތާހިރު ކަމަށް މާ ބޮޑަށް ސަމާލުކަން ދޭންޖެހެ އެވެ. ފިރިހެނުން ބޭނުންކުރާ ފާހާނާއެއް ނަމަ މި ކަންބޮޑުވުން އިތުރަށް އޮންނަ ކަމަށް އަބަދުވެސް ކިޔަ އެވެ. އެއީ ހަގީގަތެކެވެ.
ވަރަށް ގިނަ ފިރިހެނުންނަކީ ކޮޅަށް ހުރެގެން ފާހާނާތައްޓަށް ކުޑަކަމުދާ މީހުންނެވެ. އެކަމަކު އެއީ ރައްކާތެރި ގޮތެއް ނޫނެވެ. ކޮޅަށް ހުރެގެން ކުޑަކަމުދާ ނަމަ، ނަޖިސްތައް މުޅި ތަނަށް ބުރައިގެން ދާނެ އެވެ. އަހަރެމެންގެ ހަމަ ލޮލަށް ނުފެނުނަސް، މާ ދުރަށް ތިކިތައް ދާނެ އެވެ.
މިކަން މިހާރު ވަނީ އަލްޓްރާ ވައިލެޓް (ޔޫވީ) ލައިޓްގެ އެހީގައި ވަރަށް ރަނގަޅަށް ދައްކުވައި ދީފަ އެވެ. މިއީ މި މަންޒަރު ފެންނަ ވީޑިއޯއެކެވެ. މިއިން ފެންނަ ގޮތުގައި ކޮޅަށް ހުރެ ކުޑަކަމުދާ ނަމަ ބުރައިގެން ނުދާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ތައްޓާ 14 ވަރަކަށް އިންޗި ދުރުގައި ހުރި ފާރަށް ވެސް ނަޖިސް ބުރައިގެން ދެ އެވެ. އޭގެ މާނަ އަކީ ގަޔަށް ވެސް ނަޖިސް އައުމެވެ.
މިކަން މިގޮތަށް ކުރަންވެއްޖެ ނަމަ ފާހާނާތޭރެގައި ބަހައްޓާ ދަތްއުނގުޅާ ބުރުހާއި އެ ނޫން ވެސް ތަކެތީގެ ރައްކާތެރިކަމާ ދޭތެރޭ ދެން ވިސްނައިލާށެވެ. ހާއްސަކޮށް ތައްޓާ ކައީގައި އެފަދަ ތަކެތި ބެހެއްޓޭ ނަމަ މީގެ ނުރައްކާ ވަކިން ބޮޑެވެ.
އެހެންވެ ކުޑަކަމުދިޔަސް ހަމަޖެހިލައިގެން ތަށިމަތީގައި އިށީނދެގެން އިނދެ އެކަން ކުރެވޭތޯ އާދަ ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރު
14 August 2019
ފްލަޝް ކުރާ އިރުވެސް ހަމަ މިހެން ބުރައިގެން ދޭ. އެއީ އަދި މާ މުޑުދާރު ކަމެއް.
ޢަލްއަޚް ވަހީދު
10 August 2019
ކޮޅަށް ހުރެ ހީސްލާ މީހުންގެ ބްލެޑަރ އިން ކުޑަކަމުދާ ހޮޅިއާއި ދޭތެރޭ ޔޫރިން ހަރުލާފައި ހުންނާނެ. މިގޮތަށް އަބަދު ދިމާވާނަމަ، މަސްލްތަކުގެ ބާރު ކެނޑޭ އުމުރަށް ދިޔައިމަ، ކުޑަކަމުދާ ތަކެތި ބްލެޑަރގައި ނުހިފަހައްޓާނެ.
ސަކަބުރުއްސާނު
09 August 2019
ބޮޑު ތެދެއް ތީ.
ޑީންއެ
09 August 2019
ޢެހެންވެ ނަބިއްޔާ ހަދީޘް ކުރެއްވީ ފާޚާނާ ކުރާއިރު ޔޫރިންއަށް ރައްކާތެރި ނުވާ މީހާ އަށް ކަށްވަޅުގެ ޢަޛާބު ލިބޭނޭ... އެހާބޮޑަށް އެކަމުން ރައްކާތެރި ވާން ބާރުއެޅުމަށްޓަކައި...
ޙުއްތު
09 August 2019
އިށީނދެގެން ދެންވެސް،ހީސްލާތި
މަށޭމީ
09 August 2019
އޯކޭ......