ރިލްވާންގެ މަންމަ: ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަ ކުރި މައުލޫމާތުތަކާއެކު ރިލްވާން ދުނިޔޭގައި ނެތް ކަމަށް އާއިލާއިން ގަބޫލު ކުރޭ--
02 ސެޕްޓެމްބަރ 2019 - 12:02
ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ ފަސް އަހަރު ވީ އިރު ވެސް އެ އާއިލާއިން އަބަދުވެސް އުއްމީދު ކުރަމުން އައީ ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުވާނެ ކަމަށެވެ. އެކަމުގެ އުއްމީދުގައި އެތައް މަސައްކަތެއް ކޮށްފި އެވެ. ނަމަވެސް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަ ކުރި މައުލޫމާތާއެކު، ރިލްވާން ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ.
ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ފަސް އަހަރު ވިއިރު، އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް އިއްޔެ ތަފްސީލް ހާމަކުރަމުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.
ނޫސްވެރިޔާ ރިލްވާން--
ރިލްވާން މަރާލީ ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވޭ ކަމަށް ސުއޫދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ރިލްވާން މިނިވަން ނޫހުގައި ލިޔެފައިވާ ލިޔުންތަކަކާ ގުޅިގެން އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެ އެ މީހުން ރިލްވާނާ ދައްކާފައި ހުރި މެސެޖްތަކެއް ސުއޫދު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ. އެ މެސެޖްތަކުގައި އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނާ ބުނުމާ ދެކޮޅަށް ރިލްވާން ވާހަކަ ދައްކާފައި ހުއްޓެވެ.
ރިލްވާންގެ ދައްތަ ޝެހެނާޒް އާދަމް "މިހާރު" އަށް ބުނިގޮތުގައި އިއްޔެއާ ހަމައަށް ވެސް އެ އާއިލާއިން އުންމީދު ކޮށްގެން ތިބީ ރިލްވާނާ ބައްދަލުވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ލިބުނު ތަފްސީލުތަކާއެކު އެ އުންމީދު ގެއްލި، ރިލްވާން މަރާލާފައިވާ ކަމަށް ގަބޫލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"އަނިޔާ ދިން މީހުންނަކީ ކޮން ބައެއްކަން އެބަ އެނގޭ. އެއީ ރަހުމު ކުޑަ ބައެއް. އެ ހުރިހާ ކަމަކަށް ބަލާއިރު އެގޮތަށް [މަރާލާފައިވާ ކަމަށް] ބުރަވެވެނީ،" ރޮމުން ވާހަކަ ދައްކަމުން ޝެހެނާޒް ބުންޏެވެ.
"މިހާ ދުވަސްވީއިރު ދުނިޔޭގައި ހުރި ނަމަ ގުޅަން މަސައްކަތް ކުރާނެ. އެ ދެކެވޭ ވާހަކަތަކުށް ބުރަވެވެނީ [މަރާލާފައިވާ] ކަމަށް."
ރިލްވާނަށް ވީގޮތެއް ހޯދަން އޭނާގެ އާއިލާ އާއި އެކުވެރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ކަމާގުޅޭ އިދާރާތަކުގައި އާދޭސްކުރި އެވެ. އެއްވުންތަކާއި ފޯރަމްތައް ބާއްވައި ޕްރެޝަރުކޮށްފައިވެ އެވެ. ރިލްވާނަށް ވީގޮތެއް ބުނެދިނުމަށް އެދި އެވެ.
ރިލްވާންގެ އެއްބަނޑު އެއްބަދާ ދައްތަ ޝެހެނާޒް: ރިލްވާން މަރާލާފައިވާ ކަމަށް އާއިލާއިން ގަބޫލު ކުރޭ-- ފޮޓޯ: މިހާރު
ޝެހެނާޒް ބުނިގޮތުގައި އިއްޔެ ރިޔާސީ ކޮމިޝަނުން ހާމަ ކުރި މައުލޫމާތުތަކަކީ އެ އާއިލާ އަށް މުޅިން އަލަށް އެނގުނު ކަންކަން ކަމަށެވެ. އޭނާ ބުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީ ސަރުކާރުގެ ވެރިންގެ ގާތުން އާދޭސް ކުރުމުން ވެސް އޭރު އެއްވެސް ޖަވާބެއް ނުދެއްވި ކަމަށެވެ.
"އިއްޔެ އެ ލިބުނު މައުލޫމާތުން ބަސް ހުއްޓިއްޖެ. މަންމަ ވެސް އެ ހިތާމާގައި އެހުރީ،" އާއިލާގެ ހާލަތު ޝެހެނާޒް ކިޔައިދިނެވެ.
