މިނިސްޓަރު ޝާހިދު ސައުދީ އަރަބިއާއަށް ފުރައި ވަޑައިގަންނަވަނީ: އިޒްރޭލްގެ ނިންމުމާ ގުޅިގެން އޯއައިސީގެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/ފޮރިން މިނިސްޓްރީ
15 ސެޕްޓެމްބަރ 2019 - 14:21
ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިޒްރޭލުން ކުރަމުންދާ މަސައްކަތާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއާއަށް ވަޑައިގެންފި އެވެ.
ސައުދީގެ ޖިއްދާގައި މިއަދުން ފެށިގެން ކުރިއަށް ދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝާހިދު ސައުދީއަށް ފުރައި ވަޑައިގަތީ އިއްޔެ އެވެ. އެ ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިޒްރޭލުން އިއުލާން ކުރުމާ ގުޅިގެން ބާއްވާ ބައްދަލުވުމެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައިވަނީ މިނިވަންކަން ހޯދަން ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ.
ހުޅަނގު އައްސޭރީގެ ބައެއް އިިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ނިންމި ނިިންމުމާ ގުޅިގެން ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާއިރު، އިޒްރޭލްގެ އެ ނިންމުން ކުށްވެރިކޮށް، ރާއްޖެއިން ވަނީ ބަޔާން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްޑޫ ކަތީބު
15 September 2019
ދަތުރުކުރުން ނުން ކަމެއް މިހަރަކު ނެތް. ކޮންމެ ދުވަހަކު ފަލަ ސުރުހީޔަކަށް އަރަނީ ކޮންމެވެސް ވަޒީރަކު ރަސްމީ ދަތުރެގަ ފުރާކަމަށް. އަނެއް ސުރުހީގަ އޮންނަނީ ބަޛެޓް ހުސްވިވާހަކަ ނޫނީ ހަޒާނާއިން ބިލިޔަން މަދުވިވާހަކަ، ވަންނަ ވާހަކައެއް ނޯވޭ. ސުވާލަކީ ކިހާދުހަކުހޭ ހިފެހެއްޓޭނީ، ނުވާވަރުކަންތަށް ކުރަން ނޫލެ އެހެންކަމަކާ އުޅުނިއްޔާ މާރަންގަޅެއްނޫން.
ކިޑު
15 September 2019
އުފާވެރި ޗުއްޓީ ދަތުރަކަށް އެދެން
ބަބުރަންޖީ ހާޖީ
15 September 2019
އޯއައިސީއަށް ފޮނުވާންވީ ނަޝީދު. އޭރުން އޭނާ އިސްލާހުވާނީ.
ލިފްޓް އަބްދޯ
15 September 2019
އެލިފްޓުން މިލިފްޓަށް
ސާހިދުމޯދީ
15 September 2019
ކޮބާ 19 ޗައިނާއަށްދާންށޭކިޔާފަ ނުދެވުނުދޯ.....ސީނު ސަރުކާރުން އެއްބަސްނުވީދޯ
އެއްތާ ދެފައި ނޯ
15 September 2019
އަރާމުގައި އުޚުއްވާ ބޭފުޅެކެވެ.