12 އޮކްޓޯބަރ 2019 - 07:28
އައްޑު އަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުމަތަކުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަދެފައި ވެ އެވެ. އެމްއެންޑީއެފް ސަދަން ކޮމާންޑުން ފެން ހިންދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، ފެން ވަން ބައެއް ގެތަކަށް ފެން އިތުރަށް ވަނަނުދިނުމަށް ސިފައިން ވެލި ބަސްތާ ވެސް ޖަހައިދީފައި ވެ އެވެ.
ބޯކޮށް ވާރޭވެހިއްޖެ ނަމަ އައްޑޫގެ އަވަށްތަކުގެ ބައެއް ސަރަހައްދުތަކަކީ ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވާ ތަންތަނެވެ. މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތަކެއް ވެސް އަވަށްތަކުގައި އަންނަނީ ކުރަމުންނެވެ.
Addu City ah boakoh vaarey vehi baeh maguthakugai fen boduvumaai gulhigen MNDF Southern Area ge sifain fen hikkumah kuramundhaa masakkathuge therein. Adhi Hithadhoo ge baeh ge thakah fen vannaathee velibasthaa vanee jahaidheefai. pic.twitter.com/t9JqWOQ6LT
— Maldives National Defence Force (@MNDF_Official) October 12, 2019
މޫސުމާ ބެހޭ އިދާރާ އިން ބުނިގޮތުގައި ރޭ 8:00 އިން ފެށިގެން މިއަދު ހެނދުނު 6:00 އާ ހަމައަށް އައްޑު އަށް 107 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. އަދި ހެނދުނު 8:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
އައްޑު އަށް މިހާރު ވެސް ވާރޭވެހެމުންދާ އިރު، މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑު އަށް ވިއްސާރަކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
12 October 2019
އާރެއްބާރެއް އިޙްތިޔާރެއްނެތް “ކައުންސިލަކާއި މޭޔަރެއް” މާލޭސަރުކާރުން އަހަރުމެނަށްހަދިޔާކޮށްފައިވިޔަސް އަހަރުމެންނަށްޖައްސާފައިވާނިކަމެތިހާލުއިގެނީ މިފަދަކަންކަން ދިމާވުމުން. # ދުނިޔޭގެ އެންމެ އަގުބޮޑު 140 ހަކަށް ރިސޯޓް އޮތް ދައުލަތެއްގެ ދިދައިގެ ދަށުގައިއޮތް ދެވަނަ ބޮޑު އާބާދިގެ ހާލަތު މިއޮތީ ފެންނާން. # ސާފު ބޯފެނާއި ނަރުދަމާނެތް ތަނެއްގައި 60 ހާހެއްހާ އިންސިން ދިރިއުޅެން ދޫކޮށްލުމަކީ “އަނިޔާއެއް” ކަމުގައި ނުވާނަމަ ދެން އަނިޔާއަކީ ކޮބައިތޯ؟!
ދަނީ
13 October 2019
ތިއީ އަނިޔާއެއްތޯ؟ ތިޔައްވުރެ މާ ހާލުގައި ރާއްޖެތެރޭ ރަށްތައް މިއުޅެނީ. އައްޑޫ އާއި ކުޅުދުއްފުށްޓަކީ ކޮންމެ ސަރުކާރަކުންވެސް މާލެ ފިޔަވައި އެންމެ ލާރިއަޅާ ތަންތަން. ދުވަހަކުވެސް ހިތެއް ނުފުރޭނެ. މާލެވެސް ފެން ބޮޑުވޭ ދޯ؟
ޙުސެންހފފ
12 October 2019
މަގުގަ އުދެއްޔަކުން ފެން ދެމިގެންދާ ގޮތައް ކޮނެވިދާނެ ފެންހިދާ ވަޅަކާ ދިމާލައް......ފެން ދައުރުވަަ ގޮތައް...ރިޒުގު ލިބުނީމަ ނޭގެ ހަދާނެގޮތެއް....
ޖުއްބާ
12 October 2019
ޖަޒީރާ ރާއްޖެ ވަރައް ފެނާ ރައްޓެހިވާނެ. ފެން ހިއްކާނެ ކަމެއް ނެތް. ކުޑަކުދިން ބަކަތަޅައް ބަހައްޓާ. މީ ޖަޒީރާ ރާއްޖެ.
ޖޫލިއާން
12 October 2019
މާލޭގެ މަގުތައް އަލުން ހަދަން އެފަށަނީ. އެމަޝްރޫއު ނިމޭއިރު ތިކަން ހައްލުވާނެ.
ޒުވާނާ.
12 October 2019
އެދެން އެވަރުކަ މެއްތަ ވާރެވެހެންޏާ ފެންބޮޑުވާނެ ކޮން މެރަށަކުވެސް ރައްޔިތުން ނިކު މެ ހިއްކާލީ މަނި މުނީ
ފީތަލް
12 October 2019
ހީވަނީ ބިރުވެރި ފިލްމެއްގެ ފޮޓޯއެއްހެން ލާފަ އިންފޮޓޯ.
ހުކުމް
12 October 2019
ކޮންތާކަށް ވެލިބަސްތާ ޖަހާދިނީ އަހަރެމެންގެ ފެން ބޮޑުވެގެން ގޭތެރެއަށް ވަދެފަ މިއޮތީ
ރަދީފް
12 October 2019
7 ސުމެއް ހަދައިގެން ހެވި ދިއްލިފަ ކައްލަބާމެން ތިބެބަލަ.
ހިގޮ
12 October 2019
ގުދުރަތީ ކަމެއްކަންވެސް އިގޭ އެކަމަކު އަހަރެމެން ވެސް ރަގަޅު ކޮށްލަންޖެހޭ ކަމެއް އެބައޮތް ފުރާޅު ތަކުގެ ފެން މަގުމައްޗައް ދޫނޮކޮށް ގޯތިތެރެއަށް ހިންދޭނެ ގޮތެއް ހޯދުން މާލޭގަ ވެސް ވާގޮތަކީ ސްކޫލްތަކުގެ އެޔޮއްބޮޑު ޓެރެސް މައްޗައް އެޅޭ ފެނާ އިމާރާތްތަކުގެ ފެން ސީދާ މަގުމައްޗައް ދޫކޮށްލަނީ މަގުމައްޗަކީ ވާރޭ ފެން އަޅާ ޓޭންކް ކަމައް ވަންޔާ މަގުމަތި ފެން ބޮޑުވާނެ
ސާދިގު
12 October 2019
ގައުމުގެ އާބާދީ 4 ލައްކަ ލައްކަ. ގައުމުގެ ބަޖެޓް 30 ބިލިޔަން. ގައުމުގެ ދަރަނި 50 ބިލިޔަން. ގައުމުގެ ގިނަ ރައްރަށުގައި ނަރުދަމާ ލެވިފައެއްނެއް. ގައުވުގެ ވެރިރަށުގައިވެސް ވާރޭވެހޭތާ 15 މިނޭޓުވާއިރު އޮންނަނީ ފެންބޮޑުވެފައި. ގައުމުގެ ރައްޔިތުންގެ ގިނަ ބަޔަކަށް ސާފުބޯފެން ނުލިބޭ.