ދެ ޓްރެފިކް ފުލުހެއް: މިދިޔަ ހަފްތާގައި 769 އުޅަނދެއްގައި ސްޓިކާ ޖަހިކަމަށް ފުލުހުން ބުނި -- ފޮޓޯ: މިހާރު
25 އޯގަސްޓް 2019 - 14:23
ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 700 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފްތާ ޓްރެފިކް ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ ސިޓީގައި ބަލާ ޓްރެފިކް މައްސަލަތަކުގެ ހިސާބުތައް ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމުކުރަމުންނެވެ. އެތަނުން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 17 އިން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް 769 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންވެ ޖޫރިމަނާގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެެވެ.
Traffic Management Department's Weekly Statistics from 17th of August 2019 to 23rd of August 2019 pic.twitter.com/RjdkzKXNA0
— Maldives Police (@PoliceMv) August 25, 2019
ފުލުހުން މިއަދު ކުރި ޓްވީޓެއް
އެތަނުން ބުނި ގޮތުގައި މިދިޔަ ހަފްތާ 557 އުޅަނދެއް އެތަނުން ބަލާ ފާސްކުރި އެވެ. އަދި 47 އުޅަނދެއް ޓޯ ކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ޓްރެފިކް ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން މިދިޔަ ހަފްތާ އެންމެ ގިނައީ އިންޝުރަންސާއި ރޯޑް ވާދިނެސް ނެތް މައްސަލަތައް ކަމަށް އެތަނުން ބުންޏެވެ. އެފަދަ 115 މައްސަލައެއް ބެލި އިރު، ލައިސަންސަކާ ނުލާ ދުއްވި 140 މީހުން ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ. އަދި ލައިސަންސް ނުލާ ދުއްވި 107 މައްސަލައަކާއި ޓްރެފިކް ސައިންތަކާ ހިލާފަށް ދުއްވި 17 މައްސަލައެއް ވެސް މިދިޔަ ހަފްތާ ބެލިކަމަށް އެތަނުން ބުންޏެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި 43 މަގުމަތީ އެކްސިޑެންޓެއް ހިނގި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓުތަކުގައި 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ޓެކްސީ ދުއްވި އަށް މައްސަލައަކާއި ހެލްމެޓް ނާޅާ ދުއްވި 22 މީހަކަށް މިދިޔަ ހަފްތާގައި ނަސޭހަތްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
26 August 2019
ޕާކު ކުރާމީހުން ހިތު ހުރި ގޮތަކަށް ޕާކު ކުރާ ނަމަ އިސްޓިކާޖެހުން ހަމަ އެންމެ ރަނގަޅީ.. ޕާކުކުރާނެ ތަކެއް ކައިރީގާ ނެތް ނަމަ ދުރުގާ ޕާކު ކުރާނީ...
ާއުނިމާ
26 August 2019
ވައުދާ އަހުދު ކުރާނެޔޭ، އެހަދާްންނެތޭނެޔޭ! ޕާރކުކުރާނެތަން ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ވީ ވަޢުދުމަތިން މިސަރުކާރު ހަދާން ނެތިއްޖެ! ވަޢުދާ ޚިލާފުވެވިއްޖެ! ދެން ހެޔޮވެރިމަކެއް ނުކުރެވޭނެ! ބަޖެޓަށް ލާރިވަންނަގޮތެއްކަން މިއެގުނީ ވެރިކަމަށް އާދެވުނީމަ! އިއްޔަ ސްޓިކާޖެހުން ގޯސްވެ އެވާހަކަ ދެއްކިދެއްކި ބަޔަކަށް މިއަދު އޯކޭ ވެއްޖެ!
adam
25 August 2019
މިއީ މަގުފޭރުމުގެ އަމަލެއް. މިމާލޭގައި ޕާކުކުރާނެ ތަންތަންނެތް އިރު، މީހުންލައްވާ ކުށްކުރުވާފައި ފައިސާ އަތުލުން. އެވެސް 750 ރ. މީހެއްގެ މަހު މުސާރައިގެ 1/2 ސްޓިކާފީއަށް. ކަލޭމެން ލަދެއް ނުގަނޭތަ؟
އަލީ!
25 August 2019
ރަގަޅު. ގަވާއިދާ ހިލާފަށް ޕާކްކުރަންޏާ ހަމަސުޓިކާ ޖަހަންވީއެވެ. ޒޯނުގަ ތަން އޮތަސް ޕާކުކުރަނީ ފަސޭހަތަނެއްގަ.
ކޮރަލް
25 August 2019
ސްޓިކާ ސަރުކާރެކެވެ. ރައްޔިތުންނަށް ޖެއްސުން ނުކޮށް ރައްޔިތުން ބާރުވެރި ކުރުވަން މަސައްކަތް ކުރަން ވީއެވެ. ބިދޭސީންނާ ޓޫރިސްޓުން އަތުން ފައިސާ ލިބޭނެ އިތުރު ގޮތް ތައް ހޯދަ ބަލާށެވެ
ޖުލްކީ
25 August 2019
ރައްޔިތުން އަތުން ފިތާލެވޭނެ ގޮތްގޮތައް ފިތާފަވެސް ފައިސާ އަތުލާނެ..މިހާރު އެއޮތީ ފައިސާއަށް ސަލާންޖަހަން މަޖިލީހަށް ލިޔުން ފޮނުވާފަ..2މަހުން އެ ހުސްކޮށްފަ އަނެއްކާ ސަޕްލިމެޓްރީ އަށް އެދޭނެ.
ނަން
25 August 2019
ޖޫރިމަނާ ކުރެވޭ ގޮތެއް އޮތީއައި އެކަމަށް ޚަރަދު ކުރާނެ ހެވައްލާފަ ސްޓިކާ ޖަހެން ބަޖެޓް އޮވޭ އެންމެ ފަހުގެ ސްޕީޑްގަން ގަންނަން އެންމެ ފަހުގެ ސްޕީޑް ކެމަރާ ހަރުކުރަން ޖުރިމަނާ ދައްކަން ޑިޖިޓަލް ޕްލެޓްފޯމް ފައްކާ ކޮއްފަ(މީރާ ޕޯޓަލްއިން) އާމުން ފެލަންވީމައި މީހަކަށް އުޒުރެއް ނުދެއްކޭގޮތަށް ނިޒާމު އޮތީ ފައްކާކޮއްފަ. އާމު ހިދުމަތް ހޯދަން ދައުލަތުގެ އިދާރާތަކުން ފަސޭހަ ކޮއްދިނުމެއްނެތް. މިހެންވީމަ ކިޔަނީ އިހްލާސްތެރިކަމެއް ނެތޭ
ހާމީން
25 August 2019
ސާބަހޭ ތިކުރާ ހިއްވަރަށް،،....ސަޕްލަމެންޓީ ބަޖެޓް އަށް 5ބިލިއަންވެސް ހޯދިދާނެ މިދާ ރޭޓުން މިކަން ކުރަންޏާ
ފާޢީޒު
26 August 2019
ފުލުހުން އަތުން ހަތަރު ފުރޮޅުލީ އުޅަދުގައި ޖަހާ ސްޓިކާ ހުސްވީތޯ