ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް ސައްހަ ނޫން ވިސާ ކާޑުތައް: އެ މައްސަލާގައި ބިދޭސީއަކު ވަނީ ހިފަހައްޓާފައި -- ފޮޓޯ/އިމިގްރޭޝަން
07 އޮކްޓޯބަރ 2019 - 22:47
ނަކަލު ކޮށްފައިވާ ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ބިދޭސީއަކު އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
އެކަމަކު އޭނާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.
Nakalu koffaivaa (counterfeit) Work Visa card thakeh Raajje etherekurumah masakkaiykuri bidheysee faraatheh Maldives Immigration in huttuvaifi. #RayyithungeKhidhumathuga #BorderSecurity pic.twitter.com/l6Qq6STwOr
— Maldives Immigration (@ImmigrationMV) October 7, 2019
އިމިގްރޭޝަންގެ ޓްވީޓް
ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއް އެތެރެ ކުރަން އުޅުނު ބިދޭސީއަކު ހިފެހެއްޓިއިރު، ޝަހްސު އޮޅުވާލައިގެން އެކި ނަން ނަމުގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ވެސް އިމިގްރޭޝަނުން ދާދިފަހުން ހިފެހެއްޓި އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ މަތީ ފެންވަރުގެ ޓާސްކް ފޯހެއް އުފައްދައި، ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
09 October 2019
އިމިގްރޭޝަން ތެރޭގައި އޮތް ކުނިގޮނޑު ސާފުނުކޮށް މި އިމިގްރޭޝަނާއި ބިދޭސިންގެ މައްސަލަ ހައްލެއްނުވާނެ
އަދީބު
09 October 2019
ތިފަދަ މީހުން ޑީޕޯޓް ނުކޮށް އުމުރަށް ޖަލުގައި ބައިންދާނަމަ. ޤައުމަސް ފޮނުވާލުމުން، އަނެއްކާ އަނެއް ޤައުމަކަށް ވެސް ތިޔަ މީހާގެ އުނދަގޫ ޖެހޭނެ.
ޖަލު
09 October 2019
ގައުމުގެ ލާރިން ކާންދޭކަށް ބޭނުމެއްނޫން.
ރާއްޖެތެރޭއިބުރޭ
08 October 2019
ގާނޫނީ ގޮތުން މިކަހަލަ މީހުންނަށް ބޮޑެތި އަދަބު ދޭން ޖެހޭ
ޓިއުބު
08 October 2019
ކޯޓާ ދިނުމުގައި މަސައްކަތް ކުރިން ކުރި ފަރާތްތައް ކަންތައްތައް ކުރި ގޮތް އެބަ ބަލަންޖެހޭ. ޖުރިމަނާ ބެލެހެއްޓި މީހުން ކަންތައްތައް ކުރި ގޮތްވެސް އެބަ ބަލަންޖެހޭ. ފައިސާ ހޯދުމުގައި ބެރެއް ހަލާލެއް ހަރާމެއްގެ އިޙްސާސް ނުވާ ފަރާތްތަކުން މިވަނީ މުޖުތަމަޢުގައި ނުރަނޅުކަންތައްތަކުން ރައްޔިތުންނަށް ވޭން ޖައްސައިފައި. މުއައްސަސާތައް ނިދިން ހޭލެވެނީ ވަރަށް އަޑު ގަދަ ކޮށް ގޮވީމަ
ކޮވެލި
08 October 2019
ތީ އަލަށް ކުރާ ކަމެއް ނޫން. ތިކަމުގެ ހުރިހާ މަޢުލޫމާތެއް އިމިގްރޭޝަނަށް އެނގޭނެ.
އައިސް
09 October 2019
ތެދު ވާހަކަ އެެއްތީ. ތީ ހަމަ އިމިގްރޭޝަން އިން ކުރާ ވިޔަފާރިއެއް.
ފޫހި
08 October 2019
ބަންގްލާދޭޝް މީހުން އާއްމުކޮށް ކުރާކަމެއް ތިއީ. އެމީހުންނަކީ ލާރިއަށްޓަކައި ކޮންމެފަދަކަމެއްވެސް ކޮށްފާނެބައެއް. އިމިގްރޭޝަންގެ ޑާޓާ ފުލުހުންނަށް ވަގުތުން ބަލާލެވޭނެގޮތް ހެދުމުން މަގުމަތީގައި އުޅޭ ފޭކް ވިސާ ހައްދައިގެން އުޅޭ މީހުން ހޯދޭނެ. ބަންގާޅީންގެ ކިބައިން ދެން ސަލާމަތެއްނެތް. އެމީހުން މިގައުމު ވަރަށްރަނގަޅަށް ބަލައިގެންފި. އެމީހުންނަށް ޖެހޭނީ ވަޒީފާގެ ދަތިކަން ދައްކަން.
ޑޯން
10 October 2019
ޔާ أَللّٰهُ ބަންގާޅިން ކިބައިން މިގައުމުސަލާމަތް ކޮއްދެއްވާފާދޭވެ....
ފޯސްޑް
08 October 2019
މަތީ ފެންވަރުގެ ޓާސްކް ފޯސް ނެރެނީ އެކަމަކު މަތީ ފެންވަރުގެ މަސައްކަތެއްނުފެނޭ.
މޯދީ
08 October 2019
ޑީޕޯޓު ކޮއްލީމަ ތިކަން ހައްލުވީ. އަމެއްކާވެސް ދެން އަންނަށް ފަހަރު އަތުވިއްޔާ އަތުވީ
ރޫހީ
08 October 2019
ޒިކުރާ މިސްކިތް ކައިރީ ކުރީ ދުވަހު ފުލުހުން ގޮސް ޗެކް ކުރިއިރު ކޮންމެ ބަންގާޅީއެއްގަ އަތުގަ އޮތް ބާކީ 10 މަސް ނޫނޫ 9 މަސް މުއްދަތު އޮތް ވިސާ ކާޑެއް. މަ ބުނިން ތިޔައީ ރަނގަޅު އެއްޗެއް ކަމަށް ނުބެލެވެޔޭ އިމިގްރޭޝަނަށް ގެންގޮސް ޑަބަލް ޗެކެއް ޖަހާށޭ. މިހާރަކު ނޫޅޭނެ އަތުގަ މުއްދަަތު ހަމަނުވާ ކާޑެއް ނެތް ބަންގާޅީއެއް. ވަގު ކާޑު ހައްދައިދޭ މީހުން އެބައުޅޭ 500 ރުފިޔާއަށް
ނޫސް ބަލާމީހާ
08 October 2019
ބޮޑެތި އަދަބުން ޖޫރިމާނާކކޮށްފައި ޑީޕޯރޓްކުރަންވީ. އަދި ކޮންމެ މީހެއްގެ ޕާމިޓް ޗެކަކުރަންވީ.