ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު،-- ފޮޓޯ: މިހާރު
18 އޯގަސްޓް 2019 - 20:44
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ޝިފާއުގެ މައްސަލަ އޭސީސީން ޕީޖީ އަށް ފޮނުވީ ވެމްކޯއަށް އެމަޖެންސީކޮށް ޑަމްޕްޓްރަކް ގަންނަން އޭނާގެ ހިއްސާ އޮންނަ ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް ހެދި މައްސަލަ ތަހުގީގުކުރުމަށް ފަހުގަ އެވެ.
އޭސީސީން އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިފާއުގެ މައްޗަށް ކުރުމަށެވެ.
އޭސީސީން ބުނީ ވެމްކޯ އިން ފުރަތަމަ އިއުލާންކޮށްފައިވަނީ އެއް ޓަނުގެ ޑަމްޕްޓްރަކެއް ހޯދަން ކަމަށެވެ. ނަމަވެސް އެވަރުގެ ޑަމްޕްޓްރަކެއް ނުލިބުމުން އެމަޖެންސީކޮށް ތަކެތި ގަންނަ ފޯމުގައި އަތުލިޔުމުން ލިޔެ ފޯމަށް ބަދަލު ގެނެސް 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމަށް ނިންމައި ޝިފާއު ސޮއިކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. އޭސީސީން ބުނި ގޮތުގައި، ބަދަލު ގެނެސް 350 ކިލޯގެ ޑަމްޕްޓްރަކެއް ގަތީ އެއް ޓަނުގެ ޑަމްޕްޓްރަކުގެ އަގުގަ އެވެ.
އާ އުޅަނދެއް ކަމަށް ބުނެ އެއްބަސްވުން ހަދައިގެން ޑަމްޕްޓްރަކެއް ގަނެފައިވާއިރު އެއީ އާ އުޅަނދެއް ނޫން ވެސް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އޭސީސީން ބުނީ ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުން އެކަން އެނގޭ ކަމަށެވެ. އެކަމަކު މި ގަނެފައިވަނީ އާ ވެހިކަލެއްގެ އަގުގަ އެވެ. އަދި އޭގެ ފުރިހަމަ އަގު ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށްފައިވެ އެވެ.
އޭސީސީން ބުނިގޮތުގައި ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓާ ހަވާލުކޮށްގެން ޑަމްޕްޓްރަކް ގަތްއިރު ވެސް އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އޮތީ ވެމްކޯގެ އޭރުގެ މެނޭޖިން ޑިރެކްޓާ ހިއްސާ އޮތް ކުންފުނިކަމުގައިވާ އެމް ކޯ ހޯލްޑިންސް ނަމުގަ އެވެ. މި މުއާމަލާތަކީ ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި މެނުއަލްއާ ހިލާފު އަމަލެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގިޓާ
19 August 2019
ރިސްވަތުދީގެން މަޤާމަށްލީމާ އިންވެސްޓް ކަވަރު ކުރަން ކޮންމެވެސްކަމެއް ކޮށްލަން ޖެހޭނެ ރިސްވަތުގައި ރިސްވަތު ހިފާނެ
މާނު1234
19 August 2019
ނުވާނެ ތިކަމެއް!!
އިހުސާނާ
19 August 2019
ހައްތަހާވެސް މީގެ މައްސަލަ!
ސަޅި
19 August 2019
ކޮބާ ކިހިނެއް ވާނީ ދުވަސްކޮޅެއް ކުރިން ޕްލެޓިނަމް އިން ގަތް އެޕާޓްމަންޓް އަށް؟؟؟ އަޑުއިވޭގޮތުގަ 8 މިލިއަން ދީފަ އޯ ގަތީ، އޭތި އޯކޭ ތޯ އޭސީސީ؟؟
ހަލީލު
19 August 2019
ކޮބާ މިހާރު އާސަންދާގެ ވާހަކައެއް ނުދަށްކާ ބުނެވޭގޮތުން އެންޑީޕީގެ އެންޕީންނާއި އެކްޓިވިސްޓުންގެ ކޮފީ އާއި ކެއުމުގެ ޙަރަދު ބަލަހައްޓަނީ ޓީ ސްޕޮޓް، ޓިއުލިޕް ރެސްޓޯރެންޓް، ބްރައިން ރެސްޓޯރެންޓުން މީ ކުރީގެ އާސަންދަ އެމްޑީގެ ދެއަހަރުބައިގެ ބޮޑު ކުރިއެރުމެއް،
ޅަބޭ
19 August 2019
ކަލޯ އަވަހައް މިރޭ އެމްޑީޕީއައް ސޮއިކޮއްލާފަ ހަރުގެޔައް ގޮއްސަ ޕޯޑިއަމައް އަރާ ޕީޕީއެމްގެ ސަރުކާރާ ދިމާލައް ހެއްދެވި ނެހެއްދެވިއައް ގޮވާލާ. އޭރުން ތިހުރިހާ ކޫސަނި ދައުވާތަކެއް ގަންގުޝަނު ތެރެއިންލާފަ ދާނެ. މިހާރުވެސް 1 ބިލިޔަން ރުފިޔާ ދަވާލި މީހުންވެސް އެހެރައުޅެނީ ރަށުތެރޭ އެތަންމިތާ ހެމުން ހެމުން.
ކަށިނާޅާ
19 August 2019
އަދި ނޭގެނީތާދޯ؟ ކޮބާ އެމް.ޑަބުލިޔު.އެސް.އީ ގެ ކަންތައްގަނޑު އެކަން އޮތީ އަދިވެސް ސިއްރެއްގެ ގޮތުގައި އެހެންނޫންތޯ؟ ބަލާ ހާވާލަބަލަ ކިތައް މިލިއަންތޯ އޮތީ.. ހުޅުމާލޭންނާ އެތަންމިތަނުން އަންހެނުންގެ ނަމުގައާ މީސްމީހުންގެ ނަމުގައި ކިހިނެތްތޯ ލަގުޒަރީ ފުލެޓުތައް ގަންނާނީ.... ބެލީމަ މިކަންވެސް އެނގޭނީ.... މާތްކަލާކޯ... ސަހަރޯ............
ފަރޫޒްބާބީޖ
19 August 2019
މީގެ އޮވެދާނެ ކޮރަޕްޝަން. އަހަރެން ވަރަށް ތަފްޞީލުކޮށް އޭސީސީގެ ވެބްސައިޓުން މިމައްސަލަ ކިޔާލިން. ގާނޫނީ ގޮތުން ވެމްކޯގެ އެމްޑީ ބެދޭނެހެން ހިއެއްނުވޭ.
ޝޮކްތެރަޕީ
19 August 2019
ވެމްކޯ އުފެއްދީވެސް ޔާމިން މިސަރުކާރުން ކުންފުންޏެ އުފެއްދީކީނުން.
ގޮބޮޅިއަލީ
19 August 2019
ތިބުނީ ޔާމީން އުފައްދާ ކުންފުނިތަކުން އޭނަވަޒީފާދޭ މީހުން ވައްކަންކުރުން އޯކޭއޭތަ ރައްޔިތުންގެ ލާރިތައް ހަމަކައި ހުސްކުރީ
އަލީރާޖާ
18 August 2019
ނޫނޭ ނޫނީ ބައިވަރެއް ކައިފިއޭ އިގޭ. ބޮޑެތި ސޯބު އެބުރޭ ގޮތަކަށް ކުދި ސޯބު އެބުރޭނީ ދޯ!