ޚަބަރު / ގާނޫނުލް އުގޫބާތު

އުނގޫފާރުގައި ބުޅާ މަރަން ފައިސާ ދޭތީ ކަންބޮޑުވުން؛ އެއީ ޖިނާއީ ކުށެއް

ބުޅަލެއް: ބުޅާ މެރުމުން ފައިސާ ދޭން ކައުންސިލަކުން ނިިންމުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި

ބުޅަލުގެ އުނދަގޫ ބޮޑުވެގެން ކަމަށް ބުނެ ބުޅަލަށް އަނިޔާ ކުރުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހިނގާ ކަމެކެވެ. މީގެކުރިން މާލޭގައި ވެސް ބުޅަލަށް އަނިޔާކޮށް، މަރާލާފައި އެބަހުއްޓެވެ. މިފަހަރު މިކަން ހިނގަނީ ތަފާތުކޮށެވެ.

ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވާތީ ޝަކުވާ ބޮޑުވެގެން ކަމަށް ބުނެ އެރަށު ކައުންސިލުން ވަނީ ބުޅާ މެރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެކަމަށް އިއުލާންކޮށްފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމުގައި، މަރާލާ ކޮންމެ ތިން ބުޅަލަކަށް 100ރ. ގެ ފައިސާގެ އިނާމެއް ދޭން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ. ފައިސާ ދެނީ ބުޅާ މަރާލައި ކައުންސިލާ ހަވާލުކުރުމުންނެވެ.

އެކަމާ ގުޅިގެން ބައެއް ވަކީލުން ވަނީ އެއީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއްކަން ފާހަގަކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަނަވާރުންނަށް އަނިޔާވެރިވުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާ ބުނާގޮތުން އަނިިޔާވެރިކަމާ އެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ، އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބުގެ މިންވަރުގެ 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ އެވެ.

މީގެ އިތުރުން އެ ކުށް އަމަލީ ގޮތުން ނުކުރިޔަސް، އެކަމަށް ހިތްވަރު ދީފި ނަމަ ނުވަތަ ފަސޭހަކޮށް ދީފި ނަމަ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއް ކުރަން އެދުނީ ކަމަށް ބަލައި، އެ މާއްދާގެ ދަށުން އެ މީހަކު ކުށްވެރިވާނެ އެވެ.

ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނާވަރުންނާ މެދު އަނިޔާވެރިވުން ކުށަކަށް ނުވާނީ ޖަނަވާރަކަށް ފަރުވާ ދިނުމުގެ ގޮތުން ނުވަތަ ސައިންޓިފިކް ބޭނުމަށްޓަކައި އަމަލު ކުރެވޭ އުސޫލުތަކުގެ ތެރެއިން އެކަމާ ކަމާބެހޭ އިދާރާއަކުން އެގޮތަށް އަމަލުކޮށްފި ނަމަ އެވެ. އެ ހާލަތުގައި އެ ގާނޫނުގެ 40 ވަނަ ބާބުގައި ބަޔާންކުރާ ހުއްދަ ކުރެވިގެންވާ ދިފާއުގެ ދަށުން އެއީ ހުއްދަ އަމަލެއް ކަމަށް ބެލެވޭނެ އެވެ.

15 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 13%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަބު

02 October 2019

ޤާނޫނުގައި ކުށެއް. ދީނުގައި އޮންނަނީ އެހެން ގޮތަކަށް. އެއެއްޗެއްގެ އުނދަގޫ އިންސާނުންނަށް ބޮޑުވެ އެއިން ސަލާމަތްވާނެ އެހެން މަގެއް ނެތިއްޔާ އެ އެއްޗެއް އަލިފާނުން އެންދުން ފިޔަވައި އެހެން ކޮންމެ ވަސީލަތަކުންވެސް ނައްތާލުން ހުއްދަ. އިންސާނުން އެންމެހައި މަޚްލޫޤުންނަށްވުތެ މާތްކުރައްވާފައިވޭ.

The name is already taken The name is available. Register?

ކައްކާ

02 October 2019

މާލެތެރެއަށް ބްލެކްވިޑޯ މަކުނު އިންފެސްޓްވިއަސް އެއަށް ގޯނާކުރުން މަނާވާނެތަ؟ ގަވައިދުތައް ހަދަނީ މާލެއަށް.

The name is already taken The name is available. Register?

