28 ސެޕްޓެމްބަރ 2019 - 09:22
ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 28) - ފީފާ އިން ދޭ ބެސްޓް އެވޯޑްސްގައި މަކަރެއް ހަދައިގެން ކަމެއް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެ ފުރުސަތު ނުވެސް ދޭނެ ކަމަށް އެ ފެޑެރޭޝަނުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ފީފާ ބެސްޓް އެވޯޑްސް އިން ހޮވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބުނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށެވެ. ދެ ވަނަ އަށް ދިޔައީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އަށެވެ. އަދި ތިން ވަނައިގައި ނިންމާލީ މީގެ ކުރިން އެ އެވޯޑް ހާސިލްކޮށްފައިވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ފީފާ އެވޯޑް ލިބޭ ކުޅުންތެރިން ހޮވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ސަޕޯޓަރުން އަދި ނޫސްވެރިންގެ ވޯޓުން ކޮންމެ ބަޔެއްގެ 25 އިން ސައްތަ ނަގާ ގޮތަށެވެ.
ފީފާ އެވޯޑްގައި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ބުނެ ބައެއް ގައުމުތަކުގެ ކޯޗުންނާއި ކެޕްޓަނުން އަންނަނީ މީޑިއާ އަށް މައުލޫމާތު ދެމުންނެވެ. ފީފާ އިން ބުނީ އެ ގޮތަށް އެ ކަންތައްތައް ކުރާތީ ހިތާމަ ކުރާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ކަމެއް ނޫން ކަމަށެވެ.
"އެވޯޑްގެ އިންސާފުވެރިކަމާ މެދު މީޑިއާގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކާތީ ހިތާމަކުރަން. އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. ފީފާގެ އެވޯޑް ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް މޮނިޓާ ކުރުމަށް ފަހު އޮބްޒާވްކުރެވިގެން،" ފީފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ފެޑެރޭޝަނުން ބުނީ އޮޅުވާލައިގެން ކަމެއް ކުރެވޭނެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށާއި ވޯޓު ލުމުގެ ކަންތައްތައް އިލެކްޓްރޯނިކަލީ އަދި ހާޑް ކޮޕީއާ އެކު ވެސް ކުރެވޭ ކަމަށެވެ. އަދި ޒިންމާވާ ފަރާތެއް ކޮންމެ އެސޯސިއޭޝަނަކުން ސޮއި ވެސް ކުރަންޖެހޭނެ ކަމަށް ބުންޏެވެ.
"މެމްބަރު އެސޯސިއޭޝަނުގެ ތަތްގަނޑު ނުޖަހައި ސޮއިނުކޮށް އޮންނަ ވޯޓެއްގެ ސައްހަ ކަމެއް ނެތް. އެހެންވީމަ އޮންނަ އުސޫލުގެ ތެރެއން މިންގަނޑު ތަކެއް ކަނޑައަޅައިގެން ކުރެވޭ ކަމެއްގައި އޮޅުވައެއް ނުލެވޭނެ،" ފީފާގެ ބަޔާނުގައިވެ އެވެ.
ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. ބެސްޓް އެވޯޑްސް ދޭން ފެށި ފަހުން އެ އެވޯޑް ހާސިލްކުރީ ރޮނާލްޑޯ އާއި މޮޑްރިޗް އަދި މެސީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
28 September 2019
މަރުހަބާ މެސީ ތީހަމަބެސްޓް
ރަޑީފް
28 September 2019
މެސީ ޖެހި 50 ގޯލް އިން ޢާރޖެންޓީނާ އަދި ބާސެލޯނާ އަށް ލިބުނީ 1 ތަށި. އެޔަށް ވުރެ ތި އެވޯޑް ހައްގު ދަގަނޑޭ އަށްވެސް.
