ޝަންގްރިއްލާ ރިސޯޯޓު ކައިރި އަށް ވެއްޓުނު ބޯޓު ކަނޑު އަޑީގައި.
10 އޯގަސްޓް 2019 - 11:53
އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރެއްގެ ޓްރޭނިން ތެރޭގައި އުދުހެމުން ދިޔަ ބޯޓް އިންޖީނު ފެއިލްވެގެން ކަނޑަށް "ވެއްޓުނު" މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.
އެތަން ހިންގުމާ ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ "މިހާރު" އަށް ވިދާޅުވީ ފްލައިން ސްކޫލްގެ އަންހެން ދިވެހި ދަރިވަރަކާއި އިންޑިއާގެ އިންސްޓަރްޓަރާ އެކު ބޯޓް "އިއްޔެ ވެއްޓުނީ ނޫން" ކަމަށެވެ.
"އިންޖީނު ފެއިލްވީމަ ރަންވޭގެ ލޭންޑިންއަކަށް ދާނެހާ ވަގުތު ނެތީމަ ކަނޑަށް ފްލައިޓް ކޮންޓްރޯލްޑް ލޭންޑިންއެއް ހަގީގަތުގައި ކުރީ. އެއީ އެ ދަނޑިވަޅުގައި ކުރަން އެންމެ ރައްކާތެރި ގޮތް ކަމަށް ވާތީ އެގޮތަށް އަމަލު ކުރީ. އެއާ އެކު ބޯޓް އަޑިއަށް ދިޔައީ،" އޭނާ ވިދާޅުވި އެވެ.
"މިއީ އެއްގޮތަކަށް ވެސް ބޯޓް ވެއްޓުމެއް ނޫން. ވޯޓް ވެއްޓުނު ނަމަ އޭގައި ތިބި ދެ މީހުންނާއި ބޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނީސް."
ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ކައިރީގެ ތިލަ ހިސާބަކަށް ބޯޓު "ލޭންޑްކުރުމުން" އޭގައި ތިބި ދެ މީހުން އެ ސަރަހައްދުގައި އޮތް ޝަންގްރިއް-ލާގެ ޑައިވިން ދޯންޏަށް ނަގައި، ރިސޯޓަށް ގެންދިޔަ އެވެ. މި ހާދިސާގައި އެ މީހުންނަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. ފަހުން އެ މީހުން އެމްއެންޑީއެފްގެ އެހީގައި ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސް ޗެކްކުރި އެވެ.
ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އަންހެން ކުއްޖާ ޝަންގްރިއް-ލާގައި. --ފޮޓޯ:އެމްއެންޑީއެފް
ސުރަންޖަން ވިދާޅުވީ ބޯޓްގެ އިންޖީނު ފެއިލްވި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
"ބޯޓް ނެގުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. އެހެންވީމާ އެއަށް ފަހު ސީދާ ބޯޓަށް ދިމާވި މައްސަލަ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމަކުން މި މަސައްކަތް ކުރާނެ. ބޯޓަށް ދިމާވި މައްސަލަ ސާފުވީމަ އެނގޭނީ ސީދާ ކިހިނެއް ވެގެންތޯ ބޯޓްގެ އިންޖީނު ވެސް ފެއިލްވީ."
Shangri-La Resort kairiyah kandah vehttunu, Addu City Flying School ge flight gai thibi 2 pilotun Shangri-La Resortun, MNDF Southern Area Coast Guard Squadron ge eheetherikamaa eku Addu City Feydhoo Health Centre ah 18:30 haairu gengosdheefi. pic.twitter.com/ys8eQjiWbb
— Maldives National Defence Force (@MNDF_Official) August 9, 2019
މި ބޯޓަށް 2015 ގައި ވެސް އެކްސިޑެންޓެއް ކުރިމަތިވި އެވެ. ޓްރޭނިން ތެރޭގައި ގަން އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ރަންވޭ އިން ކަހާލުމުން އޭގެ ކުރީކޮޅަށް ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އިއްޔެގެ ހާދިސާ ހިނގި އިރު، ބޯޓްގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ސުރަންޖަން ވިދާޅުވި އެވެ.
Shangri-La Resort kairiyah kandah vehttunu, Addu City Flying School ge flight gai thibi 2 pilotun Shangri-La Resortun, MNDF Southern Area Coast Guard Squadron ge eheetherikamaa eku Addu City Feydhoo Health Centre ah 18:30 haairu gengosdheefi. pic.twitter.com/ys8eQjiWbb
— Maldives National Defence Force (@MNDF_Official) August 9, 2019
"ޓްރޭނިންތަކުގައި ބޭނުން ކުރާ ބޯޓްތަކަށް އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ދިމާވޭ. އަދި އެކަހަލަ މައްސަލަތައް އަބަދުވެސް ބަލާފައި ރަނގަޅުކޮށްފައި ހުންނާނީ. އެހެންވީމަ އިއްޔެގެ ހާދިސާގައި ބޯޓްގެ އިންޖީނު ފެއިލްވުމާއި ކުރިން ބޯޓްގައި ހިނގި ހާދިސާއަކާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ހާދިސާ ހިނގި ފަހުން ވެސް ތިން އަހަރު ވެއްޖެ. ޓްރޭނިންތަކުގައި ބޮޑެތި މައްސަލަތަކެއް ނުޖެހި އެ ބޯޓް ވެސް ހަމަ ބޭނުން ކުރަމުން މި އަންނަނީ."
