"ތިބާ ސައިކޮލޮޖީ": ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ފަޒްނާ (ކ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 ސެޕްޓެމްބަރ 2019 - 13:29
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ "ތިބާ ސައިކޮލޮޖީ" ސެންޓަރު ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހުޅުވައިދެއްވި ސެންޓަރު ހުންނާނީ މ. ފްލެމިންގޯ ގޭގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ އެންމެން ގުޅިގެން އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަން އެދިވަޑައިގެންފަ އެވެ.
ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ މީހުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ އެއީ އުފާކުރައްވާ ކުރިއެރުމެއް ކަމަށެވެ.
ނަފްސާނީ ބަލިތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމުގައި ރާއްޖެ އޮތް ހާލަތު ދެނެގަތުމަކީ އަލަށް ހުޅުވި ސެންޓަރުގެ އަމާޒެކެވެ.
އެތަނުން މިހާރު ފަރުވާދޭ ކަންކަމުގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީއާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އާއިލީ އަދި ދެމަފިރިންނަށް ހާއްސަ ކައުންސެލިން ވެސް ދޭނެ ކަމަށް ތިބާ ސައިކޮލޮޖީން ބުންޏެވެ.
"ތިބާ ސައިކޮލޮޖީ": ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
ބެލެނިވެރިންނާއި ކުދިންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް ތެރަޕީ ދޭން ފަށާނެ ކަމަށާއި، ކުޑަކުދިންނާ ގުޅުންހުރި ކަންކަމާއި ކިޔެވުމުގައި ދަތިތައް ދިމާވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އެތަނުން ބުނީ ކައިރި މުސްތަގުބަލެއްގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ވެސް ދޭން ފަށާނެ ކަމަށެވެ.
ތިބާ ސައިކޮލޮޖީ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00-5:00 އަށް އަދި ކަނޑައަޅާ ބައެއް ރޭރޭ 7:00-10:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުު
10 September 2019
މެޑަމް ފާތުން
މެޑަމް ކަދުރު
10 September 2019
ކަމާ ނުގުޅޭ ވާހަކަ ލޮލް
ނަފްސާނީ.. ..
09 September 2019
ނަފްސާނީ ބައްޔަކީ ވެސް ޖެހޭ އެއްޗެކެވެ. ނަމަވެސް ރާއްޖޭގައި ގިނައީ ނަފްސާނީ ބަލި ޖެހިފަވާ މީހުންނެއް ނޫނެވެ. އިސްލާމީ ތަރުބިއްޔަތު ނުދެވި، ބެލެނިވެރިން އިހުމާލު ވުމުގެ ސަބަބުން ކުށް ކުރުމަށް ހުށަހެޅިފަވާ މީހުންނެވެ. އަދި އެފަދަ މީހުން ކައިވެނި ކުރުމުން ތަޅާފޮޅާ އުޅޭތަނެއް ހަލަބޮލި ކޮށްލަ އެވެ. ވަރި ކޮށްފިއްޔާ ބަފާ ދަރިޔަކަށް ޚަރަދެއް ނުކުރެ އެވެ. ނުވަތަ މަންމަ ބަފާ ބޮލަށް ދަރި ޖަހައެވެ.
އަސްލަމްމް
10 September 2019
"ނަމަވެސް" މީވަރަށް ވިސްނާފަ ބޭނުން ކުރަން ޖެހޭބަހެއް މިހާރު.
