އިންޑިއާގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަވާދު (ވ) މާހިރާ އަދި އަލީ ޒަފަރް
24 ސެޕްޓެމްބަރ 2016 - 07:50
އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ، ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންނާއި އާޓިސްޓުން 48 ގަޑިއިރު ތެރޭ ފުރުމަށް އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންސް) އިން އިއްޔެ އިންޒާރު ދީފި އެވެ.
މިހާރު ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރަން އިންޑިއާ އަށް ގޮސް ތިބި ޕާކިސްތާނު އެކްޓަރުންގެ ތެރޭގައި ފަވާދު ޚާނާއި މާހިރާ ޚާން ހިމެނެ އެވެ.
އެމްއެންއެސްގެ ލީޑަރު އަމޭ ކޯޕްކަރް އިންޒާރު ދީފައިވާ ގޮތުގައި ޕާކިސްތާނު އެކްޓަރުން ދެ ދުވަސް ތެރޭ އިންޑިއާ އިން ނުނުކުމެއްޖެ ނަމަ ގަދަކަމުން ވެސް ނެރެލާނެ އެވެ.
އެމްއެންއެސްގެ ލީޑަރު އަދި އެ ޕާޓީގެ ސިނަމާ ވޯކާޒް ޔުނިޓްގެ ޗީފް ޗިތުރަޕަތު ކަރަމްޗާރީ ސޭނާ އިންޑިއާގެ ނިއުސް އޭޖެންސީއެއް ކަމަށްވާ އޭއެންއައި އަށް ބުނެފައިވާ ގޮތުގައި އެމީހުން ދީފައިވާ މުހުލަތުގެ ތެރޭގައި އިންޑިއާ އިން ނުގޮސް ތިބޭ މީހުންނަށް ހަމަލާ ވެސް ދޭނެ އެވެ. އަދި އެމީހުން ލައްވާ ފިލްމީ މަސައްކަތް ކުރުވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ވެސް ހަމަލާ ދޭނެ އެވެ.
ސިޔާސީ ޕާޓީތަކުން ރުޅިގަދަވީ އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރާލުމާ ގުޅިގެން އެކަމުގެ ޒިންމާ ޕާކިސްތާނުގައި އެޅުވުމަށް ފަހުގަ އެވެ.
އެ ޕާޓީން ބުނެފައި ވަނީ ފަވާދު ޚާން މުހިންމު ރޯލެއް އަދާކުރާ، ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި މާހިރާ ޚާން ބަތަލާގެ ބައި ކުޅޭ ޝާހްރުކް ޚާންގެ "ރައީސް" ވެސް އިންޑީއާގައި ރިލީޒް ނުކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގައި ފިލްމު އުފައްދާ އެއްވެސް މީހަކަށް ޕާކިސްތާނު އާޓިސްޓުން ލައިގެން ދެން ފިލްމުތައް ނުއުފެއްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަވާދު އާއި މާހިރާ ނޫނަސް ޕާކިސްތާނުގެ ވަރަށް ގިނަ އެކްޓަރުންތަކެއް މިހާރު ބޮލީވުޑްގައި މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި އަލީ ޒަފަރް، ލަވަކިޔުންތެރިޔާ ރާހަތު ފާތަހް އަލީ ޚާން، އެކްޓަރު އިމްރާން އައްބާސް، މާވްރާ ހުސެއިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިމޮކުރަސީ
25 September 2016
ޑިމޮކުރަސީ.. ޑިމޮކުރަސީ..
މޯޑު
25 September 2016
މުޙައްމަދަށް ބުނެލަން. މި އީ ޚަބަރެއް. މުނިފޫހިފިލުލުވުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް މީއީ ހަމަ ވަރަށް މުހިއްމު ޚަބަރެއް. ބައެއް ބޭފުޅުންނަށް ރައީސް ޔާމީނު ނޫނީ ރައީސް ނަޝީދު ގެ ނަން ނެތީޔާ ޚަބަރަކަށް ނުވަނީ ކަމަށްވެސް.
