ވިޔަފާރި / ތޮއްޔިބު މުހައްމަދު، އެމްޑީ، އެމްއެމްޕީއާރުސީ

ރާއްޖެ އިސްތިހާރުކުރަން ޖަގްލް ކުރަމުން ދުވުމުގެ ރެކޯޑެއް މުގުރާލަނީ

ހަތަރު ބޯޅަ އިން ޖަގަލް ކުރަމުން 10 ކިލޯމީޓަރަށް ދުވާ މިކެލް ކެޕްރަލް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، ދުނިޔޭގެ ގިނިސް ވޯލްޑް ރެކޯޑު ފޮތަށް އަރާ ވަރުގެ ދުވުމުގެ ހަރަކާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީން މިކަން ބާއްވާނީ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ތެރެއިންނެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ މި ދުވުމުގައި ކެނެޑާ މީހެއް ކަމަށްވާ މިކަލް ކެޕްރަލް، ހަތަރު ބޯޅައިން ޖަގްލް ކުރަމުން 10 ކިލޯ މީޓަރަށް ދުވާނެ އެވެ.

މި ވޯލްޑް ރެކޯޑުގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު މާލޭ ސަލްޓަން ޕާކުގައި، ސިޑިން އަރަމުން ތިން ބޯޅަ އިން ޖަގްލް ކުރުން ދައްކާލާނެ އެވެ. މިކިލް ބުނީ، ބޯޅަ އުކަމުން ސިޑިން އެރުމުގެ ރެކޯޑު މިހާރު އޮތީ 600 ހަރުފަތް ގިރާކޮށްގެން ކަމަށާއި އޭނާ ގެ އަމާޒަކީ ބޯޅަ ވައްޓާނުލައި 3،000 ހަރުފަތް ގިރާކުރުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިއީ ސްޕޯޓްސް ޓޫރިޒަމާއި މައިސް ޓޫރިޒަމް ފުޅާކުރުމަށް ހިންގާ މުހިއްމު ހަރަކާތެއް ކަމަށެވެ.

އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދުނިޔޭގައި 2017 ވަނަ އަހަރު މި ދާއިރާތަކުގެ ޓޫރިޒަމަށް 805 މިލިއަން ޑޮލަރުގެ ހަރަދުތައް ކޮށްފައިވޭ މި ސެގްމެންޓުން. އެހެންވީމަ އަދި އަންނަ އަހަރަށް މިއަދަދު 1.7 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ބާވަތުގެ ޓޫރިޒަމުން ފައިދާ ހޯދަމުން އަންނައިރު އޭގެ ކުޑަ މިންވަރެއް ނަމަވެސް ރާއްޖެ އަށް ލިބުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިކަންކަމަށް ވިސްނައިގެން މައިސް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން އިތުރު ހަރަކާތްތައް އަންނަ އަހަރު ހިންގާނެ ކަމަށެވެ.

މި ދުވުމުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ދައުރުވުމުން، ކެނެޑާ އާއި އެމެރިކާ ސަރަހައްދަށް ރާއްޖެ އިތުރަށް އިޝްތިހާރުވެ، ޓޫރިސްޓުން އައުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރު ކެނެޑާ އިން ރާއްޖެ އަކީ 9،500 ޓޫރިސްޓުންނެވެ. އެމްއެމްޕީއާރްސީން މަސައްކަތްކުރަނީ، މިއަދަދު އިތުރު ކުރުމަށެވެ.

އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކެލް 10 ކިލޯ މީޓަރަށް ދުވާއިރު. ބޯޅައެއް ވެއްޓިއްޖެ ނަމަ، އެބޯޅަ ވެއްޓުނު ހިސާބުން އަނެއްކާ ދުވަން ފަށާނެ އެވެ. މިއީ ދުނިޔޭގައި ވެސް ހަތަރު ބޯޅަ އިން ޖަގްލް ކުރަމުން 10 ކިލޯ މީޓަރަށް ދުވާ ފުރަތަމަ ފަހަރެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، ދުވުންތެރިޔާ ބޯޅަ އުކަމުން ދުވާ އިރު ރެކޯޑް ފުރިހަމަކުރުމަށްޓަކައި ޓީއެފްޖީން ކޮށްދޭންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި ރޭސް ޑިރެކްޓަރު ރޭސް ފުރިހަމަ ކުރިކަން ކަށަވަރުކޮށްދޭން ޖެހޭ ގިނިސް އަށް. އެހެންވީމަ ރޭސް ޑިރެކްޓަރުގެ އޮބްޒަވޭޝަނެއް އޮންނާނެ. އަޅުގަނޑުމެންގެ ރޭސް ޑިރެކްޓަރަކީ ޓީއެފްޖީގެ ޑައިރެކްޓާ މުހައްމަދު މިސްތޯހު،" އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުވވ

30 September 2019

މި ވޯލްޑް ރެކޯޑުގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު މާލޭ ސަލްޓަން ޕާކުގައި. މިމަހުގެ 11 ދެން ނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454