މިދިޔަ ހުކުރު ވިލޭރޭ ހަނިމާދޫގައި ބޭއްވި ޖަނާޒާގައި މުހައްމަދު ގިޔާސް (ކ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބައިވެރިވަނީ: ދެ މީހުންނަކީ ކުޑައިރުއްސުރެ އެކުވެރިން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 ސެޕްޓެމްބަރ 2019 - 10:05
އިންސާނުންގެ ހިތްވަރުގަދަކަން އެނގެނީ އެކަން ސާބިތުކޮށްދޭން ޖެހޭ ވަގުތުގަ އެވެ. ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲ ދުނިޔެ ދޫކުރީ އެންމެ ފަހު ވަގުތު ވެސް، އަންހެނުންނާއި ދަރިފުޅާއި ކާފަ ދަރިފުޅު ހޯދަން، ބޮޑެތި ރާޅުތަކުގެ ތެރޭގައި މަސައްކަތް ކުރަނިކޮށެވެ. މިހާރު އެ ހިތްވަރު ދައްކައިދެނީ ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ނިޝާން، މުހައްމަދު ގިޔާސް، 24 އެވެ.
ހިތާމައިން މުޅި ގައުމު ރޮއްވާލި ހާދިސާގައި ގިޔާސްގެ އާއިލާ އެކުގައި ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެކަމަކު އެ ހަގީގަތާ އޭނާ ކުރިމަތިލައިގެން ހުރީ ހިތްވަރާ އެކުގަ އެވެ. އޭނާއާ އެކު އުޅެ ބޮޑުވި އަދި ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ފެނުނު އެންމެ ހިތްވަރު ގަދަ މީހަކީ ވެސް ގިޔާސް އެވެ.
"ހަގީގަތުގައި ހީކުރި ވަރާ ބަލާފައި ގިޔާސް ހިތްވަރު ގަދަ،" އިއްބެ ބުންޏެވެ.
"އެކަހަލަ ހިތްވަރުގަދަ މީހެއް ރާއްޖޭގައި މަދުވާނެ. އޭނާއަކީ ހަމަ ނަމޫނާއެކޭ ބުނެވޭނީ."
އިއްބެ އާއި ގިޔާސް ހަމަ އެއް އުމުރެކެވެ. ކިޔެވީ ނޮޅިވަރަންފަރު ސްކޫލްގައި އެކުގަ އެވެ. ރާއްޖެއަށް 2004 ގައި ކުރިމަތިވި ސުނާމީއާ ގުޅިގެން އިއްބެގެ ގެ ހަލާކުވުމުން ދެ އަހަރު ވަންދެން އޭނާ އުޅުނީ ހުސެއިންގެ ގޭގައި، ގިޔާސްއާ އެކުގަ އެވެ. އޭރު ދެ ކުދިންގެ އުމުރުން އެންމެ ނުވަ އަހަރެވެ.
"އޭނާ އަށް [ގިޔާސް]އަށް ހޯދައިދޭ އެއްޗެއް އަޅުގަނޑަށް ވެސް ހޯދައިދޭނެ. އޭނާ އަށް ގަންނަ އެއްޗެއް އަޅުގަނޑަށް ވެސް ގަނެދޭނެ،" ސުނާމީއަށް ފަހު ގިޔާސްގެ ގޭގައި ހޭދަކުރި ދެ އަހަރު، ހުސެއިން އަބްދުﷲގެ އަޅާލުން ބެހެއްޓި ގޮތް އިއްބެ ކިޔައިދިނެވެ.
ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާ ހިނގި އިރު އިއްބެ ހުރީ، ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗަށް ގުއާމްއަށް ދިއުމުގެ ކުރިން ސްރީ ލަންކާގައި ތަމްރީންތައް ހަދާށެވެ. ނަމަވެސް ހަމަ އެ ދުވަހުގެ ހަވީރު ފްލައިޓުން އޭނާ މާލެ އަ އެވެ. ޖަނާޒާ ބޭއްވީ ހަނިމާދުއަށް އޭނާ ދިއުމުންނެވެ.
މި ވަގުތު އިއްބެ ބޭނުންވަނީ ގިޔާސް ކައިރީގައި ހުރެ، ހިތާމައިގައި ބައިވެރިވާށެވެ. އެހެންކަމުން މި މަހު 5 ގައި އޮންނަ ގުއާމްގެ މެޗަށް އޭނާ ނުދެ އެވެ.
އިއްބެ އޭނާގެ ދޮންބެގެ ސަންދޯއް ކައިރީގައި މަޑުކޮށްލައިގެން: ގިޔާސްއަށް އެހީތެރިވުމަކީ ޒިންމާއެއް ކަމަށް ދެކޭ --ފޮޓޯ: ހުސެން ވަހީދު / މިހާރު
އިއްބެ އާއި ގިޔާސް މާލޭގައި އުޅެމުން އަންނަނީ ވެސް އެކުގަ އެވެ. އިއްބެ ބުނާ ގޮތުގައި، އޭނާގެ ދޮންބެ ވެދިން އެހީތެރިކަމާއި ލޯބީގެ ބަދަލު މިއަދު ދޭން ޖެހިފައި ވަނީ އޭނާއަށެވެ.