މުހަންމަދު
24 September 2016
މިއީ ޚަބަރެކެވެ. އަހަރުމެނާ މިކަމަކާ ކީކީއްހެއްޔެވެ؟ އެކަމަކު އަހަރުމެންގެ އިނގިލިތަކުން ގޮތްނިންމާތަން ކޮމެންޓުން މިހިރަ ފެންނަނީއެވެ. ކުޑަވެސް ފިކުރެއްނެތިއެވެ. މިކަމަކީ ކަމުގެ ޙަޤީޤަތަށްބަލާއިރު، ނޭއްގާނީ އަދި ދެކޮޅުނުޖެހޭ އިންސާފުކުޑަ ކަމަކަށްވެސް ވެދާނެއެވެ. އެކަމަކު ގޮތްނިންމުން އެއީ އަހަރުމެންގެ އިނގިލިތަކުގެބާރުގައޮތް ކަމެއްނޫންކަން ވިސްނާލުން ބުއްދިވެރިވާނެކަމުގައި ޤަބޫލުކުރެވެއެވެ.
ހިތިމާ
24 September 2016
މަވެސް މީ އިހަށް އިންޑިޔާއަށް ވަރަށް ސަޕޯޓު ކުރި މީހެއް. އެކަމަކު މިހާރު އެމީހުންގެ އެޓިޓިޔުޑް ތަފާތުވީމާ މަވެސް މަޑުމަޑުން އިންޑިޔާދެކެ ފޫހިވެ ރުޅިއަރަން ފަށައިފި.
އަލީ
24 September 2016
ސީމެގުން މިމީހުންގެ މައްސަލަ ބަލާނީ ކޮންދުވަހަކުންބާ؟
ހަސަން
24 September 2016
ރާއްޖޭގަ ތިބި އިންޑިއާ އެންމެން ބޭރުކުރޭ.
ޚޫބު ސޫރަތް
24 September 2016
ތިހަމަ ފުއްޕަނީ އެމީހުނަކައް ނުކެރޭނެ އެއްކަމެއްވެސް ކުރާކައް/ ސަލްމީން ، ޝާރުކް އެއްޗެކޭ ބުނީމަ ހަމަ ސައިޒު ވާނެ
ހަސަނބެ
24 September 2016
ޑަބަލް ސްޓޭޏްޑާޒް. ކޮބާތަ ހޮލީވުޑަށްދާ އިންޑިއާ މީހުން. ދިވެހި ރާއްޖޭގަ އުޅޭ އިންޑިޔާ މީހުން.. ބޭރުކުރޭ
Dear
24 September 2016
ޙަޤީޤީ ޓެރަރިސްޓުންނަކީކޮބާ
ގެދާނޯމޮސް
24 September 2016
މީ ނަސްލީތަފާތު ކުރުން އެންމެ ވާދަކުރާ ޤައުމު ތަކުގެތެރޭގައި ނަންބަރ ވަންއެވެ. އެސިޑް އަމިއްލަ ޤައުމުގެ އަންހެން ކުދިންގެ މޫނަށްޖަހަނީ ޕާކިސްތާނު ގެ ނަސްލަކަށް ވީމަހެއްޔެވެ. ފިރިހެން ދަރިން ނުލިބޭ އަންހެނުން މަރާލަނީ ޕާކިސްތާނު މައިންނަށް ވީމަހެއްޔެވެ. ދަންނަވަން މިއުޅޭއެއްޗަކީ ﷲ ފިޔަވާ އެހެން ފަރާތްތަށް ކަލަކުކަމުގައި ހަދައިގެން އުޅުމުގައި އެންމެ ހައްދުފަހަނަ އަޅާފައިވާ ބަޔަކީ މި އިންޑިޔާ މީހުންނެވެ. މިބަޔަކާއި އިޒްރޭލާއި އެކު މިއޮންނަ ގާތްގުޅުމުން ނަސްލީ ތަފާތު ގެންގުޅޭ މިދެގައުމު ދަނީ ދުނިޔެއައް ފާހަގަވަމުންނެވެ.
ރޯލިންގް ސްޓޯން ގެދާސް މޮސް އަގެއިން
24 September 2016
ފުރެންޑޫ. ދެން ކަލެއަށް އެކަމާ ވިއްދައިގެން ކޮންކަމެއް ކުރެވޭނީ؟ ހަޖަމް ވަރަށް ވެދުން.