ސްނިކާޒްގެ "މެރަތަން" ޗޮކްލެޓެއް.
18 ސެޕްޓެމްބަރ 2019 - 08:25
ސްނިކާޒް ޗޮކްލެޓަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ. މި ޗޮކްލެޓަކީ އެމެރިކާގެ މާސް އިން 1930 ގައި އުފައްދަން ފެށި އެއްޗެކެވެ. އެކަމަކު އިނގިރޭސިވިލާތުގައި "ސްނިކާޒް" އެންމެ ފުރަތަމަ ވިއްކީ މެރަތަންގެ ނަމުގަ އެވެ.
މެރަތަންގެ ނަމުގައި އެ ޗޮކްލެޓް ވިއްކީ ސެޕްޓެމްބަރު 9، 1990 އާ ހަމައަށެވެ. އޭގެ ފަހުން މިހާރު 30 ވަނަ އަހަރަށް އެޅީ އެވެ. އެހެންވެ އެކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި މިހާރު އަންނަނީ "ސްނިކާޒް" ޗޮކްލެޓް "މެރަތަން" ގެ ނަމުގައި ވިއްކަމުންނެވެ.
Snickers announces it's changing its name back to Marathon after nearly 30 years https://t.co/LLxbDU3gTi pic.twitter.com/mHY6NYT8Wg
— Daily Mirror (@DailyMirror) September 14, 2019
ތިން މަސް ދުވަހުގެ މުއްދަތަކަށް ވިއްކާ މި ލިމިޓެޑް ޗޮކްލެޓަކީ ރެޓްރޯ އެޑިޝަންގައި ނަމުގައި ނެރުނު އެއްޗެކެވެ. "މެރަތަން" ލިބޭނީ އިނގިރޭސިވިލާތުގެ މޮރިސަންސްގެ ސުޕަމާކެޓްތަކުން އެކަންޏެވެ.
މިކަމާ ބެހޭ ގޮތުން މާސްގެ ބްރޭންޑް ޑިރެކްޓަރު ގެމާ ބަގިންސް ވިދާޅުވީ ސްނިކާޒްގެ އަސްލު އިނގިރޭސިވިލާތުގައި "މެރަތަން" ގެ ނަމުގައި ނެރެން ނިންމީ ކުރީގެ ހަނދާންތައް އާކުރުމުގެ ބޭނުމުގައި ކަމަށެވެ.
"ހަމަމިއާ އެކު މިއީ މާސްގެ އުފެއްދުންތައް އިނގިރޭސިވިލާތުގައި ވިއްކާތާ 85 އަހަރު ފުރުން ވެސް ފާހަގަކުރަން ކުރި ކަމެއް. މެރަތަންގެ ނަމުގައި ނެރުނު ސްނިކާޒް ޗޮކްލެޓަކީ މި ގައުމުގައި ވަރަށް މަގުބޫލު އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "އެ ނަމުގައި ސްނިކާޒް ނެރުމަކީ އެތައް ހަނދާންތަކެއް އާކޮށްދޭނެ ކަމެއް."
ސްނިކާޒް އަކީ އިނގިރޭސިވިލާތުގައި ދެވަނަ އަށް އެންމެ މަގުބޫލު ޗޮކްލެޓެވެ. އެ ގައުމުގައި އެންމެ މަގުބޫލު ޗޮކްލެޓަކީ ކެޑްބަރީ ޑެއިރީ މިލްކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy