މޯލްޑިވް ގޭސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެކުންފުނީގެ އެމްޑީ ޝަޒާއިލް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 އޮކްޓޯބަރ 2019 - 10:49
މޯލްޑިވް ގޭސް އިން އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، އެ ކުންފުނީގެ ފިހާރަތަކުން ކޮންމެ 20 ވަނަ ކަސްޓަމަރެއް ހޮވައި އެ ވިޔަފާރިއެއް ހިލޭ ދޭނެ ކަމަށް ބުނެފި އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 8:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށެވެ. ޕްރޮމޯޝަން ހިންގާނީ އެ ކުންފުނީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފިހާރަތަކުގަ އެވެ.
މޯލްޑިވް ގޭސްގެ ސިނީއާ މާކެޓިން އޮފިސާ އައިޝަތު ހަމީދު ވިދާޅުވީ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ގޭސް ފުޅި ގަންނަ ފަރާތްތަކުގެ އިތުރުން އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ އެހެން ސާމާނު ގަންނަ ފަރާތްތަކަށް ވެސް މި ޕްރޮޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
މޯލްޑިވް ގޭސްގެ އެހެން ޕްރޮމޯޝަނެއް ވެސް މިހާރު ކުރިއަށް އެބަދެ އެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަނުގައި އެ ކުންފުނިން ވަނީ ގިނަ ހިދުމަތްތައް އެކުލެވޭ ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެއީ ލުއި ބޭސިކް އާއި ލުއި ސްޑޭންޑާޑް ޕެކޭޖެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy