ޚަބަރު / މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

ވައްޑެގެ ބަވާލުން: އަނިޔާދިން އިރު ޖޭޕީގެ މިހާރުގެ ކުރީ ސަފު ތިބީ ހޭން!

ޖޭޕީއާ ގުޅިވަޑައިގަތް ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ގާސިމާ އެކު: އެ ބޭފުޅުންނަށް ވައްޑެ ރޭ ވަނީ ބަހުގެ ހަމާލަތަކެއް އަމާޒު ކުރައްވާފައި. --ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގައި ތިއްބެވުމަށް ފަހު ޖުމްހޫރީ ޕާޓީއާ މި ފަހުން ގުޅިވަޑައިގަތް ބޭފުޅުންނަކީ ރައްޔިތުންނަށް އަނިޔާ ދިން އިރު ހޭން ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ރީތި ބަހުން ރޭ ބަވާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ވައްޑެ ރޭ ވަނީ ޖޭޕީ އަށް ސޮއިކުރައްވައިފަ އެވެ. އެ ޕާޓީގެ ޕޯޑިއަމް އޭނާ އަށް އަލެއް ނޫން ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ކުރީ ސަފުގައި މިހާރު ތިއްބެވިި، ކުރީގެ ޕީޕީއެމްގެ ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އޭރުގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އާއި ޕީޕީއެމްގެ ކުރީގެ މަޖިލީސް މެމްބަރުން ކަމަށް ވާ އަހްމަދު ނިހާނާއި އަލީ އާރިފާއި އިލްހާމް އަހްމަދާއި އަހްމަދު މުބީނާއި މުހައްމަދު ޝަހުދީގެ އިތުރުން ޔާމީން ރަޝީދެވެ.

އަނިޔާވެރި ވެރިކަމަކުން ކާމިޔާބު ލިބުނީ ޖޭޕީގެ ޕޯޑިއަމްގައި، ހަގީގަތް ހާމަކުރަމުން ގޮސް ކަމަށާއި މިހާރު ކުރީ ސަފުގައި ތިއްބެވި ބޭފުޅުން އޭރު ތިއްބެވީ ބަލަހައްޓަވައިގެން ކަމަށް ވިދާޅުވި އެވެ.

އެ ބޭފުޅުންނަށް އަތުން އިޝާރާތް ކުރައްވައި ވައްޑެ ވިދާޅުވީ ހައްޔަރުކޮށް ޖަލު ގޮޅިން ހޮސްޕިޓަލަށް ބަދަލުކޮށް، އެތައް އާދޭހަކަށް ފަހު ނުކުޅެދޭ ގޮނޑީގައި ގާސިމް ބޭރަށް ފުރުވާލި އިރު ވެސް "އިސް ސަފުގައި މި ތިއްބެވި ބޭފުޅުން ތިއްބެވީ ބަލަން" ކަމަށެވެ.

ވައްޑެއާ އެކު ޖުމްހޫރީ ޕާޓީއާ ގުޅުނު މީހުންގެ ފޯމުތައް ގާސިމާ ހަވާލު ކުރައްވަނީ. --ފޮޓޯ/ޖޭޕީ

މީގެ ކުރިން ވެސް ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމްގެ ކުރީގެ މަޖިލީސް މެމްބަރުންނަށް ވައްޑެ ފާާޑުވިދާޅުވި އެވެ. އެކަމަކު ރޭގެ ތަފާތަކީ އެ ބޭފުޅުން ކުރިމަތީގައި ތިއްބަވަނިކޮށް ސީދަލަށް ބަހުގެ ހަމަލާތައް ދެއްވުމެވެ.

"އަޅުގަނޑު އިސްލާހީ މަސައްކަތަށް ނުކުތުމުން އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް ބުނެ ދަމާހަލާފައި އަޅުގަނޑު ގެންދިޔައީ ދޫނިދޫގެ ޖަލަށް، ކުޑަ ގޮޅިއަށް،" ވައްޑެ ވިދާޅުވި އެވެ.

އިސްލާހަށް އުޅުނު މީހުންނަށް އަނިޔާ ލިބުނު ވާހަކަ ވަައްޑެ ދައްކަވަމުން ގެންދެވި އިރު ނިހާނާއި އަލީ އާރިފް އިންނެވީ އިސްދަށަށް ޖައްސަވައިގެން، ފޯނާ ކުޅުއްވާށެވެ.