ރިލްވާން ގެއްލުވާލުމާ ގުޅޭ ތަފްސީލު ލިބުނަސް އިންސާފު ލިބޭނެ ކަމަށް އާއިލާ އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. ޝެހެނާޒް ބުނިގޮތުގައި އެ އާއިލާ އަށް އިންސާފު ލިބެން އޮތީ ރާއްޖޭގެ ކޯޓްތަކަށް ބަދަލުތަކެއް އައިސްގެންނެވެ. މިހާރު ކޯޓްތައް ހިނގަމުން ދާ ގޮތުން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝެހެނާޒް ބުންޏެވެ.
ރިލްވާން ރާއްޖޭން ބޭރަށް ދިޔަ ކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓް ހޯދަން ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކު ކުރީގެ ކޮންޓްރޯލާ ހަސަން އަލީ އާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވެވަޑައިގެންފައިވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
ޝެހެނާޒް ބުނި ގޮތުގައި ރިލްވާންގެ މައްސަލާގައި ކޯޓްތަކާއި ފުލުހުންގެ ބޮޑު އިހުމާލެއް އެބަ އޮތެވެ. އެ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގު ކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޝެހެނާޒް ގޮވާލި އެވެ.
އާއިލާ އަށް ރިލްވާންއާ އެންމެ ފަހުން ބައްދަލުވީ، އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ކަޅު ކުލައިގެ ދަބަހެއް އަޅުވައިގެންނެވެ. ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކުރިމަތިންނެވެ. އެކަމަކު އެ މައްސަލާގައި ދައުވާ ލިބުނު އެންމެން ވަނީ ކުށް ސާބިތު ނުވެ ސަލާމަތްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައަލިފު
04 September 2019
މިގައުމުއުޅޭ ރޯނުއެދުރު އޮމަރު ނަސީރު މިހުރިހާ ދުވަސް ވީއިރުވެސް ނުބުނެ ހުރީމަ މައްސަލަ އަކީ
ވަހީދު
03 September 2019
ދަރިފުޅަކީ އިސްލާމެއް ކަމަށް ވެފައި މަންނައަކީ ވެސް އިސްލާމެއް ކަމަށް ވާ ނަމަ ޤިޔާމަތް ދުވަހުން ފެންނާނެ.
Mohamed Shamy
03 September 2019
ސިޔާސީ ޗަރުކޭސް ކުޅުނީމަ މައްސަލަ އަކީ އަދިވެސް އުއްމީދު ކުރަނީ ފެންނާނެ ކަމަށް
ދައްސޫރަ
03 September 2019
ކޮބާ ރިލުވާން
ޢަބްދުﷲނާފިޒް
02 September 2019
"އިއްޔެއާ ހަމަ އަށް ވެސް އުންމީދުކުރީ ރިލްވާނާ ބައްދަލުވާނެ ކަމަށް" 7 އޮގަސްޓް 2018ގައި ގދ. މަޑަވެލީގަ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީނު ވިދާޅުވީ "އެއްވެސް ޝައްކެއްނެތް ރިލްވާން ވަނީ ނިޔާވެފަ ވަރަށް ހިތާމަހުރިކަމެއް" ދެން ކީއްކުރަންތޯ މިއަދާ ހަމަޔަށް އުއްމީދުކުރީ.
ހިސަން
03 September 2019
ނާފިޒް އަށް ދަރިޔަކު ވީނުވީއެއް ނޭންގި ގެއްލުމުން މަންމަ އަކު އަޅާނެ ވޭން އިހުސާސް ނުކުރެވޭނެހެން އަޅުގަނޑަށް ހީވަނީ. އެހެން ނޫން ނަމަ ތިޔަހެން ނުބުނާނޭކަން ޔަގީން
ކަދުރު ފަޒުނާ
02 September 2019
ސޯލިހު ބުނީ 24 ގަޑީ އިރުން ހޯދާފަ ގެންނާނެ ވާހަކަ
މީހަބެ ، ކުޅުދުއްފުށި
02 September 2019
ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ނަކީ އިންސާނުންގެ ސިފާގައި ތިއްބަސް ހަތިޔާރުތަކެއް ގައުމުތަށް ހަމަނުޖެހުމުގެ ތެރެޔަށް ވައްޓާލަން ގެންގުޅޭ ޓޫލް އެއް، އެ މީހުންނަކީ ހުރިހާ ދިވެހިންގެ ފުރާނަޔަށް ހުރި ނުރައްކަލެއް ، ސަރުކާރަށް މިކަން ހޭންޑަލް ކުރަން ނޭނގި އަލިފާނަށް ދަރު އަޅާފިއްޔާ ނަތީޖާ ވަރަށް ހިތިވާނެ ، ކޮމެންޓް މޮޑަރޭޓު ކުރާ ކުއްޖަ ބުނެބަލަ މި ދޮގެކޭ.
