05 ސެޕްޓެމްބަރ 2019 - 19:51
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމަށް އޭޖީން އެދިފައިވަނީ އެ ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިއްބާ އެ ތަހުގީގު ކުރަން ހުރަސް އެޅޭނެތީ ކަމަށެވެ.
އޭޖީން ފުލުހުންނަށް ފޮނުވި ސިޓީގައި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ތަހުގީގުން، ދެ މީހަކު އިސްވެ ތިބެ، ގޭންގް ބައެއް މެދުވެރިކޮށް ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު "އޭ ގްރޭޑްގެ ސޯސް" އަކުން ފުލުހުންގެ އިންޓެލިޖެންސްއަށް، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ލިބި އެ ކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނާތީ އެކަން ވެސް ތަހުގީގުކުރަން އެދިފައިވެ އެވެ. އަދި އެކަމުގައި ޝާމިލްވި ފުލުހުން މަސައްކަތުން އެކަހެރި ކުރުމަށް ވެސް އޭޖީން ލަފާ ދީފައިވެ އެވެ.
އޭޖީން މިގޮތަށް އަންގާފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ލިބިދޭ ބާރުންނެވެ. އެ މާއްދާގައި ބުނާ ގޮތުން ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރަންޖެހެ އެވެ.
ރިލްވާން ވަގަށް ނަގައި މަރާލުމަށް ފަހު ކަނޑުފައްތާފައިވާ ކަމަށް، ކޮމިޝަންގެ ތަހުގީގަށް އެނގިފައި ވާއިރު ރިލްވާންގެ ތަހުގީގަށް ހުރަސް އަޅައި، ރިލްވާން ރާއްޖޭން ބޭރަށް ގޮސްފައިވާކަން ދައްކަން ޕާސްޕޯޓެއް ހަދަން ދެ ފުލުހުން ދިޔައީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އަރިހަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރިޕޯޓުގައިވާ ގޮތުން ހަސަން ފުލުހުންނަށް ދިން ބަޔާނުގައި، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި އުޅޭ ދެ މުވައްޒަފަކު ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭ މަޝްވަރާތައް ކުރި އެވެ. ކޮމިޝަނުން ބުނީ ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ ރިލްވާން ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުންޏެވެ. އެގޮތުން އެންޑީޓީވީ ފަދަ ޗެނަލަކުން، ރިލްވާން މަރުވެފައިވާ ކަމުގެ ޚަބަރެއް އެމީހުންނަށް ފޮނުވިދާނެ ކަމަށާއި އެ ދެ މީހުން މި އުޅެނީ "ވެރިޔާ" ވިދާޅުވެގެން ކަމަށް ބުނެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް "ވެރިޔާ" އަކީ ކާކު ކަމެއް ބުނެފައެއް ނުވެ އެވެ.
މި މައްސަލާގައި ފަނޑިޔާރު ހަސަންއާ މެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ހަސަންގެ މައްސަލައެއް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަދެރައޭ
06 September 2019
އަދީބް އެންމެ ފުރަތަމަ ޖެހޭނީ ހައްޔަރުކުރަން. އޭނާއަކީ ރިލްވާންއަށް ފާރަލީ މީހުން ކޯޓުން ދޫކޮއްލުމަށް ޢަބްދުﷲދީދީ ފަނޑިޔާރަށް އެންގިމީހާކަން ވަރަށް ސާފުކޮށް ތިޔަ ރިޕޯޓްގައިވޭ! އޭގެ އިތުރުން ޖޭއެސްސީއިން ދީދީ ވަކިކުރަން ހިންގި ތަހްގީގްގައި “ހެކިވެރިޔާ1” ނަމުގައި ބަޔާން ދީފައިވޭ! ޔާމީން މައްޗަށް ހެކިބަސްދީފަ އަރާމުގަ ގޭގައި
އިބުރާހީމޫ
06 September 2019
ހުސްނު ހެއްދެވީރަނގަޅަށް، އަދިނޫހަށްދެއްވިނަމަ މާރަނގަޅުވީސް...ޕަބްލިކް ރައިޓް ޓުނޯ.........ސިއްރެއްނޫން، ޕަބްލިކަށް އެގެންޖެހޭ ކޮންމެރައްޔަތެއްގެފުރާނަޔާގުޅިފާވާކަމެއް...މައުމޫނާ ޔާމީނު ރައްޔަތުން ބިރުގަންނަވާފަހިންގިޖަރީމާތައް ޢާއްމުންނަށް އެގެންލަސްވެއްޖެއޭ...ލަސްވެއްޖެޔޭ،..ލަސްވެއްޖެޔޭ ވަގުތުން އެގެން ޖެހޭނެޔޭ
ހޯމް މިނިސްޓަރު
05 September 2019
ބަލަ އޭޖީ! ތަ މިހާރު މަ ކުރަން ޖެހޭ ކަންކަން ވެސް ކުރަނީ ތަ؟ ބަލަ ފުލުހުންނަށް ކަންކަން އެންގުން އޮންނަނީ މަށަކަށް ނޫންތަ؟
ކާޖާ
05 September 2019
ވެރިން އަންގާހާ ގޮތަކަށް ކަންކަން ކުރުމުގެ ޝަގާފަތް ނަންތާލަން ޖެހެއެވެ. އެކަން ކުރެވޭނީ މިކަހަލަ ކަންކަމަށް ފިޔަވަޅު އެޅިގެނެވެ. ވެރިންނަށްވެސް އިބުރަތެއް ލިބިގެނެވެ. ވެރިން ބޭނުންހާ ގޮތަކަށް ކަންކަން މިހާރު ނުކުރެވޭނެ ކަމުގެ މިސާލަކީ އެކަށީގެންވާ ސަބަބެއް ނެތި އެފްއައިޔޫގެ ވެރިޔާ މަގާމުން ވަކިކުރުމުން ގަވަރުނަރަށް ކުރިމަތިވި ކަންކަމެވެ. އެންމެ ފަހުން މަގާމުން ވަކިވާން ޖެހުމެވެ.
