ރ. އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް
12 ސެޕްޓެމްބަރ 2019 - 00:14
ސަރުކާރުން އެދެނީ ތައުލީމީ ނިޒާމުގެ ތެރެއިން ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރ. އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރަން އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ރައީސް ވިދާޅުވީ ހައްގަށް ލޯބިކުރާ، ނަޒާހަތްތެރި ފަރުދުން ބިނާކުރެވޭނީ ރިވެތި އަޚުލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތުކޮށްގެން ކަމަށެވެ. ކިޔަވައިދިނުން މުހިއްމު ވަނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ކާމިޔާބީއާ ތައުލީމު ގުޅިފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފަރުދީ ގޮތުން ބަލާ ނަމަ މުޖުތަމައު ބަލައިގަންނަ ފަދަ ޝަޚުސިއްޔަތަކަށް މީހާ ހަދައި ދެނީ އެމީހާ އުނގެނޭ އިލްމުން. މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ވަކި ވަކި ފަރުދުންގެ އިލްމީ ހޭލުންތެރިކަން ހުރި ނިސްބަތަކުން،" ރައީސް ވިދާޅުވި އެވެ.
އިގުތިސާދީ ހާލަތު ރަނގަޅުކުރާނެ ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެދެނީ ވެސް އިލްމީ ގާބިލްކަން އިތުރުވުމުން ކަމަށާއި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރާއްޖެއަށް ލިބޭ ތަނަވަސްކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ތެރޭގައި އުފެއްދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތައުލީމު ދިނުމުގެ އެންމެ އަސާސީ ބޭނުމަކީ އެއީ،" ރައީސް ވިދާޅުވި އެވެ.
ރ.އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރައޯސް އޮފީސް
އަލިފުށީ ރައްޔިތުންނަށް ތައުރީފު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށަކީ އުއްމީދުކުރާ ފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. ނޫ އިގުތިސާދުގައި އަލިފުށީ ވަޑިންގެ ހިއްސާ ބޮޑު ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަޑާން ކުރުމުގެ އިތުރުން ވެސް ކުރިއަރުވަން ޖެހޭ ކިތަންމެ ހުނަރެއް ދިވެހިންގެ އެބަހުރި ކަމަށާއި ކޮންމެ ކުއްޖަކަށް އިމްތިހާންތަކުގައި މަތީ ވަނަތައް ނުހޯދުނަސް އަމަލީ މަސައްކަތުގައި ގާބިލް ބަޔަކަށް ވެދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތުގައި، ވަށައިޖެހޭ ތައުލީމަށް އިސްކަން ދީފައިވަނީ އެ ބޭނުމުގައި. މަދަރުސީ މަރުހަލާއަކީ، ކުދިންގެ ކިބައިގައި ހުރި ހުނަރުތަކާއި ގާބިލުކަން ދެނެގަތުމުގެ މަރުހަލާ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަލިފުށީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަލިފުށީ ސްކޫލަށް އެކި ގޮތް ގޮތުން ހިދުމަތް ކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑް ދިނުން ވެސް މިރޭގެ ޖަލްސާގައި އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާކް ޕޫލް
12 September 2019
މޮލު ވާހަކަ ދެއްކުމަކީ މަދުމީހުންނަށް ވާކަމެން ނޫން އެކަމަކު މޮޅުކޮށް އެންމެނަށް ފައިދާވާ ގޮތަތް އިހުލާސްތެރި ކަމާއި ކަންރެވޭނީ މަދު ބަޔަކަށް.. ވާހަކަޔަކުން ކެއްކޭނެ ރިހަޔެއް ނޮއޮންނާނެ.
ކިޔު5
12 September 2019
ރައީސުގެ އިޚްލާސްތެރިކަމާމެދު އުފާކުރަން.
އާނިޔާ
12 September 2019
ޢަމަލާ ބަހާ ދިމާ ނުވޭ.. ސޮރީ ޓޫ ސެއި ދިސް..
ގައުމީ ލޯބީގާ
12 September 2019
މަށަށް ފެންނަނީ މަނިކުފާނު ވެރިކަމުން އިސްތިއުފާދީފަ ތިކިޔާފެންވަރުގެ ބަޔަކު މިގައުމުގަ އުފެއްދޭ ފެންވަރުގެ އިލްމީ ގާބިލް ކަން ހުރި މީހަކަށް ވެރިކަމަށް އާދެވޭނެ މަގެއް ތަނަވަސްކޮއްދޭން އެއީ މަނިކުފާނުގެ ގާބިލް ކަމެއް ނެތުމާ ބުނާބަހުގަ ތެދުވެރިކަމެއް ނެތީމަ .އަދި އެފަދަ ހަރުދަނާ ކަމެއްވެސް ނެތީމަ .އެފަދަ ފުރުސަތެއް ނުލިބޭނެނަމަ މިގައުމުގަ މީގެ ކުރިން ދެކެމުން ދިއަކަންތައް ތަކުންވެސް މަހްރޫމުވެ ރައްޔިތުމީހާ އެތަށް ހައްގަކުން މަހްރޫމުވާނެތީ .
