ސައިރިކްސް ކޮލެޖުން ސައިކޮލޮޖީގެ ޑިގްރީ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝީގެ ސީއީއޯ ޝަފީއު (ކ-2) އަދި އެ ކޮލެޖުގެ ސީއީއޯ ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސައިރިކްސް ކޮލެޖު
26 ސެޕްޓެމްބަރ 2019 - 18:57
ސައިރިކްސް ކޮލެޖުން ސައިކޮލޮޖީ ދާއިރާ އިން ޑިގްރީ ޕްރޮގްރާމް ތައާރަފުކޮށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ބުނީ އެންމެ ފުރަތަމަ ހުށަހަޅާ ދަރިވަނުންނަށް އިސްކަންދޭ ގޮތަށް އޮތް ކޯސް ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. މިހާރު ވެސް ކޯހަށް ކުރިމަތިލަމުން އަންނަ ކަމަށް ބުންޏެވެ.
ސައިކޮލޮޖީ ކޯހުގެ މުއްދަތަކީ ތިން އަހަރެވެ. އެ ކޯހުގެ ފުރަތަމަ އަހަރު ފުރިހަމަކުރުމުން ޑިޕްލޮމާ ފާހަކާއެކު ބޭނުންވެއްޖެނަމަ ކޯސް ހުއްޓާލެވޭނެ އެވެ. ދެ އަހަރު ނިންމުމުން އެސޯސިއޭޓް ޑިގްރީ ފާހެއް ލިބޭނެ އެވެ.
އެ ކޯހަށް ކަނޑައަޅާފައިވަނީ 20 ޖާގަ އެވެ.
ސައިރިކްސް ކޮލެޖުން ސައިކޮލޮޖީގެ ޑިގްރީ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ސައިރިކްސް ކޮލެޖު
ކޯސް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ސީއީއޯ އަދި އެޑިއުކޭޝަންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސައިކޮލޮޖީގެ ޑިގްރީ ޕްރޮގްރާމް ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިން ވާންވީ ބަލިވުމުން ބައްޔަށް ފަރުވާ ހޯދުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ.
ދިވެހީންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށް ސައިކޮލޮޖީގެ ކޯސް ފެށުމަކީ ސައިރިކްސް ކޮލެޖުން ފެށި ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވި އެވެ.
އެ ކޮލެޖުގެ ރެކްޓާ ޑރ. ފަވާޒު ޝަރީފް ވިދާޅުވީ އަލަށް ތައާރަފްކުރި ޕްރޮގްރާމަކީ ނަފްސާނީ ދުޅަހެޔޮކަން ފުޅާކުރުމުގެ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި ސައިކޮލޮޖީން މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
ސައިކޮލޮޖީގެ ދާއިިރާއިން ޑިގްރީ އަށް ހުޅުވާލިއިރު، އެ ކޮލެޖުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސައިކޮލޮޖީން ޑިޕްލޮމާ އަށް ކިޔަވައިދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާއިހު
27 September 2019
ކޯސްތަކެއްނޫން ފަށަންވީ... ހިނގަމުންދާ ކޯސްތަކަށް އެކަށޭނަ ޓީޗަރުން ހޯދަންވީ.. މުޅި ހުރިހާ ކޯހަކަށް ބޭރު ދެމީހަކަށް ހުރިހާ ސަބްޖެކްޓެއް ނުކިޔަދެވޭނެ..
މޫސުމް
26 September 2019
ރާ އްޖެ އަށް ވަރަށް މުހިންމު ކޯހެ އެް. ކާމިޔާބީ އށް އެދެން.