އަޅުގަނޑު އާރިފް

02 October 2019

ސޫރަތުލް އަންޢާމުގެ 38 ވަނަ އާޔަތުގެ މާނާގައި ވެއެވެ. " ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ. "

The name is already taken The name is available. Register?

ސަކީނާ

02 October 2019

ބުޅަލަށް ވަކިން ސަރަހައްދެއް ހަދާފަ ޓުއަރިސްޓް އެޓްރެކްޝަކަށް ހަދާބަލަ. މީހުން ދާނެ ބަލަން ގަންނަންވެސް ގަންނާނެ

The name is already taken The name is available. Register?

ޢަހްމަދު007

02 October 2019

އެހެންވީއިރު ވާ މެރުންވެސް ހުއްޓުވެންޖެހޭނެ..

The name is already taken The name is available. Register?

ދޭސީ

02 October 2019

ވާ މެރުން އޯކޭ. މީދާ މެރުން އޯކޭ. މަދިރި މެރުން އޯކޭ. އެކަމަކު ނުހުރުއްޕާން ވެގެން ބުޅާ މަދުކުރުން ގޯސް. މިހާރު ބައެއްދިވެހިންނަށް ވާގޮތަކީ ބުޅާ ހިމާޔަތުގައާ ތިމާވެށި ސަލާމަތް ކުރަން ނުކުތުމަކީ ފެޝަނަކަށް ވުން. މި މީސްމީހުން ގޭގަ ބުޅާ ގެންގުޅުނަސް ފަރުވާލެއްނެތް.

The name is already taken The name is available. Register?

ޑެލްބޯއި

02 October 2019

ބުޅާ މެރުން މަނާ ނަމަ މަދިރި މެރުން ވެސް މަނާ! ބުޅަލުން ފަތުރާ ނުރައްކާތެރި ބަލިތަކާ އަދި މީހުންނަށް އޭގެ ސަބަބުން އުނދަގޫވެ، މީހުންގެ ގެތަކަށް ވަންނަ ކަމަށްވާނަމަ އެމީހަކަށް އެބުޅަލެއްގެ އުނދަގުލުން ސަލާމަތްވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރެވެންޖެހޭނެ. ޖަނަވާރާއި ދޫނި ސުފާސޫފި "ޕެސްޓް" އަކަށް ވާހިނދު ސަރުކާރުން އެކަމަށް ހައްލެއް ނުގެންނަނަމަ ހައްލު ހޯދަންޖެހޭ މީހުން ނަށް ފެންނަ ގޮތަކަށް ހައްލު ހޯދާނެ.

The name is already taken The name is available. Register?

ގުރުސް

02 October 2019

ސުވާލަކީ ސަރުކާރުގެ އިދާރާއަކުން މިފަދަ އިއުލާނެއްކޮށް ގެޒެޓްގައި ޖެހިއިރު ކައުންސިލްގައި ތިބީ ތަސައްރަފް ފުދޭ ބައެއްތޯ..ގެޒެޓްގައި މުއައްސަސާއަކުން ދޭހާއެއްޗެއް ޖަހައިދޭތޯ.

The name is already taken The name is available. Register?

ޢަހްމަދު007

03 October 2019

ތި އިއުލާނުގެ ނެތޭ މައްސަލައެއް

The name is already taken The name is available. Register?

ހާނޫ

02 October 2019

ބުޅާ އެކްސްޕޯޓް ކުރަން ފެނޭ

The name is already taken The name is available. Register?

ބުޅާ

02 October 2019

ބުޅަލަކީ ވަރަންނުރަންކާތެރި ބަޔެންޖަންސޭދެ އެންޗެން.ބުޅަލުގެ ނަޖިސްޖެހިފަ ހުންނަ ފެނުން އިންސާނުންގެ ލޯކަނުވެ,ކަންފަތުގެ އިވުން މަހުރޫމްވެ ކަންތަންތަކެންވޭ.ބުޅަލާ ހެދި އިންސަނުންގެ ދިރިއުޅެން ދަތިވެންޖެނަމަ ސަރުކާރުން ބުޅާ މަދުކުރަންޖެހޭނެ.މިއުޅެނީ އިންސާނުން އުޅޭނެ ރަގަޅު ސާފުތާހިރު މާހައުލެން ނެތިގެން އުޅޭއިރު ބުޅާވެސް ސަރުކާރުން ގިނަކުރަންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454