އާނިޔާ
12 September 2019
ތިބުނާ ތަޢުލީމީ މީހުންނަކީ ކޮބައިބާ.. ؟؟ އިބްލީސްތޯ؟؟
ޢަފްރާދު
12 September 2019
އަނެކުންގެ ޙައްޤުތައް ނިގުޅައިގަނެ އެ ޙައްޤުތައް ތިމާމެންގެ ބާރުވެރިކަމުގެ ދަށަށްލައިގެން ބޭނުންހާ ގޮތެއް ހަދަން ރެއާދުވާލު ތިމާމެންގެ ޝަޚުސް އޮޅުވާލައިގެން އުޅޭ ބަޔަކު ރާއްޖޭގައި އުޅޭތާ ކިތަންމެ ދުވަހެއްވެއްޖެ މިކަން ކަމަށް ރާއްޖޭގައި ފުރުޞަތު ދެވުމަކީ މީހުންގެ ޙައްޤުތަކަށް ރާއްޖޭގައި އެއްވެސް ޙުރުމަތެއް ނެތްކަމުގެ އަލިގަދަ ހެއްކެއް
ޢަލީ
12 September 2019
ޙައްޤުގެ ވާހަކަ މަނިކުފާނު ނުދައްކަވާ. ކަމަށް އެކަށޭނަ ޤާބިލް މީހުން ތިއްބާ ނާޤާބިލް ކަމަށް އެކަށީގެންނުވާ މީހުންނަށް ވަޡީފާގެ ޙައްޤު ހަމަ ބޮޑީތޯ? ތިމާ ދައްކާ ވާހަކައާ ޢަމަލާ ދިމާކޮށްބަލަ. ޙައްޤަށް މަސައްކަތްކުރަން މާތް ﷲ ދެއްވި ފުރުޞަތަށް ޙަރާންކޯރު ނުވޭ.
ާކުލާހަށް
12 September 2019
ބަހާ އަމަލާ ދިމާ ނުވެ
ބޯހާސީ
12 September 2019
ކޮން ހައްގެއްތޯ؟ އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރަނީ ނަޝީދުގެ ހައްގު ނޫނީ ނަޝީދުގެ ވިލާތުގެ ކުދިން ބުނެގެން ނަޝީދު ބުނާ ހައްގު! ނަޝީދުގެ އެކްޓިވިސްޓުންގެ ހައްގު! ނަޝީދުގެ އާއިލާގެ ހައްގު! އެމްޑީޕީއަކީ އުފެދުނުއިރު އުންމީދީ ޕާޓީއެއް! މިއަދު ވަރަށް ދެރަވަރު!
އަޙުމަދު.
12 September 2019
ބޯހާސީ ، ކިއުމަށްވުރެ ބޯހާސްވީ މިހެންކިއުން މާރަނގަޅު. ހެދުނު ހުސްބަނޑާހުރެ ހުދުކާފޫރު ފެންފޮދެއް ބޯލައިގެން އަތިރިމަތީ ހޮޅުއައްޓަށް ނިކުމެ ޤައުމާ ދޭތެރެ ނިކަން ވިސްނާލަބަލަ.
ޑެރަާ
12 September 2019
ތި ކަންތައްވެސް ވާނެތަ ކަލެޔައް؟؟
އަލިބެއްޔާ، އެކުވެރިސުވައިދީބް
12 September 2019
ވަރަށް ރަނގަޅު ވާހަކަފުޅެއް. މި ރާއްޖޭގައި ހުޅަނގުގެ ޔަހޫދީ ފަލްސަފާ އަށް ވެރިކަމެއް ނުކުރެވޭނެ. މަނިކްފާނު ހުރިހާ ފިކުރު ތަކެއްގެ ބޭފުޅުންނާ އެކު ގުޅިވަޑައިގެން ދިވެހި ގައުމާއިގެން ކުރިއަށް ވަޑައިގަންނަވާ. ދިވެހި ސިފައިންނާ ދިވެހި ފުލުހުންނާ އަދި ގިނަ ރައްޔިތުން ތިއްބެވީ މަނިކްފާނާ އެކުގަ. މާތްﷲ މަނިކުފާނުގެ ވެރިކަމުގައި ބަރަކާތް ލައްވައި މި ގައުމު އަމާން ކަންމަތީ ލަހައްޓަވާށި. އާމީން