ޚަބަރު / މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

300 މީހުންނާ އެކު ވައްޑެ ޖޭޕީ އަށް

ވައްޑެއާ އެކު ޖުމްހޫރީ ޕާޓީއާ ގުޅުނު މީހުންގެ ފޯމުތައް ގާސިމާ ހަވާލު ކުރައްވަނީ. --ފޮޓޯ/ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ޕީޕީއެމްގައި އުޅުއްވި ވައްޑެ، ޖޭޕީއާ ގުޅިވަޑައިގަތީ ތުލުސްދޫ ދާއިރާގެ 300 މީހުންނާ އެކުގަ އެވެ. އެ ފޯމުތައް އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިީމާ މިރޭ ހަވާލު ކުރައްވައިފަ އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުންނަވައި އޭރުގެ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ފެއްޓެވުމުން އޭނާ ހިމެނިވަޑައިގަތީ މަޖިލީހަށް ވެންނެވުމަށް ސަރުކާރުން ހުރަސް އެޅުއްވި 12 މެމްބަރުންގެ ތެރޭގަ އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާގައި އެކަން ފާހަގަކުރައްވަމުން ވައްޑެ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްތަކާއި މަސައްކަތްތަކަށް ވެސް އޭނާ އަލެއް ނޫން ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި އެތައް މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވި އެވެ.

އޭރު ވެސް ރައްޔިތުންނަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަތް އެއް ބޭފުޅަކީ ގާސިމް ކަމަށް ވިދާޅުވެ އޭނާ އަށް ތައުރީފް ކުރެއްވި އެވެ.

ޕީޕީއެމްގައި ހުންނަވައި އިސްލާހަށް ނުކުންނެވުމާ އެކު އެތައް އުނދަގުލެއް ކުރިމަތި ކުރުވި ކަމަށް ވިދާޅުވި އެވެ. އޭރު، ގާސިމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޖަލަށް ލުމުން އެކަމަށް ތާއީދު ކުރައްވައި ހަނު ތިއްބެވި ބޭފުޅުން މިހާރު ފެންނަނީ ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ކަމަށް ވިދާޅުވެ ވަކިވަކިން ބައެއް ބޭފުޅުންގެ ނަން ވެސް ވައްޑެ މިރޭ ވިދާޅުވި އެވެ.

އޭގެތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީނާއި ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދަގެނތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދާއި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީނާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެއިން އެއްވެސް ބޭފުޅަކު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ކަންކަމަށް އެމަނިކުފާނު މާފަށް އެދިވަޑައިނުގަތަސް މާފް ކުރައްވާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ. ހަސަދަވެރިކަމާއި ނަފްރަތު ހިތުގައި ބޭއްވުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"...މާޒީ ހަނދާން ނައްތާލުމަށް ފަހުގައި އަޅުގަނޑުމެން ކުރިއަށް މި ފިޔަވަޅު އެޅީ. ދަންނަވަންތޯ އަދިވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި ލިބެން އޮތް ވަރުގަދަ ވަސީލަތަކީ އެންމެ ނިކަމެތި ރައްޔިތުންނާ ދޭތެރޭގައި އޯގާތެރިވެ ހަމްދަރުދީވާ މީހާ. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެފަދަ ކަންތައް ކުރައްވާ ބޭފުޅެއް،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ރާއްޖޭގެ ރައީސަކަށް ގާސިމް ހޮއްވަވައިފި ނަމަ އެންމެ ނިކަމެތި ރައްޔިތު މީހާގެ ވެސް އަޑު އައްސަވާނެ ކަމަށެވެ. އެ ދުވަހަކުން އެންމެ އުފާވާނީ ވެސް އެ ރައްޔިތުން ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ އެ މަގަށް ކަމަށް ވިދާޅުވި އެވެ.

21 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 1%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓިނު

07 October 2019

ސޭޓޫ ! މީހުންކިޔާ ' ނެތްކަމެއް ތަގުރީރުގައިވާކަށްނުވެސް އޮންނާނެޔޭ

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

07 October 2019

ކާކުތޯ ތުނބުޅިއާ ކުޅޭން އެހުރީ؟

The name is already taken The name is available. Register?

ީފޮނިޓައްޕު ހަސަނު

07 October 2019

ޖޭޕީއަކީ ސައިބޯނި ބޮތްކެއް ކަހަލަ ޕާޓީއެއް.

The name is already taken The name is available. Register?

އެޑްމުންޑޯ

07 October 2019

ގާސިމް ވަރުގަދަ ބޮނޑިއެއްބޯނެ މިފަހަރު އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ފަހުވަގުތު ގާސިމަކަށް ސަޕޯޓެއް ނުކުރާނެ ، މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ޕީޕީއެމުގައި ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ފަހުވަގުތު ކެހިދީފައި ވަނީ ފިލާފައި ، މިފަދަ ކަންތަކުން ފިލާވަޅު ލިބިގަންނަންޖެހޭނެ

The name is already taken The name is available. Register?

ވަހީދު

07 October 2019

މިދިޔަ އިންތިޚާބު ދުވަސްވަރު މިބޭފުޅާގެ ހަށިގަނޑުގައި ހުރީ ރައީސް މައުމޫނުގެ ފުރާނަފުޅު.

The name is already taken The name is available. Register?

ކިއްލިބާޝާ

07 October 2019

މަށަށް ހީވަނީ ޒައީމު ފޮނުވައިގެންހެން އެއުޅެނީ.

The name is already taken The name is available. Register?

ވަހީދާ

07 October 2019

ވައްޑެ ސިޔާސީޕާޓީއަކާ އެކުތާ ޖޕއަށް ސޮއިތިކުރެވުނީ.. 300މީހުންގެ އަގުލަބިއްޔަތެ ލިބުނުމީހަކު ވޯޓުންބަލިވީ ކިތައް ޕަސެންޓުން.. ފޭކް ފޯމުތަކެވެސް މިއަދު ދިނަސް ސާފުކަމަށް ގާސިމަށް ތަތްގަޑުޖަހާދޭނެ..

The name is already taken The name is available. Register?

1234

07 October 2019

ހާދަ މީހުންނެއް މޫނު ނުދައްކަންވެގެން އުޅޭތަން ފެނޭ ؟ އަނެއްކާ ކުލީދީގެން ހޯދިބައެއްތަ؟

The name is already taken The name is available. Register?

މުޙުއްމާ

07 October 2019

ކޮހުން މިރާއްޖޭގަ އަދިވެސް ހާދަ ގިނައޭ. ސޭޓް ދޮވެލާފަ އެހެންދިމާލަކަށް ދުއްވައިގަންނާނެ.

The name is already taken The name is available. Register?

އެޑްމުންޑޯ

07 October 2019

ބެއްޔާ ދޫކޮއްފައި ދިޔައީދޯ ، އެގިދާނެތަ ވާ އެއްޗެއް

The name is already taken The name is available. Register?

ޙިނި

07 October 2019

ގާސިމް، ގެ ބޯކާލެވޭނެ، ގުނބޮއަކައްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454