01 އޮކްޓޯބަރ 2019 - 21:17
އައްޑޫގައި ރިސޯޓް ތަރައްގީކުރަން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އައްޑޫގެ ތަރައްގީ އަށް ސަރުކާރުން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓެންސީއާ ހަވާލުވެފައިވާ އިންޑިއާގެ ކުންފުނި އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަ ލިމިޓެޑްގެ ޓީމެއް މިއަދު ވަނީ މިކަމާ ބެހޭ ގޮތުން ކައުންސިލާ ބައްދަލު ވެސް ކޮށްފަ އެވެ.
އެ ބައްދަވުމުގައި މަޝްރޫއުތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
Addu City ge tharaggy ge project thakah bin hikkumaai, fen hindhumuge nizaamu ran'galhukoh, thaaru alhai maguthah maraamaathukurumuge masahkathuge consultion hedhumahtakai havaalukohfaivaa L&T Infrastructure Engineering Ltd. ge faraathun miadhu Councillaa bahdhalukurahvaifi pic.twitter.com/331VqSPmZP
— Addu City Council (@AdduCityCouncil) October 1, 2019
ކައުންސިލުން ބުނި ގޮތުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން، މަގުތަކުގައި ތާރުއަޅައި މަގުތައް މަރާމާތު ކުރުމާއި ފެންހިންދުމުގެ ނިޒާމު ރަނގަޅުކުރުމާއި މަގުތަކުގައި ބައްތި ޖަހައި ސީސީޓީވީ ކެމެރާ ހަރުކުރުމާއި ތަރައްގީގެ އެކި ކަންކަން ކުރުމަށް އައްޑޫން 153 ހެކްޓަރުގެ ބިން ވެސް ހިއްކާނެ އެވެ.
އޭގެ ތެރެއިން 90 ހެކްޓަރުގެ ބިން ހިތަދޫން ހިއްކާއިރު 38 ހެކްޓަރުގެ ބިން ހުޅުދު އާއި މީދޫން ހިއްކާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި 4 ތަރީގެ ރިސޯޓްތަކުގެ ގޮތުގައި ތަރައްގީކުރަން 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިގެން އައްޑޫގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ކޮންސަލްޓޭޝަން މަސައްކަތް ނިމުމުން ކޮންޓްރެކްޓަރާ ހަވާލުކޮށް މަސައްކަތް ފެށޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އައްޑޫގައި ޓޫރިޒަމް އިންޑަސްޓްރީ ފުޅާކުރަން 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން މި މަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ގެސްޓްހައުސްތަކަށް އައްޑޫން ދޫކުރާނީ 5،000 އަކަފޫގެ ބިމެވެ. އަދި ހޮޓާ ތަރައްގީކުރަން ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ.
އައްޑޫގައި މި ވަގުތު ދެ ރިސޯޓް ހިންގަމުން އަންނަ އިރު ތިން ވަނަ ރިސޯޓް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އައްޑުއަކީ ސިޓީ ހޮޓަލަކާއި ގެސްޓްހައުސް ވިޔަފާރި ވެސް ފުޅާވަމުން އަންނަ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑުރެކިއުލާ
02 October 2019
މާލޭ ސަރުކާރުން އަތޮޅުތަކަށްދޭ ހިލޭއެހީގެތެރޭ ބިންހިއްކުމާ ސަބްބޭސްކިޔާ އެއްޗަކާ ސްކޫލު ފާހާނާ މަރާމާތުކުރުން އެބަހިމެނޭ. އެހެންވީމަ ބިންހިއްކާނެ. ބިންހިއްކާފަ ފަޅުތެރެއާ އެތަންމިތާ ވެލިފުނިޖަހާފަ ފަސްގަނޑުގަނޑު ހުންނާނީ. ރިސޯޓެއްވެސް ނަހަދާނެ، ވަޒީފާއެއްވެސް ނުއުފައްދާނެ، އަތޮޅު ހަލާކުކުރާނީ. ރާއްޖޭގެ އެތައް ރަށެއް ހިއްކާފަ އެހެރީ، 30 އަހަރުވާއިރުވެސް އެއްވެސް ބޭނުމެއްނުހިފާ.