ހުސެން
09 September 2019
ވަރަށް ދަންނަ މޫނުތަކެއް، ހަގީގަތުގަ ދެވޭ އެއްވެސް ހިދުމަތެއްނެތް، އަނެއްކާވެސް އާ ނަމެއްގަ ތަނެއް ހުޅުވީ ދޯ މީހުންއަތުން ލާރިތަކެއް ފޭރެން، މިފަދަ ތަންތަނުން އަގުތައް ނެގޭނެ މިންގަނޑުތަނެއް ކަނޑައަޅާ ހިދުމަތް ދެނީ ކަމަށްގާބިލު މީހުންތޯ މޮނީޓަރކޮށް ބެލެހެއްޓުން މުހިންމު،
އަހްމަދު
09 September 2019
މިހާރުގެ މަހާރެހެންދި ގެ ފިރިކަލުން ރައްޔިތުންގެ މަޖިލީހުގައި 25އަހަރު ގޮނޑި ހޫނުކުރެއްވި. މިދެންނެވި 25އަހަރުގެތެރޭގައި އެއްވެސް ނަފްސާނީ ބަލީގެ މީހަކަށް ކަަމަނާ އެހީއެއްދެއްވިންތޯ؟
މުނާ
09 September 2019
ކުރިން ނުކޮށް އޮތް ކަމެއް ވިއްޔާ މިހާރު ކޮށްގެން ނުވަނީތަ?
ކަނަމަދޭ
09 September 2019
ރާއްޖޭގަ މިހާރު މިއޮތީ ރަސްކަމެއްނޫން! މަހާ ވިޔަސް ނުވިޔަަސް ރެހެންދިއެއް ނުހުންނާނެ ރާއްޖޭގަ!
ސޫޖީ
09 September 2019
ސަދަގާތް ފައުންޑޭށަނުގެ ހަބަރެއް ހާދަ ނުވެޔޭދޯ މިހާރު!
އިބުރާ
10 September 2019
މަހާ ރެހެންދި ފިރިކަލުންނަށް ކެމްޕެއިން ކުރުމަށް ހިންގާ ތަނެއް ހުޅުވީކީ ނޫން. މަހާރެހެންދިގެ ހައިސިއްޔަތުން އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ.
ޖާހިލު ވިސްނުން ދޫކޮށްލާ
10 September 2019
އަސްލު ތިއޭ މައްސަލަ އަކީ؟ ރައްޔިތުންގެ މަޖްލިސް މެންބަރުންނަކީ ގާނޫނު ހަދާ ބައެއް. އެމީހުން އެއީ އަހަރުމެން ވޯޓު ލާ މީހުންނަށް ލާރި ބަހަން ޖެހޭ ބައެއް ނޫން. ދެން އެމީހުންގެ އަނބިންނާ ދަރިންވެސް ނުޖެހޭ ލާރި ބަހަން. އަދި ބެހިއަސް އެކަން އިއުލާން ކުރަން ނުޖެހޭ. ތިހިރަ ނާތަހުޒީބު ވިސްނުމެއް ދޯ.
އަދާލަތު
09 September 2019
މިހާރުން، މިހާރަށް މި ސެންޓަރުން ރައީސް ނަޝީދަށް ފަރުވާދެއްވަން ފެއްޓެވުމަށް ގޮވާލަން.
ދޮބާސީ
09 September 2019
ރަންގަޅު ވާހަކައެއް. ތިޔަސެންޓަރުން އެންމެ ފުރަތަމަ ފަރުވާދޭންވީ މީހަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެރައީސް އަންނި އަށް.
ދޮން އާމިރު
09 September 2019
އޭއެއްކަލަ، ކޮންމެކަމަކާއި ރައީސް ނަޝީދު.
ހަގީ
09 September 2019
ލިސްޓުގެ އެންމެ ކުރިއަށް ލާންޖެހޭނީ މިހާރުގެ "އާ"ބިރު ޖާބިރު. ދެން އިއްޒަތްތެރި ރައީސް އަދި ކުރީގެ ރައީސް އަދި ވާންއުޅޭ ރައީސްގެ ނަން އަންނަންވާނީ. މަޖްލިސް މެމްބަރުންވެސް ރީތި މިސާލު ދެއްކީމަ ރައްޔިތުން ބަލައިގަންނާނެ.
ކޮކްޓެއިލްރައީސް
09 September 2019
އޭނަ އެކަނިތަ، އެކަހަލަ ބައިވަރު މީހުން.........ފަރުވާ އަވަސް ކުރައްވާ
އައްޑޫ ހިތަދޫ ކުއްޖާ
09 September 2019
100އިގެ ވާހަކައެއް.