ދަ ކިޗެންގައި އެއްފަހަރާ 100އަށްވުރެ ގުނަ މީހުންނަށް ކޭޓާ ކުރެވޭނެ-- ފޮޓޯ: ދަ ކިޗެން
23 ސެޕްޓެމްބަރ 2019 - 10:41
ދަ ކިޗެން އިން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަންތަކެއް އެ ރެސްޓޯރެންޓުން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި 130ރ. އިން ފެށިގެން 260ރ. އާ ހަމައަށް ފަސް މެނޫއެއް ލިބޭއިރު ކުރިއަށް އޮތް ތިން މަސް ދުވަހު (އޮކްޓޯބަރު، ނޮވެމްބަރު، ޑިސެމްބަރު) ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ. މި މުއްދަތުގައި ޕާޓީތަކަށާއި އެހެނިހެން ހާއްސަ ހަފްލާތަކަށް ކޭޓަރިންގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެތަނުން ކޭޓަރިންގެ ހިދުމަތް ހޯދާ މީހުންނަށް އިތުރު ހިދުމަތްތައް ވެސް ލިބޭނެ އެވެ. އެގޮތުން ހަފްލާތައް ބާއްވަން ބޭނުންވާ މީހުންނަށް އިތުރު އެއްވެސް ފީއަކާ ނުލައި ރެސްޓޯރެންޓުގައި ހަފްލާތައް ބޭއްވޭނެ އެވެ. މި ރެސްޓޯރެންޓުގައި އެއްފަހަރާ 100 އަށްވުރެ ގިނަ މީހުންނަށް ކޭޓާ ކުރެވޭނެ އެވެ.
ދަ ކިޗެންގެ ޑެލިވަރީ ޕެކޭޖެއް-- ފޮޓޯ: ދަ ކިޗެން
ދަ ކިޗެން އިން މިހާރު ވަނީ ކޭޓަރިންގެ ހިދުމަތުގެ އިތުރުން ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ. މި ހިދުމަތް ފެށުމުގެ ގޮތުން ވެސް އެ ރެސްޓޯރެންޓުން ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި ތިން ޕާރުސަލް އޯޑަރު ކުރުމުން އެއް ޕާރުސަލް ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި ދަ ކިޗަންގައި ރޭގަނޑުގެ ކެއުމުގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ރެސްޓޯރެންޓުގައި މެންދުރުގެ ބުފޭ ނަގާ މީހުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކުގެ ކެއުން ހިލޭ ލިބޭނެ އެވެ. ދަ ކިޗަންގެ މެންދުރު ބުފޭ އަށް މީހަކު ދައްކަން ޖެހޭނީ 150ރ. އެވެ.
ދަ ކިޗަންގައި ހަވީރު ސަޔަށް ވެސް ބުފޭއެއް ކުރިއަށްގެންދެ އެވެ. މި ބުފޭ އަށް މީހަކު 120ރ. ދައްކަން ޖެހޭއިރު މި ބުފޭއިން ވެސް ތިން މީހުންގެ ތެރެއިން އެކެއްގެ ސައި ހިލޭ ލިބޭނެ އެވެ.
ދަ ކިޗެންގެ ލަންޗް ބުފޭ-- ފޮޓޯ: ދަ ކިޗެން
ދަ ކިޗަންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކުޒީންތައް ލިބޭއިރު ދިވެހި ކެއުން ވެސް ލިބެ އެވެ. އެގޮތުން ދިވެހި ކުކުޅާއި ފަރާޓާގެ އިތުރުން މެންދުރުގެ ކެއުމުގައި ވެސް ދިވެހި އެކި ބާވަތްތައް ހިމެނެ އެވެ.
ދަ ކިޗަން އިން ބުނާގޮތުގައި އެ ރެސްޓޯރެންޓާ އެހެން ރެސްޓޯރެންޓުތަކާ ހުރި ތަފާތަކީ ރަހައިގެ ތަފާތެވެ. އެ ރެސްޓޯރެންޓުގެ ރަހަ އާއި ކޮލިޓީ، އެހެން އެއްވެސް ބަޔަކަށް ވާދަ ނުކުރެވޭނެ ކަމުގެ ޔަގީންކަން ދަ ކިޗަން އިން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނިވާ ސަރަހައްދުން ވަގުތުން
24 September 2019
މިރަށުގައި ވޯޓަރ ސަޕްލައި ފެނުގަ ކަޅިސައި ތައްޓެއްވެސް /-6 ރުފިޔާ ކިހާ އަގުހެއުދޯ
ކަމަކުނުދޭމިހާރު
24 September 2019
ކުރިން ވަރަށް ރަނގަޅު ބުފޭ. އެކަމަކު މި ފަހަކަށް އައިސް ކަޑަ. އެހާ ލާރި ހަރަދުކޮށްފަ ދާކަށް ވަރތްއެއް ނޫން. އަދި އެންމެ ކަޑައީ މި ލަންކާ ސްޓައިލް ބުފޭ އޮންނަ ދުވަސްދުވަހުގެ ކާއެއްޗެހި. ހުވާ މި ބުނީ، ރަހައަކުން ރަހައެއް ނުލާ.
ސައްޓީ
24 September 2019
ސަރުކާރުން ދޭ މުސާރައިން ކުލިދައްކާފަ، ތިހާ އަގުބޮޑުކޮށް ކެވެން ނެތް ވާހަކަ ހިތާމަޔާއެކު ދަންނަވަން. އަދި ކިޗަން ރެސްޓޯރަންޓުން ތިއަށްވުރެ އަގު ހެޔޮކޮށްފި ނަމަ ކާން ދިއުމުގެ އުއްމިދު ކުރާ ކަމުގެ އުއްމީދެއް އޮތް ކަމުގައި ވެސް ދަންނަވަން
ނާދިރާ
23 September 2019
މާ އަގު ބޮޑީ، އެހެންވެ ނުދެވިގެން މިއުޅެނީ. ..
ހުސެޭނުބެ
23 September 2019
ތިތަނުގެ އަގު މާބޮޑީ. ޕްރޮމޯޝަން ޖެއްސީމަވެސް މާލޭގެ ރަގަޅު އެހެން ރެސްޓޯރަންޓްތަކަށްވުރެ އަގުބޮޑު. މަދިޔައީ އެންމެ ދުވަހަކު. ދެން ނުދާނަން ދުވަހަކުވެސް
ވޯލް
23 September 2019
ދުވަހުގެ އެންމެ މުހިއްމު ކއުމަށް ޙައްސަ ކަމެއް ނެތް، އެއީ ބްރެކްފާސްޓް. ތީތި ކަޑައޭ.