"ކުރީ ސަފުން މި ހުރިހާ ބޭފުޅުން މިތަނުން މި ފެނިވަޑައިގަތީ ކީއްވެތޯ؟ މި ބޭފުޅުން ތިއްބެވީ އިއްޔެ އަޅުގަނޑުމެން ޖަލަށް ލި އިރުގައި އެކަމަށް ހެވިފައި ތާއީދުކޮށްފައި،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަކަރުވެރިންގެ ރޭވުންތަކާއި ﷲ ތަދުބީރު ކުރައްވާ ގޮތަކީ މުޅިން ދެ ކަމެކެވެ.

12 މެމްބަރުން "އެއްޗަކަށް ނުވި" ކަމަށް ވިދާޅުވެ ރައީސަށް ވެސް ފާޑުވިދާޅުވި!

ވައްޑެގެ ވާހަކައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް ވެސް ފާޑުވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރެއިން އިސްލާހަށް ނުކުންނެވި މެމްބަރުންތަކަށް ޖެއްސި ހާލާއި ގޮނޑި އަށް ނުބަލައި މަސައްކަތް ކުރެއްވީ "ބޮޑު ގޮނޑީގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިންދަވަން ކަމަށް ވިދާޅުވި އެވެ. ޕީޕީއެމުން ވަކިވެ އޭރުގެ އިދިކޮޅަށް މަޖިލީހުގެ ތެރެއިން އަޣުލަބިއްޔަތު ހޯދައިދިން 12 މެމްބަރުންނަކީ އޭރު "ބޮޑުތަކުރުފާނު" ކަމަށް ސިފަކުރި ކަމަށް ވައްޑެ ވިދާޅުވި އެވެ.

"އެ ދުވަހު 12 މެމްބަރުންނަކީ ބޮޑުތަކުރުފާނު. މިއަދު އަޅުގަނޑުމެންނަކީ އެއްވެސް ބަޔަކަށް ނުވި ކަމުގައިވީ ނަމަވެސް އެ ގޮނޑިތަކުގެ ބަދަލުގައި ބޮޑު ގޮނޑީގައި އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހް ބޭންދެވީ ލައްކަ ގިނަ އުއްމީދުތަކަކާ އެކީގައި،" ވައްޑެ ވިދާޅުވި އެވެ.

ނަމަވެސް މުޖުތަމައުން ހިތާމަކުރަން ޖެހޭ ފަދަ ކަންކަން ވެސް ފެންނަ ކަމަށް ވިދާޅުވި އެވެ. އެ ކަންތައްތަކުގެ ޖަވާބު ހަނު ހުންނަވައިގެން ރައީސް ދެއްވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކަންބޮޑުވެ އެކަމާ ހިތާމަކުރައްވާ ކަމެކެވެ.

އެއާ އެކު ވެސް ގާސިމް ހުންނެވީ ސަރުކާރު ދަމަހައްޓަން ކަމަށް ވާތީ ވައްޑެ ވެސް އެކަމަށް "ހޭވައްލާ ތައްޔާރު" ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް އުޅުއްވައި ޖޭޕީއާ މިހާރު ގުޅިވަޑައިގަތް ބޭފުޅުންނަށް ކުރެއްވުނު ކުށްތަކުގެ މަތިން ހަނދާންކޮށްދެއްވުމަށް ފަހު ވައްޑެ ވިދާޅުވީ އިސްލާމްދީނުގައި މާފްކުރުމަކީ އެންމެ ރިވެތި އެއް ސިފަ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތުން އޭނާ އަށް އަނިޔާ ދިން އެންމެންނަށް ވެސް މާފްކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ވަރަށް ބަވާލެއްވުމަށް ފަހު، "ހެޔޮ ވިސްނި"، ޖޭޕީއާ ގުޅިވަޑައިގަތް ޕީޕީއެމްގެ އިސް ސަފަށް އޭނާ ސާބަސް ދެއްވި އެވެ. އަދި އަމާޒަކީ "ނިކަމެތިންނަށް އެންމެ ހެޔޮކޮށް ހިއްތަވާނެ ގާސިމް ވެރިކަމަށް ގެންނަން "މަސައްކަތް ކުރުން ކަމަށް ވައްޑެ ވިދާޅުވި އެވެ.

31 ކޮމެންޓް, 122 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 1%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޝަތު112

09 October 2019

ތީގެއިން އިނގެނީ ތި ވައްޑެއެއްގެ ފެންވަރު

The name is already taken The name is available. Register?