ސުރަންޖަން ވިދާޅުވި ގޮތުގައި ޕައިލެޓުން ތަމްރީނު ކުރާ އިރު މިފަދަ ހާދިސާތައް ހިނގާނެ އެވެ. އެކަމަކު އަބަދުވެސް އެންމެ އިސްކަންދެނީ ރައްކާތެރިކަމަށް ކަމަށް ވިދާޅުވި އެވެ.
"އިއްޔެ ހާދިސާ ހިނގި އިރު ބޯޓްގައި އިން އަންހެން ދަރިވަރަކީ ގިނަ އުދުހުންތަކެއްގެ ޓްރޭނިން މިހާތަނަށް ލިބިފައި ހުރި ދަރިވަރެއް. އެހެންވީމާ ނޭނގިގެން ބޮޑު ހާދިސާއެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ވެއްޓުނު ބޯޓު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.
ސުރަންޖަން ވިދާޅުވީ ބޯޓް އަޑިއަށް ދި ނަމަވެސް، ބޮޑު ގެއްލުމެއް ވެފައި ނުވާތީ ބޯޓް ނެގުމުގެ މަސައްކަތް ރާނީ އެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްރަންޖަން
11 August 2019
ކޮންޓްރޯލް ލޭންޑިންގ 8 މީޓަރު އަޑިއަށް
އަބްދުއްالله
11 August 2019
ކޮންޓުރޯލު ކުރެވިގެންވާ ދޮގުވެސް ހުރޭ.
ޑިޗް
11 August 2019
އެއަށް ކިޔަނީ ޑިޗް ކުރުން
ބޮނޑަގޭ ދޮންއަލިއެ
10 August 2019
ރަންވޭ މަތިން ކަހަލާއި ގޮސް ލޭންޑިންގ ގިއަރު ފުނޑެނެއި އޭ ކޮންޓްރޯލްޑް ސްޓޮޕް އަށް ހެދީ. މުޅު ވާހަކަ ދައްކާނެ ކަމަށްނެތް ސުރަންޖަން ވިޔަސް، ކޮންޓްރޯލްޑް ލޭންޑިނާއި ކޮންޓްރޯލްޑް އިންޖިން ފެއިލިއަރ ތައް ހަދާނެއި ރައްކޯތެރިކަމުގެ ފިޔަވަޅަ އެޑަފެއި. ހިތާމަވެރިކަމަށް ދިމާވީމެއްި އެއީ ކުދުކަމަކަށް ހަދަލާއި ތިބުމަކީ ދިވެހިންގެ އާދަ. މަސްދޯނިފަހަރި ޑައިވިންގ އަށް ގޮސްގެން ކިތައް ފުރާނާށް ގެއްލުންވެގެ. މެހެއި ތާން ކޮންކަމަށް ކެޑެއި؟
ޝިޔޫ
10 August 2019
ބޯޓު ވެއްޓުނީކީ ނޫނޯ. ފެނަށް ޖައްސާ ބޯޓު ޖައްސާނީ ފެނަކަށްނުން. ބަލަގަ ކޮންޓްރޯލްޑް ލޭންޑިން އެކޭ ކިޔާފަ ދިވެހިންނަށް އޮޅުވާލަން، ކޮންޓްރޯލްޑް ލޭންޑިން ހަދަނީ ބޯޓު ވެއްޓޭ ހާލަތްތަކުގައެވެ.
Mohamed ibrahim
10 August 2019
ކަލޯ ހަމައިގަތަ؟ ބޮޑުވާބިއްލޫރި އަޅައިން އަދި އެއްފަހަރު ލިޔުން ކިޔާލަބަލަ.....
ހިތަދޫ މީހާ
10 August 2019
ކޮންޓްރޯލްޑް ލޭންޑިންގައި ހަމަޖެހިފައި އޮތީ ސުރަންޖަން ފްލައިޓް ހިފަހައްޓާ ގޮތަށް،. އެއްގަމު ލޭންޑިންގ އެއް މޫދު ލޭންޑިންގ އަކަށް ބަދަލުކޮށްފާ މިއޮތީ. ދެން ކޮން ސަކަރާތެއް ޖަހާކަށް
ޔޫޝީ
10 August 2019
ނޭގޭ ވާހަކަ ނުދައްކާ
ޗޮމމ
10 August 2019
ތިބޯޓު ނުވެއްޓެންޏާ ދުނިޔޭގައި މަތިންދާ ބޯޓެއް ދުވަހަކުވެސް ނުވެއްޓޭނެ. ދެން ކަލޭމެންގެ ސިވިލް އޭވިއޭޝަން ކުދިންކޮޅަށް ބޯނަސް ދީގެން ރިޕޯޓެއް ނެރޭ ތިތަނުގެ އިހުމާލެއް ނެތް ކަމަށް.
ރަންދެލި
10 August 2019
ކެޕްޓަން ސުރަންޖަން ޑިސިލްވާ އަށް އަދި އައްޑޫ ފްލައިންގް ސްކޫލަށް ފާގަތި ކުރިއެރުމަކަށް އެދެނެ. އަދި ތިޔަ ދިމާވި ކަމުން އަރައިގަނެ ބާރަށް ކުރިއަށް ދިއުމަށް އެދި ހިތްވަރު ދެން...