މުނިފޫހިފިލުވުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ސާހޯ" ގެ ޕޯސްޓަރެއް.

މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ ޕްރަބާސްގެ އެކްޝަން ތުރިލާ "ސާހޯ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 30 ގައި ރިލީޒްކުރާ މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައި ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހެދި "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު، ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ވަރަށް ވެސް ސްޓައިލިޝް އަދި އެހާމެ ވަރުގަދަ އެކްޝަންތަކެއް ވެސް ހިމެނޭ ފިލްމެކެވެ. "ސާހޯ" އަކީ ސައުތާއި ބޮލީވުޑްގެ ކާސްޓެއް މަސްހުނިކޮށްގެން ސައުތުގެ ސުޖީތު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މިއީ 300 ކްރޯޑް ރުޕީސް (43 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، އެވެލީން ޝަރުމާ، ޗަންކީ ޕާންޑޭ، މަހޭޝް މަންޖްރޭކަރު، މަންދިރާ ބޭދީ އަދި ޓީނޫ އާނަންދު ހިމެނެ އެވެ.

"ކޫލީ ނަމްބަރު 1" ގެ މޯޝަން ޕޯސްޓަރެއް

މި މަހުގެ 5 އިން ފެށިގެން ތައިލެންޑްގައި ޝޫޓް ކުރަމުން އަންނަ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އާ ފިލްމު "ކޫލީ ނަމްބަރު 1" މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަން އާއި ސާރާ އަލީ ހާނެވެ. މިއީ ބައްޕައާ އެކު ވަރުން މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.

"ކޫލީ ނަމްބަރު 1" އަކީ ހަ ނަމުގައި ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސް ދިން ކާމިޔާބު ފިލްމު އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ.

"2.0" ޗައިނާގައި އަޅިވަން ނިންމައިފި

ކުރިން ޖުލައި މަހުގެ 12 އިން ފެށިގެން ޗައިނާގައި ދައްކަން ނިންމި ރަޖްނީކާންތާއި އަކްޝޭ ކުމާރުގެ ސައިންސް ފިކްޝަން ފިލްމު "2.0" އަޅުވަން ނިންމި ތާރީހު ކައިވެރިވެފައި ވަނިކޮށް، އެ ފިލްމު އެ ގައުމުގައި ރިލީޒް ނުކުރަން ނިންމުމަށް ފަހު، އަލުން އަނެއްކާ އާ ތާރީހެއްގައި ފިލްމު ގެނެސް ދޭން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޝަންކަރު ޑައިރެކްޓް ކުރި ފިލްމު ޗައިނާގައި ދައްކަން ނިންމާފައި ވަނީ އަންނަ މަހުގެ 6 އިން ފެށިގެންނެވެ. އެމީ ޖެކްސަން ބަތަލާގެ ރޯލް ކުޅެފައިވާ "2.0" އަކީ އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމެވެ.

Rajnikanth ge "2.0" China gai release kurun madujassaalaifi

Rajnikanth ge "2.0" China gai release kurun madujassaalaifi

The most trusted news source in the Maldives

Mihaaru

"2.0" ކުރިން ޗައިނާގައި ދައްކަން އޮތީ ޖުލައި މަހުގެ ތެރޭގައި.

މި ފިލްމަކީ ޝަންކަރު 2010 ގައި ރަޖްނީކާންތާއި އައިޝްވާރިޔާ ރާއީއާ އެކު ގެނެސް ދިން އެނދިރަމް (ރޮބޮޓް) ގެ ދެވަނަ ބައެވެ.

"2.0 އަކީ ބޮކްސް އޮފީހުގައި އެހާ ހިނގި ފިލްމެއް ނޫނެވެ.

ކުރީގެ ބަތަލާ ވިދިޔާ ހޮސްޕިޓަލްގައި

ހަތްދިހަ އާއި އަށްޑިހައިގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ވިދިޔާ ސިންހާގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މިހާރު އުމުރުން 71 އަހަރުގެ ބަތަލާ އަށް މުމްބާއީގެ ކްރިޓިކް ކެއާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، އޭނާ ނޭވާލަނީ ވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ނޭވާލާން އުނދަގޫވެގެން ވިދިޔާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ވިދިޔާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ރަޖްނީގަންދާ (1974)، ޗޯޓީ ސީ ބާތު (1975)، ޕަތީ ޕަތުނީ އޯރް ވޯ (1978) އަދި ލަވް ސްޓޯރީ (1981) ހިމެނެ އެވެ. ބައެއް ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ވިދިޔާ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ކުލްފީ ކުމާރު ބަޖެވާލާ" އިންނެވެ.

ދެ ކައިވެންޏެއް ކުރި ވިދިޔާގެ ހުންނަނީ އެންމެ އަންހެން ދަރިއެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454