ރަށުމީހާ

08 October 2019

މޫމިނެއްގައިގާ އެއްހަރުން ދެފަހަރު ކަށިނޭޅެނެ ބުނީކާކު. ކިއުންތެރީން ކުރި އަށްގެނދޥާ

The name is already taken The name is available. Register?

ޭއޭބީ

08 October 2019

ވައްޑޭ ވައްޑެއަކީ ގާސިމު ބުނެގެން އިންތިހާބު ކެންސަލް ކުރަންވެގެން ފައިލް ބޮޑި ހިފައިގެން ކޯޓަށް ގޮސްގެން އުޅުނުމީހެއް މިއަދު މައުމޫނު އެއްލާލާފަ ރުފިޔާބޮޑި ފަހަތުން ތިދުވަން ފެށީ ތީކީ އިހުލާސް ތެރި އެއް ނޫން އެހެންވެ ލަނޑުލިބުނީ.

The name is already taken The name is available. Register?

Abdulla Hakeem

08 October 2019

ވައްޑޭ ތިޔައީ ލީޑަރެއް. ވައްޑޭ އަށް ސާބަސް އެމްޑިޕީ ކުދިންނަށް ހިވަނީ ދހވެހި ގައުމަކީ އެމީހުންގެ ތަރިކައޭ

The name is already taken The name is available. Register?

ޖޯކީ

08 October 2019

ނުކުޅެދޭ ގޮނޑީގައި ފުރުވާލަން ގެންދިއަމީހާ ވީއަޕީ ތެރޭގައި އުޅުނު ކުޅެދޭ ގޮތްވެސް އެއީ ހަމަ ބަލާލަން ރަގަޅު މަންޒަރެއް. ހުކުމަކަށް ފިލަން ދޮގު ހެދުމާ މަކަރު ހެދުމުން ޕީއެޗްޑީ ނަގާނީ ކިހިނެތްކަން ދަސްކޮށްދިން ކަމެއް.

The name is already taken The name is available. Register?

ބޮލި މުލައް

08 October 2019

ވައްޑެ ތިޔަ މޮޔަ ހިޔާލު ދޫކޮށްލާ ދުވަހަކުވެސް ޤާސިމު ވެރިކަމަށް ނާންނާނެ. ހަކުރު ގިނަވީމަ މެހި ގިނަވާނެ

The name is already taken The name is available. Register?

ހޯމަ

08 October 2019

ތިބުނާ ބާރަ މެމްބަރުންނަކީ އެއްވެސްއެއްޗެއްނޫން އެއީ ހަގީގަތަކީ ކަލޭމެންގެ އަމިއްލަ އެދުން ބޮޑުކަމުން މިއަދު ގައުމު މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ، މާ ގަޓު ހުރިމީހަކަށްވެގެން ބަވާނެކަމެއްނެތް. އިބޫއަކީ ކާކުކަން ނޭގުމަކީ ވައްޑޭގެ ގަޅިކަން.

The name is already taken The name is available. Register?

ފސދފަސ

08 October 2019

ނިކަމެތިންނަށް ހެޔޮކޮށް ހިތާ ވާހަކަ ގޮވާއިރު އެއީ ހަމަ ރައްޔިތުންގެ ފައިސާއިން ދިން އެއްޗެއް ދިނީ

The name is already taken The name is available. Register?

ރަށުމީހާ

08 October 2019

ބޯގިނަކުރުމަކުން އަދި މާބޮޑު މަންފާއެއް ނުކުރާނެ އިހުލާސް ތެރީންމަދުވީމާ. ތިތާކުނެތް ކަމުދާ ހަމަ އެކަކުވެސް އެބުރޭ ވަހުތާން.

The name is already taken The name is available. Register?

ވޯލް

08 October 2019

12 މެމްބަރުން ކުރީ އެމީހުން އެމަޤާމަށް ރައްޔިތުން ހޮވާފަ ތިބި ބޭނުން. އެއީކީ އެމީހުންގެ ހެޔޮ ބޮޑު ކަމުން ކުރި ކަމެއް ނޫން އެއީ އެމީހުންގެ މައްޗަށް ލާޒިމް ކަމެއް. ރައޔިތުންގެ ފައިސާއިން މުސާރަ ނަގާގެން ތިމާމެން ކުރަންޖެހޭ ކަންކަންކޮށްފަ ކަލަ ގޮވާނެ ކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454