ޢަފްރާދު
02 October 2019
މުސްތަޤުބަލުގައި އިނގިރޭސީން ކޮށްފައި ނުވާ ތަރައްޤީތައް އައްޑުއަށް އަންނާނެ
ތޮއްޑޫވަނދުކަރާ
02 October 2019
މިސަރުކާރަށް އައްޑޫ ނޫންތަނެއް ނުފެންނަނީތޯ އަތޮޅު ތެރެއިން.. ނުހިއްކާ ތަރައްޤީކުރަން ހުޅުވާލެވޭނެ އެތަށް ރަށެއް އުތުރާ ދެކުނުގަ އެބަހުރި.. ކޮބާ ފަތުރުވެރިކަމުގެ ދުވަހު އަލަށް ހުޅުވާލަން ބުނި ރަށްތައް؟؟ ހަމަ ހުސް ގޭސް
އައްޑޫ މީހާ
02 October 2019
ކޮބާ ބޭނުމަކީ؟ ގުދުރަތީ ރީކަން އޮތްތަންތަނުގައި ޓޫރިޒަމް ތަރައްޤީ ކުރަން އުޅުނިއްޔާ މާ ރަނގަޅެއްނު. ބިން ހިއްކަން ދާ ޚަރަދުވެސް ސަލާމަތްވީ. އައްޑޫ އަކީ ގުދުރަތީ ރީތިކަން އޮތް ތަނެއް ނޫން.
އަހުންގެއަމާ
02 October 2019
ބަލަގަ ހުވަދު އަތޮޅުގަ އެހެރީ ރިސޯޓު ހަދަން ރީތި އެތައް ސަތޭކަ ރަށެއް، ކީއްކުރަން ތަ އަނެއްކާ ރިސޯޓު ހަދަން ބިންހިއްކަން، ގުރަތީ މުސީބާތްތައް އަދިވެސް މަދީތޯ ނޫނީ އައްޑޫ ނޫން ތަނެއް ތަރައްގީ ކުރަން ބޭނުން ނުވަނީތޯ؟ ހަމަ މާލެ އެކަނި ތަރައްގީ ކުރާހެން ދެން އޮތީ އައްޑޫ އެކަނި ތޯ ތަރައްގީ ޗާޓުގަ،
އައްޑޫސިޓީ
02 October 2019
އަހުންގެއަމާ އައް ހާދަހާ ނުވިސްނެއޭ ކައުންސިލް އިންތިހާބު ބޯމަތިވީމަ ތެޅިބާލަނީ. ހުވަދުއަތޮޅުގަ ގިނަ ރިސޯޓް ހުޅުވާފަ މިތާމިއޮތް އެއާޕޯޓް ރަންކުރަން މިތާގަ އިންޓަނޭޝަނަލް ޓާމެނަލް އެއްއަޅަންވީ. ތަރައްގީވަނީ ކޮންމެ ގެއްކަށް ރިސޯޓެއްހަދައިގެނެއް ނޫން. މޮޔަވަނީ ކުރާނެ ނުކުރާނެ ކަމަެއް ނޭނގިގެން.
ނަން
02 October 2019
ހުވަދުއަތޮޅުން ވެލި ނުނަގާތި... ހަނދާން ކުރާތި... މީ ވަރަށް ވާހަކަ...
ޖޖޖޖ
02 October 2019
މަލިކު ދިންގޮތަށް އައްޑޫ އިންޑިޔާއަށް ދޭންތަ އުޅެނީ؟
ވަތަން އިސްކުރަންޖެހޭ
02 October 2019
އައްޑޫގެ ދުވަސް ނަޝީދު އަޑީގަ އޮވެގެން މިދުއްވާލަނީ. މީގެ ހިތި އައްޑުއަ ކުރަނެ. އައްޑޫ މީހުން ބޭނުންވަނީ މިނިވަން ވިޔަފާރިއެއް. އިންޑިޔާގެ ބޭނުމަކީ އައްޑޫ ހިސޯރުކުރުން.
ބާރެއްނެތް އައްޑޫ ރައްޔިތެއް
02 October 2019
ބިން އޮތް ގަމުގައި 3000 އެނދު ތަރައްޤީކުރިއްޔާ ވާނީ ކީއް؟ ބިން ހިއްކައިގެން ކުރަން ޖެހެނީ ބިމެއް ނެތް ނަމަތާ! އަޅުގަޑަށް މިހާރު 46 އަހަރު. އަޅުގަޑުގެ ކާފަ މާފަ ދަރިންނަށް ވެސް ތިކަމެއް ނުފެންނާނެ. މިއީވަރަށް ވާހަކަ. އައްޑޫ ރައްޔިތުން، ބޯމަތިވަމުން އަންނަ އިންތިޚާބާމެދު ފުންކޮށް ވިސްނަވާ. އައްޑޫސިޓީކައުންސިލް#ދިވެހިސަރުކާރު
ސުކުރު
02 October 2019
އިންޑިއާގެ ކުންފުނި އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަ ލިމިޓެޑް . މި ކަންކުރެވޭނެ ކުންފުނި ރާއްޖޭގައިވެސް ހުންނާނެ. ޢެކަމަކު މިހިރީ ކަންތައް ހުރި ގޮތް