އަދީބު ފިއްލަވަން އުޅުއްވަނިކޮށް ހައްޔަރުކޮށް މާލެ ގެނައި ރޭ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ކޯޓަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
19 ސެޕްޓެމްބަރ 2019 - 14:47
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު ފުރުން މަނާކޮށްފައި ވަނިކޮށް އަދީބު ވަނީ މިދިޔަ މަހުގެ ކުރީކޮޅު ޓަގެއްގައި ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވަނިކޮށް އިންޑިއާގެ ބަނދަރަކުން އޭނާ ހިފަހައްޓައި، ވަނީ ރާއްޖެ އަނބުރާ ގެނެސްފަ އެވެ. އެ މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް ކުރީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ އަށް އޭނާ ވަނީ ކުރީގެ އަޑުއެހުމެއްގައި އެއްބަސްވެ ވަޑައިގެންފަ އެވެ.
އަވަސް ނިޔާ އިން އެ މައްސަލަ ނިންމުމަށްޓަކައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ކުރީގެ އަޑުއެހުމުގައި އަދީބު ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއްތޯ ކަށަވަރު ކުރެއްވުމަށް އޭނާއާ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދީބު ވިދާޅުވީ އެއީ ތެދު ދައުވާއެއް ކަމަށާއި އެ ދައުވާއަށް އިއުތިރާފް ވެފައި ވާނެ ކަމަށެވެ.
"ކުށަށް އިއުތިރާފް ވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި، އަމިއްލަ އިހްތިޔާރުގައިތޯ؟" މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވި އެވެ.
"އާދެ" ޖަވާބުގައި އަދީބު ވިދާޅުވި އެވެ.
ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ އަދީބުގެ އިއުތިރާފުންގެ އެ ދައުވާ ސާބިތުވާ ކަމަށާއި އަދި އަދީބު ކުށަށް އިއުތިރާފް ވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށް ކުރަން ޖެހޭތީ އާއި އަދަބުގެ މިންވަރުގެ މަތިކުރަން ޖެހޭ ހާލަތެއް އެ މައްސަލާގައި ނެތުމުން ތިން މަހާއި 18 ދުވަހަށް އަދީބު ޖަލަށްލާން ހުކުމް ކުރައްވާ ކަމަށެވެ.
އަދީބު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ އޭނާއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ. އަދީބު ފިއްލަވަން މަސައްކަތް ކުރެއްވުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެކަމަކު ކަރެކްޝަންސް އިން މިހާރު ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދު
20 September 2019
އާދައިގެ މީހަކު ކުރިކަމެއްނަމަ ނިމުނީ.. 40 އަހަރު ޖަލުގަ ހުންނަން ޖެހޭނެ
ޤައުމިއްޔަތު
19 September 2019
ވަރަށްވެސް އިންސާފުވެރި. ތިޔަ 3 މަހާއި 18 ދުވަހަކީ، އޭނާ ފިލަން މަސައްކަތްކުރުމާއި މުޅި ދައުލަތް ބަނޑުއަޅާލުމާއި ދެންވެސް ހިންގާފައިވާހާ ޖަރީމާއަކަށްވެސް އަންނާނެ ހުކުމް. ދެން އެއަށްފަހު ދައުލަތާއި އެކު ހެދި އިމިއުނިޓީ ޑީލްގެ ދަށުން މިނިވަންވާނެ. އިތުރު ދައުވާއެއް ނުކުރާނެ. ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ. ހަމައެކަނި ޔާމީނަށް ހުކުމެއް ކުރެވުމުން ފަނޑިޔާރުގެއާއި، މުޅިނިޒާމް އެ އިސްލާހުވީ.
ޢަބްދުﷲނާފިޒް
19 September 2019
"ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވި މައްސަލަފުޅުގައި އެމަނިކުފާނު ތިންމަސްފުޅާ 18 ދުވަސްފުޅަށް ޖަލުފުޅަށް ލައްވަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ". ބޮއެހަލާކު.
ގިޔާސް
19 September 2019
އަދީބު ފިއްލަވަން ޓަގުބޯޓުގަ ދަތުރުކުރެއްވީ ގިނިކަންޏާބާ! އާފަހެ ގައިމު ކޮންމެވެސް ބަޔަކާގުޅިގެން ނޫނީ ރާއްޖޭން ފުރި ޓަގުބޯޓެއްގަ ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގަ ފުރައިގެން ނުދެވޭނެ ނޫންބާ! އަނެއްކާ ޓަގުބޯޓު ފުރައިގެން ދަނިކޮށް ކަނޑުމަތިން ވަގަށް އަރާ ފިލާހުރީބާ!
ޙަނދު
19 September 2019
ޖަލަކީ ފްރީ ވެކޭޝަނެއް ހަދާލަންށާ، ޖިމް ޖައްސާލަންޖ ދާތަނަކަށް ވީމާ ކުށްކުރުން ގިނަވޭ
ކައްމަތިން
19 September 2019
ޛުޑިޝަރީ އިސްލާހު ކުރާމީހުން " ޗަރުކޭސް" ކުޅެނީ
ލިމް
19 September 2019
ހަފްތާއަކަށް ލި ނަމަ. މިއޮތީ ގައުމެއް.
ބަބުރުލް ސަލީމް
19 September 2019
މިހާރު ވާނުވާއެއް ނޭންގޭ. މިހާރު އަދީބުގެ ޖުމްލަ ޖަލުހުކުމަކީ ކޮބާ؟
ކުކުޅޭ ---
19 September 2019
ހުރިހާ ހުކުމް މާދަމާ އިން ފެށިގެން ތަންފީޒު ކުރަނީ
ބުރޮ
19 September 2019
އަލްހަމްދުލިއްލާހި