ޢެއިމް
05 September 2019
ޠިޔަ ޖިނާހްއަކީ ޕްރޮމޯޝަނާއި ކުރިއެރުން ހޯދުމަށްޓަކައި ބޫތު ކައިފަ ހުރި މީހެއް. ކުށް ނުކުރާ މީހުން ކުށްކުށުގައި ބައްދާލުމަށް އޭނާ ވަރަށް ކުޅަދާނަވާނެ.
ޙަމްދޫން. ބޮންޒޯ. ތ.ދިޔަމިގިލި
05 September 2019
ދެ އިންޓެލް ފުލުހުންނަކީ ދީނީ ހަރުކަށި މީހުން ތޯ ބަލާތި ނޫނީ ކޯއްޗެއްދީގެންތޯ އިންޓެލް ފޮރުވީ އަހާތި. ޔާމީނާއި އަދީބު އާ ދީނީ ހަރިކައްޓޭ ކިޔާ މީހުނާ ކޮން ބެހޭ ކަމެއްތޯ އޮތީ ބަލާތި. 5އަހަރު އަމިއްލަ ބޮލުގަ ބަދުނާމު އަޅުވައިގެން އެއްވެސް ތިމާގެ ނޫނީ ކުލުނެއްނެތް ދީނީ ހަރުކަށިބަޔަކު ހިމާޔަތް ކުރީ ކީއްވެތޯ ބަލާތި.
ބިސްބޮންގޮންގް
05 September 2019
ދެން ކޮބާ އެކަން ކުރުމަށް އެ ދެފުލުހުންނަށް ކޮމާންޑުކުރި ވެރިޔާ ނުވަތަ “ބޮސް”؟ އެމީހަކުވެސް ހައްޔަރު ކުރެވެންޖެހޭނެ ދޯ؟ އެންމެ ރަގަޅު ގޮތަކީ ފުލުހުންގެ އިންޓެލް ޑިޕާޓްމަންޓް އެއްކޮށް އުވާލާ، އާ ބަޔަކު ޓްރެއިންކޮށް އަލުން އެކުލަވާލުން. އަދި ވަގުތީ ގޮތުން ސިފައިންގެ އިންޓެލް ޑިޕާޓްމަންޓުން މުޅި ރާއްޖެ ކަވަރު ކުރުން! ސީސީޓީވީ ކެމެރާ ސިސްޓަމްތައްވެސް ފުލުހުން އަދި ސިފައިން، ދެ މުއައްސަސާއިން ވަކިވަކިން މޮނިޓަރ ކުރުން
ޢިބޫ
05 September 2019
ވެރިޔާއަކީ ގައުމުގެ ވެރިޔާތަ؟
އުމަރު ބުނި މާސް
05 September 2019
ސަކާރާތް ނުޖަހާ ރިފްއަތޫ.
ބައިތުލްމާލު
05 September 2019
މިހާރުން މިހާރަށް ރައީސް ސޯލިހު ސްޓޭޓް އެމެޖެންސީ އެއް ހިންގުމަށްފަހު މިކަމުގައި ބައިވެރިވި ހުރިހާ ފަރާތް ތައް ހޯދާ ހިފާ ހައްޔަރު ކުރުމަށްފެނޭ. ސަބަބަކީ މިފަދަ ރިޕޯރޓް އެއް ނެރެފައިވާ ދަނޑި ވަލެއްގައި މިފަދަ ރަހުމު ކުޑަ ބަޔަކު މާލޭގަ އާއި ރާއްޖެ ތެރޭގެ ރަށް ތަކުގައި ކޮންމެ ފަދަ ބޮޑު ޖަރީމާ އެއް ހިންގަފާނެތީ. އެހެންވެ މިވެރިންގެ ކިނބައިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިހާރުން މިހާރަށް އެކްޝަން ނަގަންޖެހޭ ކަމަށް ދެކެން.