އާތީ (ކ) އާއި މުހައްމަދު: ދެ ކޯޗުން ވެސް ވަނީ މަގާމުން އިސްތިއުފާދީފައި.-- ފޮޓޯ: މިހާރު
16 ސެޕްޓެމްބަރ 2019 - 09:14
މާލީ މައްސަލަތަކާ ހެދި ޓީމުގެ ހާލަތު ގޯސްވުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި މި ފަހަރުގެ ސީޒަނަށް އެންމެ އުނދަގޫ ހާލަތެއްގައި ތައްޔާރުވި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް މަގާމުން އިސްތިއުފާދީފި އެވެ.
ޓީސީއާ އެކު މި ފަހަރުގެ ސީޒަނަށް ކުރިމަތިލައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް ކުރިން އިރުޝާދުދިން ކޯޗު އާތީ އިސްތިއުފާދިންކަން ޓީސީގެ އޮފިޝަލަކު ވަނީ "މިހާރަ"ށް ޔަގީންކޮށްދީފަ އެވެ.
އާތީ އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ވަގުތު ކުޅުންތެރިނަށް ހުރި އުނދަގޫތަކާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު މި ދަނޑިވަޅުގައި ޕްރެކްޓިސްތަކެއް ކޮށްގެން އެދެވޭ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި އާތީ އަށް ވެސް މުސާރަ ދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވެފާވާއިރު، އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް އަންގައިފަ އެވެ.
ލީގުގައި މި ވަގުތު ޓީސީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ޓީސީ އަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، އެ ޓީމުން އޮތީ އަންނަ މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ބައިވެރިވާން ނަން ހުށަހަޅައިފަ އެވެ. ޓީސީން ވަނީ 2017 ވަނަ އަހަރުގެ ޝެއިހް ކަމާލް ކަޕް ކާމިޔާބުކޮށްފަ އެވެ.
ޓީސީގެ އޮފިޝަލަކު ބުނީ މިހާލަތު ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ދިން ފައިސާ މި އަހަރު ނުލިބުމުގެ އިތުރުުން އެ ޓީމުން ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބުނުވުން ކަމަށެވެ.
މި ފަހަރުގެ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް ވިކްޓްރީ އަށް ލީގުގައި ވާދަކުރެވޭނެކަމުގެ ޔަގީންކަން ލިބުނީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ މުސާރަ ދޭން އެ ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށް އައިސްގެންނެވެ. އެ ހާލަތުގައި ވިކްޓްރީ އޮއްވައި ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ މުހައްމަދު ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތްކޮށްފަ އެވެ.
ލީގުގައި އެންމެ ފަހުން ވިކްޓްރީ ކުޅުނު މެޗުތަކުގެ ކުރިން މުހައްމަދު ވަނީ އެ ޓީމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އޭރު އިސްތިއުފާ ނުދިނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ހައްގުގައި ކުރިއަށްދާން ބޭނުންކަމަށެވެ. އެކަމަކު އިސްތިއުފާ ދިނީ ކްލަބްގެ މެނޭޖްމަންޓާ ގުޅިގެން އެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށް ބުންޏެވެ.
މިދިޔަ އަހަރު މުސާރަ ނުދެވި ތަފާތު މައްސަލަތަކެއް ކުރިމަތިވެ، ދެ މެޗަކަށް ވިކްޓަރީ ހާޒިރުނުވެދިޔައިރު، އެ ޓީމުގެ ހާލަތު ރަނގަޅު ކުރަން އެފްއޭއެމުން ލޯނެއް ވެސް ދިނެވެ. ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، ވިކްޓްރީގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ. އަދި އެ ޓީމުގެ ޕްރެކްޓިސްތައް މި ސީޒަނުގައި ރަނގަޅު ގޮތެއްގައި އަދި ކުރެވިފައިވެސް ނުވެ އެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް ހަރަދުކުރި އެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނެވެ. މި އަހަރު ސަރުކާރު ކުންފުނިތަކާ އެކު އޭރު ހެދުނު އެސްއޯއީ އެއްބަސްވުންތައް އާ ނުކުރަން ނިންމުމުން ދެން ކްލަބްތަކަށް ފައިސާ ދޭން ނިންމީ އެފްއޭއެމުންނެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ.
