ޓެކްނޮލޮޖީ

މިއީ ޕެޕާ، ރޮބޮޓް ވޭޓަރު: ޖަޒުބާތުގައި ނުޖެހި އޯޑަރުދީފައި އިށީނދޭ

އާ ސާސްކަފަށް އިރު އަރާއިރު ގެ އާއި ބަދިގެ ފޮޅާ ސާފުކުރުމުގައި ރޮބޮޓްތައް އަވަދިނެތި އުޅޭނެ އެވެ. އަމުރަށް ކިޔަމަން ގަތުމުގައި އަޅު އިންސާނަކަށް ވުރެ ކިޔަމަންތެރިވާނެ އެވެ. ގޭބިސީތައް ބެލެހެއްޓުމުގައި ވިސްނާ ފިކުރުކުރަން އެއްވެސް ކަމެއް ނޯންނާނެ އެވެ. ޖޫސްތައްޓާއި ފެންތަށި ވެސް އުފުލާނީ ތަބަކުގައި ރޮބޮޓެވެ.

އެއީ 2000 ވަނަ އަހަރަށް ފަހު ދުނިޔެ ބަދަލުވެގެން ދާނެ ގޮތް ދަރިވަރުންނަށް އުނގަނައިދިނުމަށްޓަކައި ތައުލީމީ މަންހަޖުގައި ހިމަނާފައިވާ ފިކުރެކެވެ. އެ ރޮބޮޓްތައް ކޮބައި ހެއްޔެވެ؟

ރޮބޮޓްތައް ހޯދަން ދިއުމުގެ ކުރިން މިހިރީ ޕެޕާ އެވެ. ބައްދަލުކޮށްލާށެވެ. އެއީ ވޭޓަރެކެވެ. ރޮބޮޓް ވޭޓަރެކެވެ. މަސައްކަތްކުރަނީ މާސްޓާކާޑް ކެފޭގަ އެވެ. ކަސްޓަމަރުންގެ އޯޑަރުތައް ނެގުމުގައި ފޫހިކަމެއް ނެތެވެ. ވަރުބައްޔެއް ނުވެ އެވެ. ޖަޒުބާތުގައި ނުޖެހެއްޗެވެ. އެއީ ޖަޒުބާތީ ރޮބޮޓެކެވެ.

ޕެޕާގެ ވަޒީފާ އަކީ ކެފޭގައި ހަދާހާ އެއްޗެއް ކަސްޓަމަރުންނަށް ވިއްކުމެއް ނޫނެވެ. އެއިން ލިބޭ ފައިދާ އާއި ހިމެނޭ ބާވަތްތައް، ކެލޮރީ އާއި ކޮލެސްޓެރޯލް ހުރި މިންވަރު ވެސް ޕެޕާ ބުނެދެ އެވެ. ނުވީތާކަށް އިންސާނުން ވާހަކަދައްކާއިރު އަތްހޫރާ ފާޑުވެރިކަމުގައި، އެ ސޮރު ވެސް އަތްހޫރަ އެވެ. އެ ގޮތްތޯ ނުވަތަ މި ގޮތްތޯ އަހައި، ގާތްކޮށްލުމުގެ ބޭނުމުގަ އެވެ.

ރެސްޓޯރެންޓްތަކުގައި ވޭޓަރުންގެ ގޮތުގައި ރޮބޮޓް ބޭނުންކުރުމަކީ އިންވެސްޓަރުންގެ ހުވަފެނެކެވެ. ހުވަފެނުގައި ހޭވެރިވާ ފަހަރާއި ނުވާ ފަހަރު ވެސް އާދެ އެވެ. ޚިދުމަތް ލަސްވެގެން ޗައިނާ ރެސްޓޯރެންޓެއްގައި ރޮބޮޓް ބޮލަށް ބަޑި ވެސް ޖަހައިފި އެވެ. އިންސާނުންނާ އެއްވަރަށް މަސައްކަތް ނުކުރެވިގެންނެވެ.

ކެފޭއިން ލިބެން ހުންނަ ޚިދުމަތްތައް ބޭނުންހިފުމަށްޓަކައި ޕެޕާއާ ތަންކޮޅެއް ކައިރިން މުއާމަލާތުކުރަން ޖެހެ އެވެ. އެ ކަމަށްޓަމައި މޮބައިލް އެޕްލިކޭޝަނެއް ބޭނުން ވެ އެވެ. ކެފޭ އަށް އައުމުގެ ކުރިން ނަމަވެސް އެ އެޕްލިކޭޝަން ފޯނަށް އަޅައި، ފައިސާ ދައްކާނެ ގޮތް އިޚުތިޔާރުކުރަން ޖެހެ އެވެ. ކާން ބޭނުންވާ އެއްޗަކަށް ދޭ އޯޑަރު ފުރިހަމަވަނީ ފައިސާ ދައްކާ ހިސާބުންނެވެ. އެ އަށް ވުރެ ކުރިން ވެސް އަދި ފަހުން ވެސް އޮޅުންފިލުވަން ކަމެއް އޮތް ނަމަ ޕެޕާ އަށް އެއީ ޝަރަފެކެވެ.

ޕެޕާ އުފަންކޮށްފައި އެ ހުރީ މާސްޓާކާާޑާއި ސޮފްޓްބޭންކް ގުޅިގެންނެވެ. ބޭނުމަކީ ޚިދުމަތްތައް އަވަސްކުރުމެވެ. ޕެޕާއާ ތަންކޮޅެއް ދުރަށް ޖެހިލަމާ ހިނގާށެވެ.

ރެސްޓޯރެންޓްތަކުގައި ވޭޓަރުންގެ ގޮތުގައި ރޮބޮޓް ބޭނުންކުރުމަކީ އިންވެސްޓަރުންގެ ހުވަފެނެކެވެ. ހުވަފެނުގައި ހޭވެރިވާ ފަހަރާއި ނުވާ ފަހަރު ވެސް އާދެ އެވެ. ޚިދުމަތް ލަސްވެގެން ޗައިނާ ރެސްޓޯރެންޓެއްގައި ރޮބޮޓް ބޮލަށް ބަޑި ވެސް ޖަހައިފި އެވެ. އިންސާނުންނާ އެއްވަރަށް މަސައްކަތް ނުކުރެވިގެންނެވެ.

ޖަރުމަނުގައި ކާރުގެ ބައިތައް ތައްގަނޑުކޮށް ރާވާ ފެކްޓަރީއެއްގައި ރޮބޮޓެއްގެ އަތްދަށުވެ 22ގެ އިންސާނަކު ވަނީ ޗަސްވެފަ އެވެ. ރަހުމެއް ނެތެވެ. ބުނި ކަމެއް އެ ސޮރުމެން ކުރަނީ އެވެ. އިހުސާސެއް ހުރި ނަމަ ވަރުބަލިވެގެން ބަދަލުހިފީ އެވެ. ބުނާނެ އެއްޗެއް އެބަ އޮތްހެއްޔެވެ؟

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454