ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ
01 އޮކްޓޯބަރ 2019 - 15:16
ކޮލަމްބޯ (އޮކްޓޯބަރު 1) - މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ ސިޓިޒަންޝިޕާ ގުޅޭ މައްސަލައެއް ކޯޓް އޮފް އެޕީލް އަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާގެ މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ގޯޓާބެގެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އަވަސް މައްސަލައެއްގެ ގޮތުގައި ނިންމައިދިނުމަށް ކޯޓުގައި އެދިފަ އެވެ. ސަބަބކީ އޮކްޓޯބަރު 7 ގެ ކުރިން އިންތިޚާބަށް ނަން ހުށަހަޅަން ޖެހޭތީ އެވެ. ގޯޓާބޭގެ މައްސަލަ ވަނީ މާދަމާ އަށް ތާވަލް ކޮށްފަ އެވެ.
ގޯޓާބޭގެ ވަކީލް ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.
ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ލަންކާ ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑް ގޯޓާބޭ މި އަހަރު ހޯދާފައި ވަނީ ސިޓިޒަންޝިޕް އެކްޓާ ޚިލާފަށް ކަމަށެވެ. ގޯޓާބޭ އަކީ ކުރިން އެމެރިކާގެ ސިޓިޒަންޝިޕް އޮންނަ ފަރާތެކެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގޯޓާބޭ އަކީ ލަންކާ ރައްޔިތެއް ނޫން ކަމަށާއި އޭނާގެ ލަންކާގެ ސިޓިޒަންޝިޕް ސެޓްފިކެޓަކީ ވަގު ލިޔުމެއް ކަމަށެވެ. އެހެންވެ ކުރިއަށް އޮތް އިންތިޚާބުގައި ލަންކާގެ ރިޔާސީ އިންތިޚާބުގައި ގޯޓާބޭ ވާދަކުރަނީ ލަންކާގެ ރައްޔިތެއްގެ ގޮތުގައި ނޫން ކަމަށްވާއިރު އޭނާ ހޮވިވަޑައިގެންފި ނަމަ އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމުޑޮން
01 October 2019
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓެއް ވުޖޫދު ވުމާއެކު ފުރަތަމަ ވެސް ބަލަން ޖެހުނީ އޭރުގެ ރައީސް މައުމޫނު އާއި ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދުއާއި ދެބޭފުޅުންގެ ކެންޑިޑެންސީ މައްސަލަ އެވެ.މައުމޫނުގެ މައްޗަށް ކުރެވުނު ދައުވާ އަކީ ސުންނަތް ޖަމާއަތުގެ މީހެއް ނޫން ކަމަށެވެ.ނަޝީދުގެ މައްޗަށް އުފުލީ ހައްދުގެ ކުށެއް ސާބިތު ވެފައިވާ ކަމަށެވެ ކޯޓްގައި އޭރު އޮތް ބެންޗުން ހުކުމް ކުރީ ދެބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށެވެ.
މައުމޫނު އަބުލް ހަމީދު
01 October 2019
ބިރުން ދޯ؟