އެމްއައިބީގެ ހެޑް އޮފީސް:އެ ބޭންކުން ހިއްސާ ވިއްކަން ހުށަހެޅުމުން ބޮޑު ތަރުހީެއް ވަނީ ލިިބިފައި.---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
26 ސެޕްޓެމްބަރ 2019 - 13:37
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކަން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހިއްސާ ގަންނަން އެދިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
އެމްއައިބީން ފުރަތަމަ ފަހަރަށް އާންމުންނަށް ހިއްސާ ވިއްކުމަށް ހުޅުވާލި މި ފުރުސަތުގައި އެ ކުންފުނިން ވަނީ 6.98 މިލިއަން ހިއްސާ ވިއްކަން ހުޅުވާލައިފަ އެވެ. އެއީ ހިއްސާއެއް 35ރ. ގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ.
އެމްއައިބީން ނެރުނު ނޫސްބަޔާނުގައި ބުނީ ވިއްކަން ހަމަޖެހިފައިވާ މިންވަރަށް ވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހެޅުމާ ގުޅިގެން އެ ހިއްސާ އިންވެސްޓަރުންގެ މެދުގައި ބަހާލެވޭނެ އުސޫލު ބޭންކުގެ ބޯޑުން އެކުލަވާފައިވާ ކަމަށެވެ. މި އުސޫލަކީ އެ ބޭންކުގެ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުގެ މަތިން އާންމުންނަށް އިސްކަންދޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި އެ ބޭންކުގެ އައިޕީއޯ އަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވި އެންމެ ކާމިޔާބު އައިޕީއޯ އެވެ. މިކަމުން ހާމަވަނީ ބޭންކަށް ދިވެހިން ކުރާ އިތުބާރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީގެ 8 އަހަރު ކުރިން ރާއްޖޭގައި ހިދުމަތްދޭން ފެށި މި ބޭންކުން އަންނަނީ ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ވަނީ 52 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟޖކހޖ
28 September 2019
މިހާތަނަށް ހިއްސާ ވިއްކި ކުންފުނިތަކަށް ބަލަމާ ހިނގާ. 1. ދރ...@80ރ. އަހަރަކު 9ރ. (ކޮށްމެ 30ރ އަކަށް 3ރ ލާރިކޮޅެއް) 2.އދ... @30ރ. އަހަރަކު 3ރ ލާރިކޮޅެއް 3.ސޗ...@25ރ.. އަހަރަކު 3.60ލ އަހަރަކު 30ރ ގެޜޭޓުން. ޙުރިހާތަނަކުންވެސް ލިބޭނީ ދާދި އެއްވަރެއް.
މަރުވާން ބުނި ހަކަމް
27 September 2019
އިސްލާމްދީނުގެ އުސޫލުންކަމަށް ބުނެ މީގެ 10 ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ ދީނީ ހިއްސާ ވިއްކި އަމާނާތަކަފުލް އިން ހިއްސާ ވިއްކީ 2.50ރ ދެރުފިޔާ 50 ލާރީގެ ހިއްސާ އެއް 19 ރުފިޔާއަށް . ނަތީޖާއަކަށްވީ އަހަރަކު މިބަހަނީ 25 ލާރި 30 ލާރި. މިހެންވުމުން 19 ރުފިޔާ ކަވަރުކުރަން 60 އަހަރު ނަގާނެ. މިހާރު އަމާނާތަކަފުލްގެ 19 ރުފިޔާއަށް ވިއްކި ހިއްސާއެއް 5 ރުފިއާއަށްވެސް ގަންނާނެ މީހަކުނުވޭ . މިހެން އިސްލާމިކް ބޭންކަށް ނުވުން އެދެން.
މަރުވާން ބުނި ހަކަމް
27 September 2019
ހަމަ ވަރަށް ޔަގީންކަމާއެކު މިބުނަނީ އަންނަ އަހަރު ހިއްސާ އަކަށް ގިނަވެގެން 2.50 ދެރުފިޔާ ފަންސާސް ލާރިވެސް ނުލިބޭނެއެވެ.ޢަދި އަހަރުނިމެން އުޅެނިކޮށް ހިއްސާ ވިއްކުމުގެ ސަބަބުން އަންނަ އަހަރު ބަހާނެ ފައިސާއެއް ނެތުމުން ހިއްސާދާރުންނަށް ފައިސާ ނުބަހާގޮތައްވެސް ނިންމަފާނެއެވެ. އިސްލާމިކް ބޭންކުގެ ހިއްސާ އެހާ ޑިމާންޑް ބޮޑުވީ ބޭންކުގެ ނަމުގައި އިސްލާމިކް އިނީމައެވެ. އަމާނާތަކަފުލް އިންވެސް ދީން ހަތިޔާރަކަށްހަދައިފަ ހިއްސާ ވިއްކާފަ އަހަރަކުދެނީ 30ލާރި.
މަ
27 September 2019
ކުށް ހީއެއް ތީ. ވަރަށް ޑިމާންޑު ބޮޑު ކަމަށް އަޑު އެހިން.
ނަބީލާ
26 September 2019
ހުސް ހޮޅިވާހަކަ ދެއްތޯ. ހިއްސާގަންނާނެ ބަޔަކު ނުވެގެން މުއްދަތު އިތުރު ކުރީވެސް.
ހިތްތަލަ
26 September 2019
މަވެސް ހިއްސާގަތިން .. ބައެއްފަހަރު 3 ރުފިޔާލިބޭ އަނެއްބައިފަހަރު 4 ރުފިޔާ ..
ޒިކް
26 September 2019
ސުވާލަކީ ތި ހިއްސާތަކުގެ އެއްވެސް އަގެއް ހުންނާނެބާއޭ؟؟؟ ހިއްސާއަކަށް ދެ ރުފިޔާ ލިބުނަސް ރަނގަޅު.. 6 މިލިޔަނަށްވުރެއް ގިނަ ހިއްސާ ވިއްކައިގެން ކޯއްޗެއް ބަހަން އޮންނާނި
ކްއިކްގަން މުރުގަން
26 September 2019
ވިޔަފާރިވެރިންގެ ބާރު ތިޔަކަމުގައި ނެތިއްޔާމުކިތަންމެހާއިވެސް ރަނގަޅު. މި އުޅޭޗަމްޕަޅޭމެން ގެ.
ކަސަމް
26 September 2019
ޗަންޕާމެން ގަންނަނީ އާންމު މީސްމީހުންގެ ނަމުގަ