02 September 2019
ދީނީ ހަރުކަށި ފިކުރާއި ލާދީނީ ހަރުކަށިފިކުރެވެ. ކޮން މިނިވަން ފިކުރެއްތަ؟! މިގައުމުގެ ހަމަޖެހުމާއި އަމާންކަން ނަގާލުމުގެ އެންމެ ބޮޑު ޒިންމާއެް ނަގަންޖެހެނީ މިނިވަންކަމުގެ ނަމުގައި ހައްދުފަހަނަޅާ ދާމީހުންނެވެ.
ދޮންމާމަ
03 September 2019
ދީނީ ހަރުކަށި ފިކުރުގެ މީހުންނަށްވުރެ، ލާދީނީ ހަރުކަށި ފިކުރުގެ މީހުން މިގައުމުގަ މާ ގިނަވާނެ. ތިމާ ހުރި ފަޅިޔެއްގެ ގޮތުން ހަގީގަތް ގަބޫލުނުކުރެވުމަކީ އަދި އެހެންކަމެއް. ރާއްޖޭގެ ކުށުގެ ރެކޯޑަށް ބެލިޔަސް މިކަން ވަރަށް ސާފުކޮށް ފެންނަން އޮންނާނެ.
އަހުމަދުބޭ
02 September 2019
ބަޔަކު ގަބޫލް ކުރިއަސް ނުކުރިޔަސް އިއްޔެ ސުއޫދު އެދެއްކެވީ ހައްދުފަހަނައަޅައިފައިވާ ގުރޫޕުން ކަންކަން ހިންގާ އަދި ކަންކަން ކުރާގޮތް، އަދި މި އަޑިނޭގޭ ފޮތިފިހައިރަތަށް ސެންޓް ފިހައިރަތަކުގެ ހަގީގަތް ހޯދަން އެބަޖެހޭ، މިހެން އެއްވެސް ކަމެއްނުކޮށް އަޅައިނުލައި ތިއްބައި މިގައުމަށް އެވެރިން ކޮންމެފަދަ ގެއްލުމެއްވެސް ދީފައިނެ
02 September 2019
ލާދީނީ އަދި، މިނިވަން ފިކުރަށް ކިހިނެއް ހަދަން ފެންނަނީ؟
ދޮންމާމަ
03 September 2019
ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިތާ އެހެން ދީންތަކަށް ފުރުސަތުދިނުމަށާއި، އެއްޖިންސުން ގުޅުންހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާ މީހުންނަކީ މިނިވަން ފިކުރުގެ މީހުންނެއް ނޫން. އެއީ ލާދީނީ ފިކުރު.
ހަައްދު
02 September 2019
ހަައްދުފަހަނަ އަޅާފައިވާ ހަރުކަށި މިނިވަން ފިކުރު ނައްތާލަން ޖެހޭ
aawim
03 September 2019
ޤާނޫނު ތަންފީޒް ކުރަން ކެރެންޏާ ނައްތާ ނުލެވުނަސް މަދުކުރެވޭނެ.
ބިސްބޮންގޮންގް
02 September 2019
އެ މަންމަގެ ހިތްވަރު ގަދަކަމަށް އަހަރެން ސެލިއުޓް ކުރަން! ރިލްވާނަށް ހެދިގޮތެއް ނޭގި އެ މަންމަ އަދި އެއާއިލާ ދެކޮޅަށް ދެކޮޅަށް ތެޅުވި ސަރުކާރުތަކުގެ އިސްވެރިންނަށް ދުނިޔެމަތީގަޔާ އަދި އާޚިރަތުގަ ވޭންދެނިވި އަޒާބު އަދި ﷲގެ ލައުނަތް ލެއްވުން އެދި ދުޢާކުރަން! އެ މަންމަގެ ލޮލުން އޮހޮރުނު ކޮންމެ ކަރުނަ ތިއްކަކަށް ފުލުހުންގެ ތެރޭގައި ތިބި މިޖަރީމާ ފޮރުވަން މަސައްކަތްކުރި އެންމެހާ ފުލުހުންނަށް ﷲ ގެ ގަދަފަދަ އަޒާބު ދެއްވާންދޭވެ! އާމީން
ާހހހ
03 September 2019
އާމީން