ޚަބަރު / އާއިޝަތު ނަހުލާ (އާއިޝާ)، ކުރީގެ މިނިސްޓަރު

ރައްޔިތުން އަޅުގަނޑު ބަލައިގެންފި: އައިޝާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ -- ފޮޓޯ: މިހާރު

މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އަމާޒުވި ފާޑުކިޔުންތައް ބަދަލުވެ އާންމުން މިހާރު އޭނާ ބަލައިގެންފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ހަގު އަނބިކަނބަލުން އައިޝާއަށް އާ ސަރުކާރުގެ މިނިސްޓަރުކަން ދޭން ނިންމުމުން ގިނަ ބަޔަކު ފާޑުކިޔެވެ. ރާއްޖޭގައި ގާބިލް މީހުން ތިއްބައި އައިޝާއަށް މަގާމު ދެއްވަނީ ގާސިމްގެ އަނބިކަނބަލުންނަށް ވީމަ ކަމަށް ވެސް ފާޑުކީ މީހުން ބުންޏެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ މިނިސްޓަރަކަށް އައްޔަން ކުރަން ނިންމުމުން 98 ޕަސެންޓް ކޮމެންޓް ލިބުނީ ނެގަޓިވްކޮށް ކަމަށެވެ. ޒާތީނުވެ ކިޔާފައިވާ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށާއި އެކަމަކު "ހިތްދަތިވާ" ފަދަ ގޮތަކަށް ހުރި ފާޑުކިޔުންތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ.

"ވަކި މީހެއްގެ ފިރިއަކަށް ވީތީ، ވަކި މީހެއްގެ އަންބަކަށް ވީތީ، ވަކި އާއިލާއަކުން އަޔަތީ، ރާއްޖެތެރެއަށް ނިސްބަތްވާތީ ނުވަތަ މާލެއަށް ނިސްބަތްވާތީ މިއީ އަޅާކިޔުން. އަންހެނަކަށް ވީތީ ނިކަމެތި ކުރާކުރުން އެއީ އަޅުގަނޑު ދުވަހަކު ވެސް ގަބޫލުކުރާނެ ކަމެއް ނޫން،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ނުދެއްވީ އަމަލީ މަސައްކަތްތަކުން އެކަން ދައްކަވާށެވެ. އެހެންކަމުން އޭނާއަށް ކުރެއްވުނު މަސައްކަތްތަކާ އެކު މިހާރު ރައްޔިތުން އޭނާ ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިއަދު ވިސްނުން ބަދަލުވިތަން ފެނިއްޖެ. ވަރަށް އުފާކުރަން އެކަމަށްޓަކައި... ރައްޔިތުން ބަލައިގެންފިކަން އަޅުގަނޑު ގަބޫލުކުރަން،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވަން ޖެހުނު ހިސާބުން ވެސް އެއީ ކިހާ ގޮންޖެހުންތައް ބޮޑު ތަނެއްކަން އެނގިވަޑައިގަތެވެ. އަދިވެސް މަސައްކަތް ބިނާކުރައްވާނީ އެއީ ރައްޔިތުންގެ ޝަކުވާތައް ގިނަ ތަނެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އައިޝާ ވިދާޅުވީ ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ސަރުކާރުގެ މަސައްކަތްތައް ލަސް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން ކަންކަން ކޮށްފައި ހުރީ އެއްވެސް އުސޫލެއް ނެތި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

67 ކޮމެންޓް, 207 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 1%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސޭނުބޭގެ އާދަން

17 September 2019

އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގެންފިން. ކަމަނާގެ ރީތި ކަމަކީ އެންމެ ބަލައިގަންނަ ކަންތައް. ކަމަނާއަކީ ވަރަށް ހިތްވަރުގަދަ ހިންގާލެވޭ ކަނބަލެއްކަން އާއިލާއަށް ބެލުމުންވެސް ފެނޭ. ކަމަނާގެ މުސްތަޤްބަލް ވަރަށް އުޖާލާވާނެ. އިންޝާﷲ

The name is already taken The name is available. Register?

