02 އޮކްޓޯބަރ 2019 - 09:03
ލަންޑަން (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސާޖް ގްނަބްރީގެ ހަތަރު ގޯލާ އެކު ބަޔާން މިއުނިކުން ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފަހަތުން އަރައި 7-2 އިން މޮޅުވެއްޖެ އެވެ.
މިދިޔަ ސީޒަނުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ޓޮޓެންހަމް މި މެޗުން ބަލިވިއިރު، މިއީ ޔޫރަޕްގެ މުބާރާތެއްގައި ވޭތުވެދިޔަ 24 ވަރަކަށް އަހަރު ތެރޭ އެއް މެޗެއްގައި މިހާ ތަފާތު ބޮޑުކޮށް އިނގިރޭސި ޓީމެއް ބަލިވި ފުރަތަމަ ފަަހަރެވެ. އެންމެ ފަހުން ވެސް ތަފާތު ބޮޑުކޮށް ބަލިވީ ޓޮޓެންހަމް އެވެ. ޔޫރަޕްގެ އިންޓަޓޯޓޯ ކަޕްގައި 1995 ވަނަ އަހަރު ޖަރުމަނުގެ ކޮލޯން އަތުން ޓޮޓެންހަމް ބަލިވީ 8-0 އިންނެވެ.
ރޭގެ މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން މިން ވަނީ އެ ޓީމަށް ލީޑުނައިދީފަ އެވެ. އެ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ޖޯޝުއާ ކިމިޗް ވަނީ ބަޔާނަށް އެއްވަރުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި ތިން މިނިޓް ތެރޭ ގްނަބްރީ ވަނީ ދެ ލަނޑު ޖަހައި ބަޔާނަށް ހަތަރު ގޯލު ހަަަމަކޮށްދީފަ އެވެ. ހެރީ ކޭންގެ ޕެނަލްޓީން ޓޮޓެންހަމަށް ކުޑަ އުއްމީދެއް ލިބުނު ނަމަވެސް ބަޔާނުން ވަނީ މެޗުގެ ފަހު 10 މިނިޓް ތެރޭ އިތުރު ތިން ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ގޯލު ޖެހީ ގްނަބްރީ އެވެ. އަނެއް ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ. ކުރިން އާސެނަލަށް ކުޅުނު ގްނަބްރީ އަކީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ދެ ވަނަ ހާފްގައި ހަތަރު ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރޭގެ މެޗަކީ ޓޮޓެންހަމްގެ 137 އަހަރުވީ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކޮޅަށް ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި މިއީ ޓޮޓެންހަމް ކޯޗެއްގެ ގޮތުގައި މައުރީސިއޯ ޕޮޗެޓީނޯ ހުއްޓައި އެ ޓީމު އެންމެ ބޮޑު ސްކޯ އަކުން ބަލިވި މެޗެވެ.
"އަވަސް އަރުވާލައިގެން ދިމާވި މައްސަލަތަކުގެ ހައްލެއް ނުހޯދޭނެ. މިއީ ވަރަށް ބޮޑު މާޔޫސްކަމެއް. މީގެއިން އަރައިގަންނަން މަސައްކަތްކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި،" ރޭގެ މެޗަށް ފަހު ޕޮޗެޓީނޯ ބުންޏެވެ.
ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނީ މި ނަތީޖާ އަކީ ހަމައެކަނި ބަޔާނަށް ފައިދާކުރާނެ ކަމެއް ނޫން ކަމަށާއި މިއީ ޖަރުމަނުގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުން ކުރިއަށްދާން ވެސް މުހިއްމު ނަތީޖާއެއް ކަމަށެވެ. އަދި ބަޔާނަކީ މި ފަހަރުގެ މުބާރާތަށް ވާދަކުރެވޭނެ ޓީމެއްކަން ސާބިތުވެއްޖެކަމަށް ކޮވަޗް ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ދެ ވަނަ ހާފްގައި ރަހީމް ސްޓާލިން އާއި ފިލް ފޯޑެންގެ ގޯލުތަކުން 2-0 އިން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން މޮޅުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ޝަހުތަރު ޑޮނެސްކް ވަނީ 2-1 އިން އިޓަލީގެ އެޓަލަންޓާ ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ހަގީގަތް
03 October 2019
މިދިޔަ ސީޒަނުގައި ސްޕާސް ފައިނަލަށް ދިޔުމުން އެންމެންނަށް ހީވީ އެމީހުން އެއީ މާމޮޅު ބައެއްހެން. ހަގީގަތުގައި ސްޕާސް ފައިނަލަށް ދިޔައީ ނަސީބު ވަރަށް ބޮޑަށް އެހީވެގެން. މިކަން ޤަބޫލުކުރަން ބޭނުންނުވިޔަސް މިއީ ޙަޤީގަތް.
ލެއްގި ކޮމިޝަނަރ
02 October 2019
އިނގިރޭސި ފުޓްބާޅައިގެ ފެންވަރު ވަރަށްރަގަޅަށް ވަޒަންކުރެވުނުމެޗެއް. ކައްޕަޅިލީގު ކިޔަނީ ހަމަކިޔަންވެގެން. ގަރުނަކަށްފަހު ޔޫރަޕޮގެ 2 ތަށި އިނގިރޭސި ކުލަބުތަކުން ނެގީމަ ފޮނިކަޑާ، ދުނިޔޭގެ ނެތްވަރުގެ ބަޔަކުކަމުގަ ދެކިގެން އުޅުނަސް އަސްލަކީ އިނގިރޭސި ލީގަކީ މާފެންވަރު މަތީ ލީގެއްނޫންކަން.
ރަދީފް
02 October 2019
@ލެއްގި ބްރޯީ ނިކަން ދެކިބަލަ.ރޭގެ މެޗްގެ އަޕްޑޭޓްސް ސްޕާސްގެ ޓްވިޓާ އެކައުންޓުން ގެނެސްްދިންިއރު ނުކެރުނު ސާޖް ގްނަބްރީ ސްކޯ ކުރީމަ އޭނަގެ ނަންވެސް ލިޔެލަން.ކީއްވެގެންތޯ؟؟!! ކުރިން އާސެނަލްއަށް ކުޅުނު ކުޅުންތެރިއެއްވީމަ.މިހިރީ މިމީހުންގެ ފެންވަރު.ބަޔާން ޔޫސީއެލްގަ ޖެހި ގޯލްތަކުގެ 7% ޖެހީ އާސެނަލް އަދި ސްޕާސް ކޮޅަށް.މިހެންމިކަން އޮތަސް ''ލަންޑަނުގެ އުތުރު އަބަދުވެސް އޮންނާނީ ރަތްކުލައިން''.އެހެންނޫންތޯ ބްރަދާ.ވ.ވެދުން #ޕުތަސްޕާސް.
ރަދީފް
02 October 2019
މަރުހަބާ އަންނި.''ޓޮޓެންހަމަކީ ޔޫރަޕްގެ މުބާރާތެއްގައި ވޭތުވެދިޔަ 24 ވަރަކަށް އަހަރު ތެރޭ އެއް މެޗެއްގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ޓީމެވެ.'' ވ.ވެދުން