މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ދަބަންގް 3".

ސޯނަމް ކަޕޫރާއި ސައުތުގެ އެކްޓަރު ދަލްގޫރް ސަލްމާން ލީޑް ރޯލް ކުޅެފައިވާ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެނެސްދިން އަބީޝެކް ޝަރުމާ އެވެ.

"ދަ ޒޯޔާ ފެކްޓާ" އަކީ އަނޫޖާ ޗޯހަން 2008 ގައި ހަމަ އެ ނަމުގައި ގެނެސް ދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި ކިޔައިދެނީ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ޒުވާން އަންހެނަކު ގުޅިފައިވާ ގޮތެވެ.

ސޯނަމްގެ ބޮޑުބޭބެ ސަންޖޭ ކަޕޫރް އޭނާގެ ބައްޕަގެ ރޯލު ކުޅޭ "ދަ ޒޯޔާ ފެކްޓާ" ގެ ކާސްޓުންގެ ތެރޭގައި ސިކަންދަރު ކޭރް، ސޯރަބް ޝުކްލާ، އަންގަދު ބޭދީ އަދި ރާހުލް ކަންނާ ހިމެނެ އެވެ.

މި ފިލްމަކީ ފެބްރުއަރީ މަހު ރިލީޒްކުރި "އެކް ލަޅްކީ ކި ދޭކަ ތޮ އޭސާ ލަގާ" އަށް ފަހު، މި އަހަރު ރިލީޒްވާ ސޯނަމްގެ ދެވަނަ ފިލްމެވެ.

މިއީ ޕަރިނީތީގެ އެންމެ އުނދަގޫ ރޯލް

ލަންޑަނުގައި މިހާރު ޝޫޓް ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމު "ދަ ގާލް އޮން ދަ ޓްރޭން" ގެ ހިންދީ ރިމެކްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މިއީ މިހާތަނަށް ކުޅޭ އެންމެ އުނދަގޫ ރޯލް ކަމަށް ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.

އަދި ނަން އިއުލާން ނުކުރާ ފިލްމުގައި އޭނާ ފެނިގެން ދާނީ އޮރިޖިނަލްގައި އެމިލީ ބްލަންޓް ކުޅުނު ކެރެކްޓާއިންނެވެ.

ރިބޫ ދާސްގުޕްތާ ޑައިރެކްޓް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ކްރިތީ ކުލްހާރީ އާއި އަދިތީ ރާއޯ ހައިދަރީ ވެސް ހިމެނެ އެވެ.

ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 9 ގައި ރިލީޒްކުރި "ޖަބަރިޔާ ޖޯޅީ" އެވެ.

"ދަބަންގް 3" 4 ބަހަކުން ނެރޭނެ

މިހާރު ފަހު ޝޫޓިން ޝެޑިއުލް ކުރިއަށްދާ ސަލްމާން ހާންގެ "ދަބަންގް 3" ހިންދީ ބަހުގެ އިތުރުން އިތުރު ބަހަކުން ވެސް ނެރެން ނިންމައިފަ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމު އަންނަ ޑިސެމްބަރުގައި ރިލީޒްކުރާ އިރު ހިންދީ، ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ބަހުން ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ. މިއީ "ދަބަންގް" ސީރީޒްގެ ފިލްމެއް ހިންދީ ބަހުން ނޫން ބަހުރުވަތަކުން ރިލީޒްކުރާ ފުރަތަމަ ފަހަރެވެ.

"ދަބަންގް 3" ގެ ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސާއީ މަންޖްރޭކަރެވެ.

"ޕަޗްތާއޯގޭ" ގެ ޓީޒާއެއް

މިއަދު ދޫކޮށްލާ ވީޑިއޯ ލަވަ "ޕަޗްތާއޯގެ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ޓީ ސީރީޒުން ގެނެސްދޭ މި ލަވައިން ފެނިގެން ދާނީ ވިކީ ކޯޝަލް އާއި ނޯރާ ފަތެހީ އެވެ. އަސަރުގަދަ ލޯބީގެ ލަވައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ކިޔާފައިވާ ލަވައެކެވެ.

"ޕަޗްތާއޯގޭ" ގެ މިއުޒިކް ހަދާފައި ވަނީ ބީ ޕްރާކެވެ. އަރުވިންދު ޚައިރާ ޑައިރެކްޓްކޮށްފައިވާ މި ލަވަ ވާނީ ވިކީ އާއި ނޯރާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ އުފެއްދުމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454