އަސްލުހާލަތު
29 September 2019
އޮޅުވާލަން ނޫޅޭ 2 ތަށި ނެގި ސުޕަ ކޮޕަ ޑެލްރޭ އާ ލަލީގާ..އެހެން ނޫނަސް މިއީ ހީދާ ތަށީގެ އަދަދަށް ބަލައިގެން ދޭ ގޮތަށް އޮންން އެވޯޑެއް ނޫން. މި އެވޯޑް ދެނީ ފުޓު ބޯޅައަކީ ކޯއްޗެއްކަމް އެންމެ ރަނގަޅަށް ދަންމަ އަދި ފުޓު ބޯޅައިގެތެރޭގައި 7/24 ހަރަކާތްތެރިވާ މާހިރުންތަކެއްގެ ވޯޓުން..ތައްޓަށް ބަލައިގެން ދެންޏާ ސުކޮޓޮޝް ކުލަބު ރޭންޖަސްއަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބުގެ އެވޯޑު ދޭންޖެހޭ ބައެއް
ވާލުސޮރު
28 September 2019
ވަރަށް ގިނަ ގައުމުތަކުން ބުނެފަވޭ އެމީހުން ވޯޓުލީ ގޮތަކަށްނޫނޭ ނަތީޖާއައީ. ފީފާގެ ކޮރަޕްޝަނަކީ އެންމެންވެސް ދަންނަ ހަގީގަތެއް. ވޯލްޑުކަޕާއި ކޮޕާ އެމެރިކާގައި ޗޮކުންގޮއްސަ ތިބޭ ކުޅުންތެރިންނަށް ކުލަބް ލެވެލްގަ އެންމެ ތައްޓެއް ލިބިގެން ދުނިޔޭގެ ހުރިހާ ކޯޗުންނާ ކެޕްޓަނުން ވޯޓުލާނެކަމަށް ގަބޫލުކުރާނެތޯ؟ ވަރަށް ބޭއިންސާފު އެވޯޑެއް
ވާލުސޮރުގެ ބަފާ
28 September 2019
ކޮންމެ ގޮތެއް ހެދިއަސް ކަލޭގެ ވެންޑައިކް އަދި ސަލާއަަކަށް ނުލިބޭނެ.
ޢިބޫ
28 September 2019
ވަރަށް އިންސާފުން ދީފައިން އެވާރޑްއެއް.. ބައެއްމީހުން ގަޔަށް ހިނިއަރައިގެން އުޅެނީ މެސީއަށް ތީތި ލިބިގެން..
ރަދީފް
28 September 2019
ވަކި މީހަކަށް ނުލިބުނީމަ މުޅި ޕްރޮސީޖާ ގޯސްވާނަމަ ދެން ބުނާނެ އެއްޗެއް ނެތް.ސްވިޒަލޭންޑްގެ މަޝްހޫރު އޮޑިޓްފާމެއް ކަމުގައިވާ ޕްރައިޒް ވޯޓާހައުސް ކޫޕާއިން ރިކޯޑް ބެލެހެއްޓި ވޯޓްގަ މައްސަލައުޅޭކަމަށް ބުނަނީ ދުނިޔޭގެ އެންމެ ކޮރަޕްޓް 02 ގައުމު ކަމަށްވާ ސޫދާން އަދި ނިކަރާގުއާއިން.މިސްރުގަ ޖެހިގެންއުޅެނީ އަދި ތަފާތު މައްސަލައެއް.ވ.ވެދުން
ލެއްގި ކޮމިޝަނަރ
28 September 2019
ކަރަޕްޝަނާނުލާ އެއްވެސްކަމެއް ނުކުރެވޭ ބަޔަކަށް ހީވާނީ ދެންތިބޭނީވެސް ހުސްކަރަޕްޝަނުން ކަންކަން ކުރާބަޔެކޭ. ފީފާއިން މިދިޔަ 3 އަހަރުގެ ތެެރޭގެ އިންސާފުން މިއެވޯޑް ދެވުނީ ހަމައެކަނި މިފަހަރު.