އެފްއޭއެމުން މިހާތަނަށް ކްލަބްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވާއިރު، ގިނަ ކްލަބްތަކަށް ވަނީ މުސާރައިގެ މައްސަލަތައް ކުރިމަތިވެފަ އެވެ. މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް މާލީ ގޮތުން ދަތިވެފައިވަނިކޮށް ސްޕޯޓްސް މިނިސްޓްރީ ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ލީގު މެދުކަނޑާލުމަށް ފަހު ބުދަ އަލުން ފަށާނެ އެވެ. ބުދަ ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. އަދި ބުދަ ދުވަހުގެރޭ މާޒިޔާ ބައްދަލުކުރާނީ ދަ ގްރާންޑޭއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޜެންދޫ
17 September 2019
ކުލަބުތަކަށް ލާރި ދިން، ހިންގުންތެރިކަން ނެތީ.......
ނިއްޓެ
16 September 2019
މަ ކުރިން ވެސް ބުނިން މި ވެރިލަން ބަދަލްވީ ޓީސީ ދުވަސް ދާނެ ޔޭ ޓީސީ އައް ހަރަދުކުރީ ކާކުކަން އެއީ ސިއްރެއް.
ނަގިއްޔާ
16 September 2019
އެފްއޭއެމްއިން މިދިޔަ އަހަރު ވަރަށް ފޮނި ކަނޑާފަ މިއިހަރުގެ ސީޒަން ޖޫންގަ ފަށާއިރު ވަރަށް ހެޔޮ ބަދަލު ކުލަބުތަކުން ފެންނާނެ ވާހަކައާ މިފަހަރުގެ ސީޒަން ވަރަށް ރަގަޅަށް ދާނެ ވާހަކަ ބުނި. އެކަމަކު ކިހިނެއް މިވީ؟ ސީޒަން ފެށިގެން އަދި މާގިނަ މެޗުތަކެއް ނުކުޅެވޭ މިހާރު އެއޮތީ ދެކުލަބު ގޮތްހުސްވެ ބަގުރޫޓްވެފަ. ބައްސާމު އެފްއޭއެމްގެ ފިނި ކޮޓަރިއެއްގަ ހުރެގެން ކީއްތޯކުރަނީ؟ސަސްޓެއިނަބަލް ގޮތަކަށް ކުލަބު ހިންގުމުގަ ތިތަނުގެ އެހީތެރި ކަމެއް ނޯވޭތަ؟
އިޙްސާސް
16 September 2019
ކުޅެންވީ ހުސް އޮފިސްތަކުގެ ކުލަބު ފުޓުބޯޅަ. އެއޮފީހެއްގެ ކުޅުންތެރިއަކަށް އެއޮފީހަކުން މުސާރަދޭނެ. ދެން މިތަނުން ޤައުމީ ޓީމު ނަގާނީ. ރާއްޖޭގަ މިހާރު މިކުޅޭ ފުޓުބޯޅަ ކުރިއަކަށް ނުދޭ. މާޒިޔާ ކަހަލަ ކުލަބެއް ރީއްޗަށް އެއޮންނަނީ ރަގަޅަށް ފުޓުބޯޅައިގެ ހާލަތު އެނގި އެކަމަށް ވިސްނައިގެން މެނޭޖްކުރާތީ. ވެލެންސިޔާ، ނިއު، ވިކްޓަރީ މިހާރު އަނެއްކާ މިލިސްޓަށް ޓީސީ މިއޮއްއަރަނީ.
ޢަބުދުﷲ
16 September 2019
މާޒިޔާ އެހިފަހައްޓަނީ އެމީހުން ހިންގާ ވިޔަފާރިތަކުން
ކަލް
16 September 2019
ނޫން. ވީގޮތަކީ ބޮޑެތި ޖަރީ މާތަކުގެ ބަދަލުގައި ލިބުނު މަންފާތައް މިހާރު ލިބޭނެ މަގުތައް ބަންދުވީ.