އިއްބެ ގަބޫލުކުރާ ގޮތުގައި އޭނާ ހަނދާން ހުންނަން ފެށީއްސުރެ، މިއަދާ ހަމައަށް ވެސް ގިޔާސްއަކީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ މީހެކެވެ. ގިޔާސްގެ މަންމަ އާއި ބައްޕައަކީ އިއްބެގެ ދެ ވަނަ މަންމަ އާއި ބައްޕަ ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ. އެ އާއިލީ ގުޅުމުގެ ގާތްކަން ގިޔާސްގެ ދައްތަ ފާތުމަތު ގުރައިޝާ އާއި އޭނާގެ ދަރިފުޅު އީރާއާ ވެސް އޮވެ އެވެ. އެހެންކަމުން އިއްބެގެ ދެ ވަނަ އާއިލާގައި ބާކީ ހުރި ހަމައެކަނި މީހަކީ ގިޔާސް އެވެ.
"އަޅުގަނޑު ހަނދާން ހުންނަން ފެށި ހިސާބުން ފެށިގެން ގިޔާސްއާ ވަރަށް އެކީގައި އުޅެވެނީ،" އިއްބެ ބުންޏެވެ.
ގިޔާސްގެ ލޮލުން ކަރުނަ ނުހިކެ އެވެ. ހަނިމާދުއަށް ގޮސް، ގިޔާސްއާ ބައްދަލުވުމަށް ފަހު އޭނާ ކައިރިން ދުރަކަށް އިއްބެ ނުދެ އެވެ. ޖަނާޒާގައި ވެސް ގިޔާސް އަށް ހިތްވަރުދޭން އެންމެ ކައިރީގައި ހުރީ އިއްބެ އެވެ. ރަށަށް ދިޔައީ ވެސް އެކުގަ އެވެ. އަދި ވެސް އޭނާ ހުރީ ގިޔާސްއާ އެކު ނޮޅިވަރަންފަރުގަ އެވެ.
އިއްބެ ބުނީ މި ވަގުތު އޭނާ އަށް އެންމެ މުހިއްމީ ގިޔާސްއާ އެކު ގިނަ ވަގުތު ހޭދަކުރުން ކަމަށެވެ. ގިޔާސް އަށް ދިމާވި އެކަނިވެރިކަން އިއްބެ އަށް އިހްސާސް ކުރެވެ އެވެ.
"މިވަގުތު ހުރިހާ ވެސް މީހަކީ ގިޔާސް،" އިއްބެ ކިޔައިދިނެވެ.
ގިޔާސް އަށް އެއްވެސް ކަމެއްގައި ދަތިވިޔަ ނުދޭން އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އިއްބެ ތައްޔާރެވެ.
"ގިޔާސް އަށް އެހީތެރިވަނީ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން،" އިއްބެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމެެ
07 September 2019
ގުރޭ އަކީ ޣިޔާސްގެ ދައްތަ ތަ؟
ޤައުމިއްޔަތު
02 September 2019
މި ހިތާމަވެރި ދަނޑިވަޅުގައި އެއާއިލާގެ މެންބަރުން ގާތަށް ކޮންމެ 5 މިނިޓަކުން 1 ފަހަރު ކޮންމެވެސް ނޫހެއްގެ ނޫސްވެރިއެއް ގޮސް ނުވަތަ ގުޅައިގެން ސުވާލުތައް ކުރުމަށްވުރެ، އާއިލާގެ މެންބަރުން އެކަކު އަނެކަކަށް ހިތްވަރުދީ، ގްރީވްކުރުމަށް އެމީހުންނަށް ޕްރައިވެސީ ދިނުން މުހިންމެއް ނޫންބާވައޭ ހިތަށް އަރާ.
ރީތި މޫސަ
01 September 2019
މީގެއިން އިބުރަތްލިބިގަންނަންވީ އެލާޓްނެރަފައޮށްވާ ދަތުރުކުރަންވާނީ ކޮޅިގަނޑަށްބަލައިގެން އަދިދަތުރުނުކުރާން އަންގާނަމަ އެކަމަށް ބޯލަބަންޖެހޭ ކޮންމެކަމެއްވެސް މޮޅައްދެނެވޮޑިގެންވަނީﷲ ނިޔާވި އެންމެންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލައްވާށި އަދި އާއިލާތަކަށް ކެއްތެރިކަންދެއްވާށި އާމީން
މުރާސިލް
01 September 2019
ކެއްތެރިކަން ދެއްވާށި. ރާޢްޖެތެރޭ އެންމެންނަށް.
ސޭން
01 September 2019
ކަލޭތީ ރާްއްޖޭން ބޭރުމީހެއްތަ؟ މާލެމީހުން މީ ދުނިޔެމަތީ އުޅޭ އެންމެ ބޮޑާ މީހުން
މުރާސިލް
01 September 2019
ކަލޯ މަށަކީ ރާއްޖެރޭ މީހެކޭ. ކެތްތެރިކަން ކޮޅުން ލާފައި ހުރީމާ އެންމެ ކުރުކޮށް ބުނެވުނު ގޮތް އެއީ!
ވާއު
02 September 2019
މާލެ މީހުންނަށް ނުވާނެ އެއްވެސް ކަމެއް
އަޙުމަދު.
12 September 2019
ބަލަ މާލޭމީހުނަށް ނެތީތަ ؟ހަމަކަނި ރާއްޖެތެރޭ އެންމެނަށްށޭ ތިބުނީ.
ފާތިމަތު ޒާއިނާ
01 September 2019
އަލްހަމްދުﷲ.ކޮން ފަދަ މާތް ގުޅުމެއް ތޯ؟
ހެޔޮއެދޭ
01 September 2019
މާތް ﷲ ގިޔާސް އަށް ކެތްތެރިކަން ދެއްވާ އިއްބެގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން
ރަދީފް
01 September 2019
އާމީން
އައިންތު
01 September 2019
އާމީން
ޜިވެތ އަހުލާގު
02 September 2019
ޢާމީން