މަގުފުޅާޓިނު

17 September 2019

"އެހެންކަމުން އޭނާއަށް ކުރެއްވުނު މަސައްކަތްތަކާ އެކު މިހާރު ރައްޔިތުން އޭނާ ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށް" ވިދާޅުވި އެވެ. ކޮބައިބާ އެބުނާ މަސައްކަތް ތަކަކީ، ހަމައެކަނި ޓެކްސީ ދަތުރުގެ އަގުތައް ކަނޑައެޅުންބާ!

The name is already taken The name is available. Register?

އާސަ

16 September 2019

އައިޝާ ތީ ހަމަ ފިސާރި ކަނބަލެއް އަޅުގަނޑު ވަރަށް ތާއީދު ކުރަން

The name is already taken The name is available. Register?

ހަބޭސް222

16 September 2019

އަމިއްލަޔަށް ބޮޑާވާ އަންހެނެއްދޯ މީ! މަހީކުރީ ވަރަށް ވިސްނޭ ހިންގުންތެރި އަންހެނެއްކަމަށް! އަދިކިރިޔާ މި އެގުނީ ވަރަށް ދެއްކުންތެރި އަންހެނެއްކަން! މުޅިން ފޫހިވެއްޖެ!

The name is already taken The name is available. Register?

ާއުނިމާ

16 September 2019

ތީ ތިޔަ މަޤާމުގައި ހުންނަންޖެހޭ ބޭފުޅެއްވެސްނޫން! ނިކަމަކެތި ތަޢުލީމީ ޤާބިލް އެތައްބައެއް މިޤައުމުގައި އެބަތިބި!

The name is already taken The name is available. Register?

ބޯގަންވިލާ

16 September 2019

ކޮންގޮތަކައް ބަލާ ގަތީ

The name is already taken The name is available. Register?

އަޙުމަދު.

16 September 2019

ކަމަނާ ތިވާހަކަ ތިދައްކަނީ އަދިމުޅިން ރަނގަޅަކަށްނޫން، ތިމާއަމިއްލަ އަށް ރައްޔިތުން ތިމާ ބަލައިގެންފިވާހަކަ ދެއްކުމަކީ ވަރަށްހަޑިކަމެއް، އަދި ިތމާގެ މޮޅުވާހަކައާއި ހިންގުންތެރިކަމާ ކުޅަދާނަކަމުގެ ވާހަކަ އަމިއްލައަށް ދެއްކުމަކީވެސްއެހާމެ ހަޑިކަމެއް، އެމީހެއްގެ ރަނގަޅުވާކަ އާއި ހިންގުންތެރި ކަމާ ކުޅާދާނަ ކަމުގެ ވާހަކަ ދައްކާނީ އަބަދުވެސް އެހެންމީހުން، ތިމާއެއް ނޫން. ނަމަވެސް ސޭޓު ދެއްކުމަކުންމައްސަލައެއްނެއް. ތީ އަމިއްލައަށް މަބޮޑުހެދުން.

The name is already taken The name is available. Register?

ރަންނަމާރިޔާ

16 September 2019

ކަބާ...ބަލި ރައްޔިތުން ބަލައިގަންނަން ތީ ކުފޫ ހަމަވާ މީހެއްނޫން...އަމިއްލަ ނަފްސާ ސުވާލު ކޮށްލަބަ..ކަތަން ދިވެހިންގެ ހައްގު ތޯ....މޮޔަ ނުގޮވަބަލަ

The name is already taken The name is available. Register?

ސަާރާ

15 September 2019

ބަޔަކު ބަލާ ނުގަތަސް މަ ހމގާމުވެސް ބަލާގަނެފިން. އަނެއްކާ ހިތުން ރުހުމުން. ލޮލާ ބޮލުން އަދި އަތާފައިން. ތީވާ ކަމަނާއެއް. މޫނޭ ތިއީ ހިތް އެދޭ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

15 September 2019

ޔާމިންސަރުކާރުގަ ހަދަމުންދިޔަ ޒަމާނީ މާކިންނިޒާމު ނެގީމަތަ ކަމަނާ ބަލައިގަންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454