މާރަނގާ - އައްޑޫ ސިޓީ
16 September 2019
ދެރަނުވެ ހަޤީގީބަދަލަށް އަދި ދުނިޔޭގައިކަންކުރާގޮތަށްވާސިލްވުމަށް ޔޫތުމިނިސްޓްރީއާއި އެފްއޭއެމް މަސައްކަތްފައްޓަވާ. * އޭއެފްސީ އަދި FIFA ގެއެހީގައި ތިލަދުންމަތިން ފާދިއްޕޮޅަށް North Zone ، ކ.އަތޮޅުން (މާލެއާއިއެކު)ދާލަށް Central Zone ކޮޅުމަޑުލުން އައްޑުއަށް Southern Zone ތައާރަފްކޮށް ކޮންމެޒޯނަކަށް އެސޯސިއޭޝަންހިންގުމުގެބާރުދީ ނެޝަނަލް ފުޓްބޯލް ފެޑަރޭޝަނެއްއުފައްދާ ހޯމްއަވޭއުސޫލަށްމުބާރާތްތައްއިންތިޒާމްކޮށް ތަފާތުކުރުންދޫކޮށްލީމަތިކަންހައްލުވީ.
މާރަނގާ - އައްޑޫ ސިޓީ
16 September 2019
ޖެހިލުންނުވެ ދާއިމީހައްލުހޯދުމަށްގެންނާންޖެހޭބަދަލުގެނޭ. ސަޕޯޓަރުންހޯދުމާއި ޓީމްތަކުގެމަޤުބޫލުކަންހަމައެކަނިފައިސާއަކުންނުހޯދޭނެ. * މުޅިރާއްޖެއަށް ލީޤުފުޅާކުރުމަށް AFC އާއި ފީފާގެއެހީތެރިކަންހޯދައި FAM ގެބަަލުގައި National Football Federation ޤާއިމްކޮށް ނޯތް، ސެންޓްރަލް އަދި ސަދާރން ޒޯނުކަޑައަޅާ ކޮންމެޒޯނަކަށް އަމިއްލަ އެސޯސިއޭޝަން ހިންގުމުގެބާރުދީ އެފަދަ އެސޯސިއޭޝަންތަކާއިޒޯނުލީގް ސީނިއަރޓީމްތަކުން ވޯޓްދީގެން ފެޑަރޭޝަންގެމަޤާމްތަކަށްމީހުންހޮވާ.
ޢަހްމަދު007
16 September 2019
ޓީސީގެ ޑޭވްއަކީ ނިއުގެ ސަސްޕެންޑު ކުރަން އެންމެ އަޑުހަރުކޮށް ވާހަކަ ދެއްކި މީހާ..މިއަދު މިއޮތީ ހާލަތު ބަދަލުވެފަ. އަވަހަށް ޓީސީ ސަސްޕެންޑުކުރޭ
މާރަނގާ - އައްޑޫ ސިޓީ
16 September 2019
1970 ގެ އަހަރުތަކުގައި ޤައުމީ މުބާރާތްކުޅުނުއިރު ފެނުނު އިންސާފަށް ލޯބިކުރާމީހުނަށް އިގޭނެ އައްޑޫ DNC އަދި އޭގެފަހުން ANC މާލެގޮސް އުދުހޭ މުފީދު (The Flying Man ) އާއި ލަބީބް އިބިރިހިމްކަލޯ މެންކުޅުނުކުޅުން. * މާލޭސަރުކާރުން އޭރުވެސް ޤަބޫލުކުރީ އެއީ ބިދޭސިޓީމްތަކެއްކަމަށް. * ތަފާތުކުރުންތަކާއި “ޖެއްސުމާއި ތުރާތަށް ބޮޑުވެގެން”އައްޑޫގެ ޓީމްތައް ހުއްޓާލުމުން އޭދަފުއްޓާއި، މަގްލަސް އަދި ހުއްރީއްޔާއަށްވެސް ޖެހުނީ އެހާލަތު. ރޭސިޒަމް ބޮޑުބައެއްތިއީ.
ކުލޭ
16 September 2019
ބަންސާމް ކުލަބުތަކަށް ދޭންބުނި ރުފިޔާ ކޮބާތަ?